27 މާޗް 2018
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލް ކުރަން ދައުލަތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލް ކުރަން ދައުލަތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާ ގޮތަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް އެ އަމުރުގައި ކަނޑައެޅި އެވެ.
އެ އަމުރުގެ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރިން ވަނީ ވަގުތީ އަމުރެއް ނެރެ، ކުރީގެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން މަޑުޖައްސާލަން އަންގައިފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ހެނދުނު ފަށަން ހަމަޖެއްސިއިރު މީގެ ކުރިން ދެ ފަހަރަށް އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖެއްސުމަށް ފަހު ކެންސަލްކުރި އެވެ.
އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނިކޮށް، މަޖިލީހުން މިހާރު ވަނީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފަ އެވެ. އަދި 12 މެމްބަރުން އެ ގާނޫނުގެ ތެރެއަށް ވަންނާނެ ގޮތް ހެދުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް އެ ގާނޫނު ހިނގާ ގޮތަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ސައްހަކަމުގެ މައްސަލަ ވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އިދިކޮޅު ބައެއް މެމްބަރުންގެ ފަރާތުން ހުށަހެޅި އެ މައްސަލަ މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
ބަންޑާރަ ނައިބު އަނިލްއަށް، މެމްބަރުންގެ ހަމަލާ!
މަޖިލީހުގައި 12 ދާއިރާގެ އަޑު ނެތި އަހަރެއް
އަޑުއެހުންތައް ނިންމާލީ ބަހުގެ ހޫނު ހަމަލަތަކަށްފަހު!
ގޮނޑި ނުގެއްލޭ ބަޔަށް އަމަލުކުރުން ފަސްކޮށްފި
ދުސްތޫރީ މައްސަލަ އަށް އެމްޑީޕީން ވަންނަނީ
މާލީ ބަދަލު ދިނުމާ ގުޅޭ ގަރާރު މަޖިލިހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
މާލީ ބަދަލުގެ ބުރަ ދައުލަތުން އުފުލަން ޖެހޭތީ ގަރާރެއް
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި