16 އެޕްރީލް 2018
"ސާފު ރާއްޖެ" ކެމްޕެއިންގެ ދަށުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުން އަންނަ ޚިދުމަތްތައް މާކެޓު ކުރުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ މިއަދު ހަވާލުކޮށްފި އެވެ.
"ސާފު ރާއްޖެ" ކެމްޕެއިންގެ ދަށުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުން އަންނަ ޚިދުމަތްތައް މާކެޓު ކުރުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ މިއަދު ހަވާލުކޮށްފި އެވެ.
އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، މާކެޓިން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޚަލީލް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ކުނި ނެގުމަށް ވެމްކޯ އިން ކުރަމުން އަންނަ މަސައްކަތްތައް އާއްމުންނަށް އެނގެންޖެހޭ ކަމަށެވެ. އެކަން ޕީއެސްއެމްގެ އެކި ޗެނަލްތަކުން ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި، ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރާނެ ގޮތްތަކެއް މީގެ ކުރިން އެކުލަވާލާފައެއް ނުވެ އެވެ. ނަމަވެސް އެ ކަމަށް ޚާއްސަ ކުންފުންޏެއް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އުފައްދައި މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ވެމްކޯގެ މަސައްކަތްތައް މާކެޓުކުރަން ޕީއެސްއެމް އަށް ހަވާލުކުރުމަށްފަހު، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް (މ) ވާހަކަދައްކަވަނީ-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
ކުންޏާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރުމަށް މީގެ ކުރިން ރައްޔިތުން ހޭލުންތެރި ކޮށްފައި ނުވާ ކަމަށް ވެސް ތޯރިގު ވިދާޅުުވި އެވެ. އެހެންވެ އެއް އަހަރު ނިމިގެން ދާއިރު ކުނި މެނޭޖު ކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި އަމިއްލަ ޒިންމާތައް އެނގިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
"އެ މަސައްކަތްތައް ޕީއެސްއެމްގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރެވޭނެ. އޭގެ ތެރޭގައި ޓީވީއެމް އާއި އެފްއެމް އާއި ޔޭސް ޓީވީ ފަދަ ބައިވަރު ޗެނަލްތައް އެބަހުރި. އަދި އޭގެ އިތުރުން ޕްރިންޓެޑް މީޑިއާ އަދި އެހެން މީޑިއާތަކުން ވެސް މަސައްކަތް ކުރެވިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.
ވެމްކޯ މާކެޓު ކުރަން ޕީއެސްއެމްއާ ހަވާލުކުރީ އެއް އަހަރު ދުވަހަށެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޚަލީލް ވިދާޅުވީ މީގެ ކުރިން ވެސް ޓީވީއެމުން ވަނީ ކުނި މެނޭޖު ކުރުމާ ގުޅޭ ވީޑިއޯއާ މައުލޫމާތުތައް ގެނެސްދީފައި ކަމަށެވެ. އެެއާ އެއްގޮތަށް މި އަހަރު ވެސް ޕީއެސްއެމްގެ އެކި ޗެނަލްތަކުން ރައްޔިތުން ހޭލުންތެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޖުލައި މަހަށް ނިންމަނީ
ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަން ފަށަނީ
ކުނި ނައްތާލާނެ ގޮތް ލ. ގަމުގައި ކިޔައިދީފި
ކުނި އެންދުން ހުއްޓާލައި އިންގިލާބީ ބަދަލަކާ ދިމާލަށް
ކުނި މެނޭޖްކުރުމަށް 165 މިލިއަން ޑޮލަރު ހަމަޖެހިއްޖެ
މާލެ އާއި ވިލިމާލެ ސާފުކުރުން ވެމްކޯއަށް
މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ކުނިކެހުން ވެމްކޯ އަށް
ފީ ހޯދަން ގޭގެއަށް އެދަނީ ވެމްކޯއަކުން ނޫން: ތޯރިގު