ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައީސް އަބްދުﷲ ޔާމީންގެ އާއިލީ ބޭފުޅަކަށް ވިޔަސް ތަފާތު ކުރުމެއް ނެތި އެ ބޭފުޅަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ރައީސް އަޅުއްވަމުން ގެންދަވާތީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
01 އެޕްރީލް 2018
ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައީސް އަބްދުﷲ ޔާމީންގެ އާއިލީ ބޭފުޅަކަށް ވިޔަސް ތަފާތު ކުރުމެއް ނެތި އެ ބޭފުޅަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ރައީސް އަޅުއްވަމުން ގެންދަވާތީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނާ ދެކޮޅަށް އެކި ފަރާތްތަކުން އެކި ގޮތްގޮތުން އެތައް ރޭވުމެއް އެތައް ފަހަރަކު ރޭވި ކަމަށާއި ކޮންމެ ފަހަރަކު ވެސް އެކަން ނާކާމިޔާބު ވަނީ އެމަނިކުފާނު ހުންނެވީ ހައްގުގެ މަގުގައި ކަމަށް ވާތީ އެވެ. ރައީސް ޔާމީންގެ އަޒުމްގެ ވަރުގަދަ ކަމާއި ހިތްވަރު ގަދަކަމަކީ ދިވެހިން އެކަމަށްޓަކައި ސެލިއުޓް ކުރަންޖެހޭ ވަރުގެ ކަމެއް ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ކުރާ ކޮންމެ ކަމެއް ވެސް ބޭކާރު ކޮށްލެވޭނެ އެވެ.
"އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން ބޭނުންވަނީ ތިބޭފުޅުން ތި ކުރައްވާ ކޮންމެ މަަސައްކަތެއް ބޭކާރު ކޮށްލުމުގެ ހިތްވަރާއި ފަންވަރު ރައީސް ޔާމީނާއި އެ މަނިކުފާނުގެ ޓީމުގައި އެބަހުއްޓޭ،" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެކަމުގެ އަޑީގައި ހުންނެވީ މައުމޫން ކަން އެނގެން އެބައޮތް ކަމަށާއި އެކަމާ މެދު ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް އާއިލީ ބޭފުޅުންނަށް ބެއްލެވުމެއް ނެތި، އަޅަންޖެހޭ ފިޔަވަޅުތައް ރައީސް ޔާމީން އެކަމާ ގުޅިގެން އެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ކަމަކީ އެއްބަނޑު އެއްބަފައެއް، ބޮޑުބޭބެއެއް ކުޑަބޭބެއެއް އަދި އެހެން މީހެއް ނުބައްލަވައި ދިވެހި ރައްޔިތުންނަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ސާބިތުކަމާ އެކީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާފައިވާ ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ސިޔާސީ އިސް ބޭފުޅުން ވެސް ހިމެނޭ ގޮތުން ނުވަ ގައިދީ އަކު ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މާޔޫސްކަން ގެނުވި އަމުރެކެވެ. އެކަމަކު އެ ދަނޑިވަޅުގައި ވެސް އެންމެ ބޮޑު އުއްމީދެއް ދެއްވީ ރައީސް ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ އުނދަގޫ ދަނޑިވަޅުގައި ވެސް ރައީސް ޔާމީން ދެއްވި ޔަގީން ކަމަކީ ގައުމުގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރެއްވުމުގައި އެމަނިކުފާނު ދެމި ހުންނަވާނެ ކަމުގެ ޔަގީން ކަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެމަނިކުފާނުގެ ފޯނު ކޯލް ލިބެންދެން އަޅުގަނޑުމެން ތިބީ ހަމަ ހަދާނެ ގޮތެއް ވެސް ނޭނގިފައި. އަމުރު ނުކުތްތާ ފަސް ވަރަކަށް މިނެޓް ތެރޭގައި ރައީސް ގުޅުއްވީމަ އަޅުގަނޑު ހިތަށް އެރި އަނެއްކާ ކީކޭބާއޭ ރައީސް ވިދާޅުވާނީ. އެކަމަކު ވިދާޅުވީ އެއްވެސް ބޭފުޅަކު ކަންބޮޑު ނުވާށޭ އަދި އެ މީހުން ބޭނުން ގޮތެއް މި ގައުމަކަށް ނެހެދޭނެއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ދޭން ބޭނުން ނުވާ ކޮންމެ މީހަކު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް ކަމަށެވެ. އެހެން ދީންތައް ރާއްޖެ އަށް ގެންނަން ބޭރުގެ ޖަމާއަތްތަކުން ގޮވާލަމުން ދިޔައިރު، އިދިކޮޅު ފަރާތްތަކުން އެކަން ކުށްވެރި ނުކުރާ ކަމަށާއި އެކަމާ ދެކޮޅަށް ތެދުވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ތާއީދު ގެންދެވީ ކޮރަޕްޝަނާއި އަނިޔާވެރިވުމުން: ޔުމްނާ
ޔާމީނާ ދެކޮޅަށް މައުމޫން ނުކުތީ "ލެގަސީ" ދުއްވާލާތީ
މައުމޫން ތަރައްގީއާ މެދު ހަސަދަވެރިވީ: އަބްދުއްރަހީމް
ފާރިސް ވިދާޅުވީ "ނިމެނީ، މި ނިމެނީ" ކަމަށް!
ފާރިސް، ރައީސް ޔާމީނަށް އޮތް ބިރެއްތަ؟
ފާރިސް ދެކެ ރައީސް ޖެހިލުންވެ ވަޑައިގަންނަވާ: އަދީބު
ވަކި އާއިލާއަކަށް ވީތީ ގާނޫނަށް ވުރެ ބާރުގަދަ ނުވެވޭނެ
އަޅުގަނޑު މިހުރީ ސަލާމަތަކުން ނޫން، ޖަލުގައި:މައުމޫން
އަބްދުއްރަހީމްގެ ބޮޑެތި ފާޑުކިޔުންތަކެއް މައުމޫނަށް