"މި ނިމެނީ، މި ނިމެނީ" ކަމަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ސަރުކާރާ އިދިކޮޅު ފަރާތްތަކަށް މިއަދު ހިތްވަރު ދެއްވައިފި އެވެ.
12 މާޗް 2018
"މި ނިމެނީ، މި ނިމެނީ" ކަމަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ސަރުކާރާ އިދިކޮޅު ފަރާތްތަކަށް މިއަދު ހިތްވަރު ދެއްވައިފި އެވެ.
ސޯޝަލްމީޑިއާގައި ވައިރަލްވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި، ފާރިސް މިގޮތަށް ހިތްވަރު ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް އޭނާ ރިޝްވަތު ހުށަހެޅުއްވި ކަމަށް އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ފަހު، އެނބުރި ދޫނިދު އަަށް ވަޑައިގަތުމަށް ފުލުހުންނާ އެކު ލޯންޗުގައި ހުންނަވައިގެންނެވެ.
ޕީޕީއެމްގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުގެ ނައިބު ރައީސް އާމިނަތު ނާދިރާ، ފާރިސްއާ އެކު ލޯންޗާ ހަމައަށް ވަޑައިގަތުމަށް ފަހު އެއްސެވީ ރައްޔިތުންނަށް އޮތް މެސެޖަކީ ކޮބައިތޯ އެވެ. ފާރިސް އަތްޕުޅުގެ އިޝާރާތުން ވަރަށް ޖޯޝާއެކު ވިދާޅުވީ "ނިމެނީ، ނިމެނީ" ކަމަށެވެ. އެއާއެކު، އެތަނުގައި ތިބި އިދިކޮޅުގެ ސަޕޯޓަރުން އުފާފާޅުކުރާ އަޑު ވެސް ވީޑިއޯ އިން އިވެ އެވެ.
@afarismaumoon ge message Dhivehi Lobuvethi Rayyithunnah “Mi Nimenee Mi Nimeee Hiyvaru kohllahvva” #MaldivesInCrisis #YameenMustFall pic.twitter.com/KLQigRuK14
— aminath nadira? (@a_nadraa) March 12, 2018
ފާރިސްގެ ވީޑިއޯ
ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އިޝާރާތްކުރައްވައި "ނިމެނީ" ކަމަށް ފާރިސް މި ވިދާޅުވީ، "މި ވެރިކަމަށް ދެން މާގިނަ ދުވަހެއް ނެތް ކަމަށް" ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ފަތުރަމުން ދަނިކޮށެވެ. އެއް ބަޔަކު މިހާރު ވަނީ ވަގުތު ވެސް ގުނަން ފަށައިފަ އެވެ.
އެކަމަކު ޕީޕީއެމުން ބުނެފައި ވަނީ، ރައީސް ޔާމީނާ ދެކޮޅަށް އިދިކޮޅުން ހިންގާ "ބަޣާވާތްތަކަށް އެ ޕާޓީ އޮތީ ފިސާރި ތައްޔާރަށް" ކަމަށެވެ. ދައުރު ހަމަވުމުގެ ކުރިން ރައީސް ޔާމީން މަގާމުން ދުރުކުރުމަކީ އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް: އޭނާގެ މައްޗަށް އުފުލާފައި ވަނީ މެމްބަރަކަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ދައުވާ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދު ބޭއްވި ޝަރީއަތުގައި، އޭނާއާ ދެކޮޅަށް ހެކި ބަސް ދޭން ދައުލަތުން ހުށަހެޅި، މެމްބަރު ވަނީ ފާރިސް ރިޝްވަތު ހުށަނާޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.
ކޯޓުގައި ހެކިބަސް ދެމުން އެ މެމްބަރު ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވީ ފާރިސްގެ ފަރާތުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ހޯދައިގެން ނޫން ކަމަށާއި އެފަދަ ގޮތަކަށް ފައިސާއެއް ހޯދަން އެދިފައި ވެސް ނުވާނެ ކަމަށެވެ. އެ މައްސަލާގައި އޭނާ ސޮއިކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމަކަށް ކަމަށާއި އެ ލިޔުމުގައި ސޮއިކުރީ ފާރިސްގެ ހާޒިރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި އެ މައްސަލަ ބިނާކޮށްފައި ވަނީ އެ މެމްބަރު ވިދާޅުވާ ވިދާޅުވުމެއްގެ މައްޗަށް ކަމަށްވާއިރު، އެއީ ހަގީގަތެއް ނޫންކަން މިހާރު ހާމަވެފައިވާތީ އެ މައްސަލަ ބާތިލްކޮށްދޭން ފާރިސްގެ ވަކީލުން ތަކުރާރުކޮށް ވަނީ އެދިފަ އެވެ. ރިޝްވަތުގެ މައްސަލައިގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ވަނީ މިދިޔަ ޖުލައި މަހުން ފެށިގެންނެވެ.
އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ޕްރެޝަރު މި ސަރުކާރަށް އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ.
ފާރިސް، ރައީސް ޔާމީނަށް އޮތް ބިރެއްތަ؟
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
"ރައީސް، އާއިލީ ބޭފުޅަކަށް ވިޔަސް ތަފާތެއް ނުކުރޭ"
ފާރިސް ދެކެ ރައީސް ޖެހިލުންވެ ވަޑައިގަންނަވާ: އަދީބު
އަޅުގަނޑު މިހުރީ ސަލާމަތަކުން ނޫން، ޖަލުގައި:މައުމޫން
މައުމޫން މަސައްކަތްކުރައްވަނީ ވެރިކަމަށް ފާރިސް ގެންނަން
މިއީ ރައީސް ޔާމީނާއި މައުމޫންގެ ކުރިމަތިލެއްވުމެއް!
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން