ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދަރިކަލުން ސިޔާދް ގާސިމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
21 މާޗް 2018
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދަރިކަލުން ސިޔާދް ގާސިމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފާރިސް ބަންދުކުރަން އަމުރުކުރީ ދެ ބޭފުޅުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. މިދިޔަ މަހު ހައްޔަރުކުރި ސިޔާދް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އޭނާގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާއާ ގުޅިގެންނެވެ.
ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ވަޑައިގަތުމަށްޓަކައި ސިޔާދު ޕޮލިސް ލޯންޗުން މިއަދު ފައިބައިވަޑައިގެން ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ގެންދަނީ.---ފޮޓޯ: މިހާރު
ސިޔާދްގެ މައްޗަށް ދައުވާ ކުރަނީ އޭނާގެ ސޮއިކޮށް، ވިލާ ކުންފުނިން ދީފައިވާ ލިޔުމެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރާއްޖެއިން ބޭރުން ގަތް މުދާތަކަކަށް ފައިސާ ދައްކަން 2.4 މިލިއަން ޑޮލަރު ދީފައިވާ މައްސަލާގަ އެވެ.
ދެ ބޭފުޅުން ބަންދުގައި ބަންދުގައި ބައިތިއްބަން އަމުރު ކުރިއިރު، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް އަށް ހުކުމް ކުރުމުން ޑޯރިސް ކަންބޮޑުވެއްޖެ
ވަކީލުން އެދުމުން ފާރިސްގެ އަޑުއެހުން ފަސްކޮށްފި
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
އިލްހާމާއި ސިނާންގެ ބަންދަށް 15 ދުވަސް ޖަހައިފި
ޝަރީއަތާ ގުޅިގެން ފާރިސްގެ ޝަކުވާ ސުޕްރީމް ކޯޓަށް
އަޅުގަނޑު ނައްތާލަން ބަޔަކު މަސައްކަތް ކުރޭ: ފާރިސް
މިނިވަން ފޮރެންސިކް ތަހުލީލަކަށް ފުރުސަތެއް ނެތް: ކޯޓު
ފާރިސް ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފަށް
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފަށް