Roadha Mihaaru
ފުޓްބޯޅަ ލަވަތަކަށް ފަހު ވަކިވާންޖެހުނީ މުނާޒަށް

ފުޓްބޯޅަ ލަވަތަކަށް ފަހު ޝޯ އިން ވަކިވާންޖެހުނީ މުނާޒަށް

08 އެޕްރީލް 2018

މި އަހަރު ބާއްވާ ވޯލްޑް ކަޕާ ގުޅުވައިގެން މޯލްޑިވިއަން އައިޑޮލްގެ ރޭގެ އެލިމިނޭޝަން ޝޯގައި ފޯރި ނެގީ ފުޓްބޯޅައިގެ ލަވަތަކުންނެވެ. މި ފޯރިގަނޑު ނިމިގެން ދިޔައީ އަބްދުﷲ މުނާޒް ޝޯ އިން ވަކިވާންޖެހި، ހަތް ބައިވެރިންނަށް އަދަދު މަދުވެގެންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ބާއްވާ ވޯލްޑް ކަޕާ ގުޅުވައިގެން މޯލްޑިވިއަން އައިޑޮލްގެ ރޭގެ އެލިމިނޭޝަން ޝޯގައި ފޯރި ނެގީ ފުޓްބޯޅައިގެ ލަވަތަކުންނެވެ. މި ފޯރިގަނޑު ނިމިގެން ދިޔައީ އަބްދުﷲ މުނާޒް ޝޯ އިން ވަކިވާންޖެހި، ހަތް ބައިވެރިންނަށް އަދަދު މަދުވެގެންނެވެ.

ގަދަ 8 ގެ ބައިވެރިންނާ އެކު ހޮނިހިރު ހުކުރު ދުވަހުގެ ރޭ ހުށަހަޅައި ދިން ލަވަތަކަށް ފަހު، އާންމުންގެ ވޯޓާއި ހަތަރު ޖަޖުންގެ މާކްސްއާ އެކު ރޭ އެންމެ ދަށްކޮށް ވޯޓް ލިބުނީ މުނާޒަށެވެ. އެއީ އާންމުންގެ 50 ޕަސެންޓް ވޯޓާއި ޖަޖުންގެ 50 ޕަސެންޓް މާކްސް އެއްކޮށްލައިގެންނެވެ.

މުނާޒް ވަކިވާން ޖެހުނު ނަމަވެސް ވާދަވެރި އަދި ހިތްގައިމު ހުށަހެޅުންތަކެއް ބެލުންތެރިންނަށް އޭނާ ވަނީ ކިޔައިދީފަ އެވެ.

މިހާރު ޝޯގައި ވާދަ ކުރާ ބައިވެރިންގެ ތެރޭގައި ހިމެނެނީ ތިން އަންހެން ބައިވެރިންނާއި ހަތަރު ފިރިހެން ބައިވެރިންނެވެ.

މޯލްޑިވިއަން އައިޑޮލް 3 ގަދަ 7:

* ސައިނާ މުހައްމަދު ރަޝީދު

* ހަސަން ޝަހްދާން

* ތަލްސީމް އަބްދުލް ކަރީމް

* މަރިޔަމް މައީޝާ

* ނައުޝާދު އަބްދުއްލަތީފް

* ރައިހާން އާދަމް

* އައިޝަތު އަޒަލް ޒާހިރު

މޯލްޑިވިއަން އައިޑޮލްގެ ޓްވީޓެއް.

ރޭގެ އެލިމިނޭޝަން ޝޯ "ފުޓްބޯޅަ ފީވާ" ތީމަށް ގެނެސް ދިން އިރު، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރަޝީދު އަލީ (އަބްސީ) ވެސް ބައިވެރިވެ ޝޯ އިތުރަށް ފުރިހަމަކޮށްދިނެވެ.

މޫސާ ވަސީމާއި ޝައިނާ ޝަރީފް ހުށަހަޅައިދޭ މި ފަހަރު އައިޑޮލްގެ ޖަޖުންނަކީ މަރިޔަމް (ކިޑީ) އުނޫޝާ، އިސްމާއީލް އައްފާން، ޒާރާ މުޖުތަބާ އަދި އަހުމަދު (އައްމަޑޭ) އިބްރާހީމް އެވެ.