Roadha Mihaaru
މޯލްޑިވިއަން އައިޑޮލް: ސަލްވާ އާއި ޝާން ކަޓައިފި

މޯލްޑިވިއަން އައިޑޮލް: ސަލްވާ އާއި ޝާން ކަޓައި، ގަދަ 10 ކަށަވަރުވެއްޖެ

18 މާޗް 2018

މިދިޔަ ހަފުތާގައި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގަދަ 12 ކަށަވަރުވުމާ އެކު، ބައިވެރިންގެ މެދުގައި ވާދަވެރިކަން ބޮޑުވެ، ޝޯގެ ފޯރި މި ހަފުތާގައި ވަނީ ގަދަވެފަ އެވެ. ހާއްސަކޮށް އައިޑޮލްގެ ރަސްމީ ދަތުރު ފެށެނީ ގަދަ 12 އާ އެކު ގާލާ ރައުންޑުން ކަަމަށްވާތީ މި ހަފުތާ ބަންދުގެ ޝޯތައް ވެގެން ދިޔައީ ބެލުންތެރިންގެ މެދުގައި ވެސް ބަހުސް ބޮޑުވި ދެ ޝޯއަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޭގެ ޝޯ ނިންމައިލީ ގަދަ 12، ގަދަ 10 އަށް ތިރިކޮށްލައިފަ އެވެ. ރޭގެ އެލިމިނޭޝަންގައި މުބާރާތުން ވަކިވާން ޖެހުނު ދެ ބައިވެރިންނަކީ މަރިޔަމް ސަލްވާ އާއި ޝާން ޝަރީފެވެ. މި ދެ ބައިވެރިންނަކީ ވެސް އޮޑިޝަނުން ފެށިގެން ގާލާ ރައުންޑްގެ ފުރަތަމަ ޝޯއާ ހަމަ އަށް ވަރަށް ވާދަވެރި ހުށަހެޅުންތަކެއް ގެނެސް ދިން ދެ ބައިވެރިންނެވެ.

ނަމަވެސް ގަދަ 10 އަށް ނިންމާފައި މި އޮތީ ހޮނިހިރު ދުވަހު އާންމުން ވެސް ވޯޓް ދީގެން ނެރުނު ނަތީޖާއާ އެކުގަ އެވެ. އާންމުންގެ 50 ޕަސަންޓް ވޯޓާއި ހަތަރު ޖަޖުންގެ 50 ޕަސަންޓް ވޯޓް އެއްކޮށްލައިގެން އެންމެ މަތިން މާކްސް ލިބިގެން ގަދަ 10 ކަށަވަރުގެން ދިޔަ އިރު، މޯލްޑިވިއަން އައިޑޮލްގެ ފޯރި ވެސް އަދި ކުރިއަށް އޮތީ އެވެ.

މޯލްޑިވިއަން އައިޑޮލް 3ގެ ގަދަ 10:

* ހަސަން ޝަހްދާން

* ސައިނާ މުހައްމަދު ރަޝީދު

* އިބްރާހީމް ޝަމްވީލް

* ތަލްސީމް އަބްދުލް ކަރީމް

* މަރިޔަމް މައީޝާ

* ނައުޝާދު އަބްދުއްލަތީފް

* ރައިހާން އާދަމް

* އަބްދުﷲ މުނާޒް

* އަބްދުﷲ މުރުޝިދު

* އައިޝަތު އަޒަލް ޒާހިރު

މޯލްޑިވިއަން އައިޑޮލް 3 ގެ ރޭގެ ޝޯގެ ތެރެއިން.

މި ބައިވެރިންނާ އެކު، އަންނަ ހަފުތާ އިން ފެށިގެން މޯލްޑިވިން އައިޑޮލް ސީޒަން ތިނެއްގެ ފޯރި އަދި މާ ބޮޑަަށް ވެސް ގަދަވެގެން ދާނެ އެވެ. އަނެއްކޮޅުން ބައިވެރިންގެ ފެންވަރު ސާބިތުކޮށް ދޭން ވެސް ކުރަން ޖެހޭ މަސައްކަތް ބޮޑުވެފައި ބުރަ ވެސް ވާނެ އެވެ.