Roadha Mihaaru
މޯލްޑިވިއަން އައިޑޮލް: ފުރަތަމަ 8ގެ ވޯޓު ކުރިއަށް

މޯލްޑިވިއަން އައިޑޮލް: ފުރަތަމަ 8 އަށް މިހާރު ވޯޓު ދެވޭނެ

03 މާޗް 2018

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޕިއާނޯ ރައުންޑްގެ ފުރަތަމަ ޝޯގައި ރޭ ފުރަތަމަ އަށް ބައިވެރިން ލަވަތައް ހުށަހަޅަތައް ދީފައިވާ އިރު، ގާލާ ރައުންޑަށް ގެންދާނެ ހަ ބައިވެރިއަކު ކަނޑައަޅަން ވޯޓް ލުމުގެ ފުރުސަތު އާންމުންނަށް ވެސް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޕިއާނޯ ރައުންޑްގެ ފުރަތަމަ ޝޯގައި ރޭ ފުރަތަމަ އަށް ބައިވެރިން ލަވަތައް ހުށަހަޅަތައް ދީފައިވާ އިރު، ގާލާ ރައުންޑަށް ގެންދާނެ ހަ ބައިވެރިއަކު ކަނޑައަޅަން ވޯޓް ލުމުގެ ފުރުސަތު އާންމުންނަށް ވެސް ހުޅުވާލައިފި އެވެ.

ޕިއާނޯ ރައުންޑަށް ދިޔަ 16 ބައިވެރިންގެ ތެރެއިން ރޭ ލަވަތައް ހުށަހަޅައި ދިނީ އައިޝަތު އަޒަލް ޒާހިރު، އަހުމަދު އިޝާމް، ނިޝްފާ، އަބްދުﷲ މުރްޝިދް، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، ޝާން ޝަރީފް އަދި ގޯލްޑެން މައިކް ހާސިލްކުރި ރައިހާން އާދަމެވެ.

ރޭގެ އިމްތިހާނަކީ އަށް ބައިވެރިންނަށް ވެސް، މޯލްޑިވިއަންގެ ހަގީގީ ދަތުރު އެ މީހުންނަށް ފެށޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދޭނެ ފަހު ފުރުސަތެވެ.

މައީޝާއަކީ ރޭގެ އެންމެ ވަރުގަދަ އެއް ހުށަހެޅުން ގެނެސް ދިން ބައިވެރިޔާ.

މި ބައިވެރިންނަށް ވޯޓްލުމުގެ ފުރުސަތު އާންމުންނަށް މިއަދު ހަވީރު 4:00 އާ ހަމައަށް އޮންނާނެ އެވެ. ގާލާ ރައުންޑަށް ދާން ފުރަތަމަ ހަ ބައިވެރިން ކަނޑައަޅާނީ އާންމުންގެ 50 އާއި ޖަޖުންގެ 50 ޕަސެންޓް ވޯޓްގެ ނަތީޖާއިންނެވެ.

މުރްޝިދުގެ ރޭގެ ހުށަހެޅުން.

މި ރޭގެ ޝޯގައި ލަވަތައް ހުށަހަޅައި ދޭނީ ޕިއާނޯ ރައުންޑްގެ އަނެއް 8 ބައިވެރިންނެވެ. އެއީ ގޯލްޑެން މައިކް ހާސިލްކުރި އަނެއް ތިން ބައިވެރިން ކަމަށްވާ ސައިނާ ޝަހްދާން އަދި ޝަމީލްއާ އެކު ސަލްވާ، ތަސްލީމް، އިޝާން، ނާޒިހް އަދި ނައުޝާދެވެ. މި ބައިވެރިން މިރޭ ދައްކައިލާ ކުޅަދާނަކަމަކާ އެކު، މޯލްޑިވިން އައިޑޮލް ބަލާ މީހުން ޔަގީނުން ވެސް ގަދަ 12 އަކީ ކޮބައިކަން މިރޭ ނިންމާނާ އެވެ.

އަޒަލްގެ ރޭގެ ހުށަހެޅުން.

އެކަމަކު ގާލާ ރައުންޑްގެ 12 ބައިވެރިން ކަށަވަރުވާނީ އަންނަ ހަފުތާގެ ތެރޭގަ އެވެ. ޝޯގެ ފޯރި ގަދަވާން ފަށާނީ މި ހިސާބުންނެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑޮލް ޓީވީމުން ގެނެސް ދޭނީ ހަފުތާ ބަންދުގެ ދެ ދެ ރޭގަ އެވެ.