ލ. ފޮނަދޫގައި މިދިޔަ ހޯމަ ދުވަހުގެރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ނިންމައިިފި އެވެ.
05 އެޕްރީލް 2018
ލ. ފޮނަދޫގައި މިދިޔަ ހޯމަ ދުވަހުގެރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ނިންމައިިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ތިން މީހުންގެ ޝަރީއަތް ނިމެންދެން ބަންދު ކުރީ، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. އަދި ތިން މީހުންގެ އިތުރުން، އެ މައްސަލައިގައި ކުޑަކުއްޖަކު 10 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮނަދޫގައި ހިންގި ގްރޫޕް މާރާމާރީގައި ދެ ޒުވާނަކު ޒަހަމްކޮށްލި އެވެ. އެ ގޮތުން، އެކަކުގެ ފައިގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ. ޒަހަމްވި އަނެއް ޒުވާނާގެ މޫނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފަ އެވެ. އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އެ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ދެ ފިރިހެނުންނެވެ.
"ކުލީގެ އެއްބަސްވުމުގައި ސޮއިކުރުވީ ބިރު ދައްކައިގެން"
ގޭގެ ވެރިފަރާތަށް އަނިޔާކުރި 4 މީހުން ހައްޔަރުކޮށްފި
މާރާމާރީ: ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ހައްޔަރުކުރި މީހާގެ ކުށުގެ 26 ރެކޯޑު!
މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި
ގޭންގްތައް ކަނޑައެޅުން ކޮމިޓީއަށް ދޭ މާއްދާ އުނިކޮށްފި
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
ރަހީނުކުރި މައްސަލަ: ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!