14 އެޕްރީލް 2018
ރޭގަނޑު އަވަހަށް ނިދާފައި ފަތިހު ހޭލުމަކީ އަބަދުވެސް ސިއްހީ ތަޖުރިބާކާރުން ދޭ ނަސޭހަތަކެކެވެ. އެކަމުގެ ސަބަބުން ލިބޭ ފައިދާތައް ބޮޑު ވާހަކަ އެވެ. އެއާ ހިލާފަށް ރޭގަނޑު ހަތަރުދަމު ހޭލައި އުޅޭ މީހުންނަށް އިންޒާރުގެ މެސެޖުތައް އެކި ދިރާސާތަކުން ދަނީ ލިބެމުންނެވެ.
ރޭގަނޑު އަވަހަށް ނިދާފައި ފަތިހު ހޭލުމަކީ އަބަދުވެސް ސިއްހީ ތަޖުރިބާކާރުން ދޭ ނަސޭހަތަކެކެވެ. އެކަމުގެ ސަބަބުން ލިބޭ ފައިދާތައް ބޮޑު ވާހަކަ އެވެ. އެއާ ހިލާފަށް ރޭގަނޑު ހަތަރުދަމު ހޭލައި އުޅޭ މީހުންނަށް އިންޒާރުގެ މެސެޖުތައް އެކި ދިރާސާތަކުން ދަނީ ލިބެމުންނެވެ.
އެމެރިކާގެ ދަ ނޯތުވެސްޓް ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ރޭގަނޑު ނުނިދާ ހޭލާ ހުރުމަކީ އެކި ސިއްހީ މައްސަލަތަކުގެ ތެރެއަށް ހުށަހެޅިދާނެ ކަމެކެވެ. އޭގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އިންސާނާގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅި އެކޮޅުކޮޅުން ޖަހާލައި، މީހާގެ ދިރިއުޅުން އޮޅުންބޮޅުންވުން ހިމެނެ އެވެ.
އެގޮތުން، ކެއުމާއި ނިދުމާއި ކަސްރަތުކުރުން ފަދަ ކަންކަމަށް ކަނޑައަޅާފައި އޮންނަ ގަޑިތަކުން ނައްޓާލައި، އުސޫލްތަކުން މީހާ ބޭރުކޮށްލަ އެވެ. ދިރާސާގައި ބުނާ ގޮތުން ރޭގަނޑު އަވަހަށް ނިދާފައި ހޭލާ މީހުންނާ ހިލާފަށް، ރޭގަނޑު ހޭލާ އުޅޭ މީހުންގެ އުމުރުން ވެސް ކުރުވެ އެވެ.
އެގޮތުން އާންމު އުސޫލުތަކަށް ތަބާވާގެން އުޅޭ މީހުންނާއި ހަމައައެއް ލަމައެއް ނެތި އުޅޭ މީހުން އަޅާ ކިޔާ ނަމަ، އެ މީހުން އަވަހަށް މަރުވުމުގެ ފުރުސަތު އެ ނޫން މީހުންނަށް ވުރެ 10 ޕަސެންޓް ބޮޑު ކަމަށް ދިރާސާގައި ބުންޏެވެ.
ހަމަމިއާކު ރޭގަނޑު ލަހުން ނިދާ މީހުންނަށް ހަކުރު ބައްޔާއި ނަފުސާނީ މައްސަލަތައް ވެސް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
"އެހެންވެ ނައިޓްލައިފަށް ގޮސް ހުސްވާ މީހުން މިކަމާ ދޭތެރޭ ވަރަށް ސީރިއަސްކޮށް ވިސްނަން އެބަ ޖެހޭ،" ދިރާސާ ޓީމްގައި ހިމެނޭ މަލްކޮން ވެން ޝަންޒް ވިދާޅުވި އެވެ. "ނުދިދާ ރޭގަނޑު ހޭލާ އުޅޭ ނަމަ، ނުރަނގަޅު ވަރަށް ގިނަ އާދަތަކެއްގެ ތެރެއަށް މީހާ ވެއްޓޭނެ. އެކަމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތައް ބޮޑު ވާނެ."
އޭނާ ވިދާޅުވި ގޮތުގައި އިންސާނާގެ ހަށިގަނޑަކީ ވަކި އުސޫލްތަކާއި ހަމަތަކެއް ހިފަހައްޓަން ޖެހޭ އެއްޗެކެވެ. އެހެންވެ އާންމު ހަމަތަކުން ނައްޓާލައިފި ނަމަ، މުޅި ހަށިގަނޑު ވެސް ހަރާބުކޮށްލާނެ ކަމަށް ވިދާޅުވި އެވެ.
"ރޭގަނޑަކީ ނިދާލައި އަރާމުކޮށްލަން އޮންނަ ވަގުތު. އެހެންވީމަ އެ އުސޫލްގެ މަތީގައި އުޅެން ޖެހޭނީ،" ރޭގަނޑު ނުނިދާ ހޭލާ އުޅުމަކީ މީހާގެ އިޖުތިމާއި ދިރިއުޅުމަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް." މަލްކޮން ވިދާޅުވި އެވެ.
އެންމެ ރެއެއްގެ ނިދި ނުލިބުނަސް ހުރިހާ ކަމެއް ގޯސްވޭ
ބެލެންސް ޑައިޓަކަށް ވިޓަމިން ޑީ މުހިއްމު
ހަކުރު ބަލިން ސިކުނޑިއަށް ގެއްލުން ވެދާނެ
ދުވާލު މާގިނައިރު ނިދާ މީހުންނަށް އިންޒާރެއް
އީވް ކްލިނިކް ވެސްޓް ޕާކުގައި ނަފްސާނީ ފަރުވާ ދެނީ
30 އަހަރު ތެރޭ ހަކުރު ބަލި ދެގުނަ ވެއްޖެ
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ނަފްސާނީ ބަލީގެ ހާލަތު ނުރައްކާ، އޯގާތެރިކަން އިސްކުރޭ
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު