05 އެޕްރީލް 2018
ލިވަޕޫލް (އޭޕްރީލް 5) – މި ސީޒަނުގައި އެހެން ޓީމުތަކާ މާބޮޑަށް ތަފާތު ތަފާތު ފެންވަރެއްގައި އޮތް މެންޗެސްޓާ ސިޓީގެ މައްޗަށް 3-0 އިން ކުރި ހޯދައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ފިޔަވަޅަކާ ގާތަށް ލިވަޕޫލުން ޖެހިލައިފި އެވެ.
ލިވަޕޫލް (އޭޕްރީލް 5) – މި ސީޒަނުގައި އެހެން ޓީމުތަކާ މާބޮޑަށް ތަފާތު ތަފާތު ފެންވަރެއްގައި އޮތް މެންޗެސްޓާ ސިޓީގެ މައްޗަށް 3-0 އިން ކުރި ހޯދައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ފިޔަވަޅަކާ ގާތަށް ލިވަޕޫލުން ޖެހިލައިފި އެވެ.
މި ސީޒަނުގައި ސިޓީ އަތުން މޮޅުވެވުނު ހަމައެކަނި އިނގިރޭސި ދެ ޓީމަކީ ވިގަން އެތުލެޓިކާއި ލިވަޕޫލް އެވެ. ޕްރިމިއާ ލީގުގައި މިދިޔަ ޖެނުއަރީ މަހު ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުން ސިޓީ އަތުން މޮޅުވީ 4-3 އިންނެވެ. އެހެން ކަމުން އެއީ ރޭގެ މެޗަށް ނުކުތްއިރު ލިވަޕޫލަށް އޮތް ހިތްހަމަ ޖެހުމެކެވެ.
ސިޓީ އަށް ދެން ސެމީގެ ފުރުސަތު ލިބޭނީ އަންނަ އަންގާރަ ދުވަހު އެ ޓީމު ދަނޑުގައި ކުޅޭ މެޗުން ލިވަޕޫލް އަތުން ތިން ލަނޑަށް ވުރެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އެ މެޗު 3-0 އިން ނިމިއްޖެނަމަ އިތުރު ވަގުތު ކުޅޭނެ އެވެ.
ރޭގެ މެޗު ކުޅެން ލިވަޕޫލުގެ ދަނޑަށް ސިޓީގެ ކުޅުންތެރިން ދަތުރުކުރި ޓީމު ބަހަށް ލިވަޕޫލް ސަޕޯޓަރުންގެ ބަޔަކު ހަމަލާ ދިނުމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ރޭގެ މެޗަށް ފަހު އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި މެޗަށް އަންނައިރު ލިބެން ޖެހޭ ފުރިހަމަ ސެކިއުރިޓީ ނުލިބުމަކީ ނަފްސާނީ ގޮތުން ކުޅުންތެރިންނަށް އަސަރުކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"މިދިޔަ ސީޒަނުގައި ފެނުނު ޑޯޓްމަންޑުގައި ވެސް މި ކަހަލަ ކަމެއް ހިނގިތަން. ފުޓްބޯޅަ ކުޅެން އަންނައިރު މި ފަދަ ކަންތައްތަކެއް ހިނގުމަކީ އެންމެ ރަނގަޅު ކަމެއް ނޫން. ފުރިހަމަ ރައްކާތެރިކަން ލިބެން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.
ސިޓީ ބަހަށް ހަމަލާދިނުމުން ލިވަޕޫލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެ މައްސަލަ އެ ކްލަބުން ވެސް ބަލާނެ ކަމަށް އެ ޓީމުން ނެރުނު ބަޔާނެއްގައިވަނީ ބުނެފަ އެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ 31 މިނިޓް ތެރޭގަ އެވެ. ކައުންޓަ އެޓޭކުގައި ތަނަވަސްކުރި ފުރުސަތަކުން ލިވަޕޫލަށް ލީޑުނަގައިދިނީ މުހައްމަދު ސަލާހު އެވެ. މި ލަނޑާ އެކު ސީޒަނުގެ ހުރިހާ މުބާރާތެއްގައި ސަލާހު ޖެހި ގޯލުގެ އަދަދު ވަނީ 38 އަށް އަރައިފަ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ގާގެންޕްރެސިން ގޭމް ވަރަށް ރަނގަޅަށް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 20 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު އޭގެ ތިން މިނިޓް ފަހުން ޖެހީ ސަޑިއޯ މާނޭ އެވެ.
މެޗުގެ ދެ ވަަނަ ހާފު ފެށިގެން އިރުކޮޅެއް ނުވެ ސަލާހަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. އޭގެ ފަހުން ލިވަޕޫލުން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނީ ޑިފެންސިވް ގޭމެކެވެ.
މި މެޗުގައި ސިޓީގެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އަދި އެ ޓީމުގެ އެޓޭކުގައި ސާޖިއޯ އަގުއޭރޯ އަނިޔާގެ ސަބަބުން ނުކުޅޭތީ އޭނާގެ ބަދަލުގައި ކުޅުނު ބްރެޒިލްގެ ގަބްރިއެލް ޖީސޫސްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.
ރޭގެ މެޗަށް ފަހު ކްލޮޕް ބުނީ ސެމީގެ ޖާގަ ޔަގީންވި ކަމަށް ގަބޫލުނުކުރާ ކަމަށާއި މިއީ އަދި "ހާފް ޓައިމް" ކަމަށެވެ.
މިއީ ފާއިތުވި 10 އަހަރު ތެރޭގައި ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނު ފުރަތަމަ މެޗެވެ.
ދެވަނަ ލެގު އެއްވަރު: ލިވަޕޫލާއި ސިޓީ ވެސް ސެމީ އަށް
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
ސިޓީ އާއި ލިވަޕޫލް ކުޅޭ މެޗުތައް ހަންގޭރީގައި
ބަޔާނާއި ސިޓީ އަނެއް ބުރަށް، ލިވަޕޫލް ބަލިވެއްޖެ
ސިޓީ މޮޅުވިއިރު، ލިވަޕޫލް ޑިފެންސަށް އަނިޔާގެ ހިޔަނި
ލިވަޕޫލާއި ސިޓީ މޮޅަކުން ޗެމްޕިއަންސް ލީގު ފަށައިފި
ބާސާ ކަޓުވާލައި ރޯމާ އިން ދުނިޔެ ހައިރާންކޮށްލައިފި!
ސިޓީން ސެމީގެ އުއްމީދު ދޫކޮށެއްނުލާ: ގާޑިއޯލާ
ސިޓީގެ ރެކޯޑަށް ނިމުމެއް، ލިވަޕޫލް ދެ ވަނަ ބުރަށް
ފަހު ވަގުތު ސެވިއްޔާ އިން ލިވަޕޫލާ އެއްވަރުކޮށްފި