Roadha Mihaaru
ސިނާން ވެސް ޝަރީއަތް ނިމެންދެން ބަންދަށް

ސިނާން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

01 އެޕްރީލް 2018

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަންގައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި ސިނާން ކުރިން ބަންދުގައި ހުންނެވީ އޭނާގެ ބަންދަށް މިދިޔަ މަހު ކްރިމިނަލް ކޯޓުން އިތުރު ކޮށްދިން 15 ދުވަހުގެ މުއްދަތުގެ ދަށުންނެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މިއަދު އެންގީ ކުރިން އިތުރު ކޮށްދިން 15 ދުވަހުގެ މުއްދަތު މާދަމާ ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ.

ސިނާނަކީ ދާދި ފަހުން ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ނުވަ ބޭފުޅުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރު އެންމެ ފަހުން އައި ބޭފުޅާ އެވެ. ދެން ތިއްބެވި އަށް ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މިދިޔަ މަހު ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމާއި މަޖިލީހުގެ އިދިކޮޅު ހަތަރު މެެމްބަރަކު މެމްބަރަކު ވެސް ހިމެނެ އެވެ.