12 އެޕްރީލް 2018
ކޮފީގައި ތިބެގެން ދައްކާނެ ވާހަކަ ހުސްނުވާހެން، ކޮފީއާ ބެހޭ ގޮތުން ދައްކަން ކުރި ވާހަކަތައް ވެސް ހުހެއް ނުވާނެ އެވެ. މި ފަހަރު އަނެއްކާވެސް އާ ވާހަކައެކެވެ. ފަހަރުގައި މި ވާހަކަ ބައެއް މީހުންނަށް އެހާ އާ ވާހަކައަކަށް ނުވެ ވެސް ދާނެ އެވެ. އެއީ ހެނދުނު ކޮފީއެއް ބޯލައިގެން އެ ލިބޭ އުފާ ވެސް ތަޖުރިބާ ކުރެވިފައި ހުރެ ދާނެތީ އެވެ.

އިނގިރޭސިވިލާތުގެ ނިއުޓްރިޝަނިސްޓް ސާރާ ފްލާވާޒް ބުނި ގޮތުގައި ހެނދުނު ބޯލާ ކޮފީއަކީ ފަލަ މީހުންނަށާއި ބަރުދަން ލުއި ނުވެގެން އެކަމާ އުޅެން ޖެހިފައިވާ މީހުންނަށް އޮތް ހައްލެކެވެ. އޭނާ ބުނި ގޮތުގައި ހެނދުނު ކޮފީއެއް ބޯލުމަކީ މީހާގެ މެޓަބޮލިޒަމް ވެސް ހަމައަކަށް އަޅުވައި ދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ބަރުދަން ލުއިވާން އެހީއަކަށްވެ އެވެ.
"ހެނދުނު ކޮފީއެއް ބޯލީމަ މީހާގެ މެޓަބޮލިޒަމް ރޭޓް ހަމައަކަށް އަޅުވައިދީ، ހަށިގަނޑުގައި ހުންނަ ބޭކާރު ސަރުބީތައް ވިރުވާލަން އެހީތެރިވެދޭ،" ދި އިންޑިޕެންޑެންޓަށް އޭނާ ބުންޏެވެ. "ކޮފީގައި އެކުލެވޭ، ބަރުދަން ލުއިކޮށްދޭ މާއްދާއެއް. އެއީ ކްލޮރޮޖެނިކް އެސިޑް. އޭގެ ސަބަބުންވާ ގޮތަކީ ހަށިގަނޑަށް އެތެރެ ކުރެވޭ ކާބޮހައިޑްރޭޓްސް ސަބަބުން ޖަހާ މަސްތައް ވިރުވާލަން އެހީތެރި ވެދޭނެ."
ސާރާ ބުނީ ދޭން އޮތް އިރުޝާދަކީ ބަރުދަން ލުއި ކުރުމުގެ ނިޔަތެއް އޮތް ނަމަ، ހެނދުނު ހޭލާފާއި ކޮފީއަކުން އުފާ ހޯދުން ކަމަށެވެ.
"ދުވާލަކު އެއް ކޮފީއަކީ ހަމަ ފުދޭ މިންވަރެއް. އަހަރެން ރިކޮމެންޑެއް ނުކުރާނަން ދުވާލަކު ދެ ތަށްޓަށް ވުރެ އިތުރަށް ކޮފީ ބޯކަށް،" އޭނާ ބުންޏެވެ.
ކަޅު ކޮފީން ބަރުދަން ލުއިކޮށްދޭނެތަ؟
ބަރުދަން ލުއިކުރަން ކޮފީން އެހީ ހޯދިދާނެތަ؟
ޑައެޓާއި ކަސްރަތުން ވެސް ލުޔެއް ނުވި: ކީއްވެ؟
ކޮފީއަށް ހަކުރު އެޅިޔަސް ނޭޅިޔަސް ފައިދާ
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ކާން އުނދަގޫވާ ގޮތަށް ދަތުގައި ހަރުކުރާ ޑިވައިސްއެއް
ކެއުމުގެ ނުރަނގަޅު އާދަ ޓިކްޓޮކުން ޕްރޮމޯޓްކުރޭ
ހުދު ތަށީގައި މާ ގިނައިން ކެވޭ
ބަރުދަން ލުއިވޭތޯ މި ސޫޕްތަކުގެ އަޖުމަ ބަލައިލާ