23 މާޗް 2018
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުޅެނީ ދިވެހިންގެ އެތެރޭގެ މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރާނީ ވެސް އެތެރެ އިން ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުޅެނީ ދިވެހިންގެ އެތެރޭގެ މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރާނީ ވެސް އެތެރެ އިން ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރެ އިން ފެށިފެން 45 ދުވަހުގެ މުއްދަތަށް ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އުވާލުމާ ގުޅިގެން، ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ފޮރިން މިނިސްޓްރީން ބުނީ ކަންކަން ހައްލު ކުރުމަށް އޮތީ މަޝްވަރާ ކަމަށާއި އެކަމަށް އަދި ވެސް ބާރުއަޅާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން މަޝްވަރާގެ މޭޒު ދޮށަށް އައުމަށް އެތައް ފަހަރަކު ސަރުކާރުން ދައުވަތު ދީފައިވާކަން ވެސް ފޮރިން މިނިސްޓްރީން ފާހަގަ ކޮށްފައި ވެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި ސިޔާސީ ލީޑަރުންނާ އެކު މަޝްވަރާތައް ފެށުމަށް އދ. އިން ނިންމައި އެކަން އިއުލާން ކޮށްފައިވާއިރު، ދިވެހި ސަރުކާރުން ވަނީ އެކަމަށް މަރުހަބާ ވެސް ކިޔައިފަ އެވެ. ނަމަވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެ މަޝްވަރާތައް އަދި ވެސް ނުފެށެ އެވެ.
ސަރުކާރުން ބުނިގޮތުގައި، އެއްވެސް އިޚުލާސްތެރިކަމެއް ނެތި އަދި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެކި ފަރާތްތަކުން އާންމުކޮށް ނެރޭ ބަޔާންތަކުގެ ސަބަބުން ރާއްޖޭގެ މައްސަލަތަކާއި ދިވެހިން ބޭނުންވާ ކަންކަމަށް ހައްލެއް ނުލިބޭނެ އެވެ.
ދިވެހި ސަރުކާރުން އެހެން ބުނިއިރު، ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި މީހުން ދޫކުރުމަށާއި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހުރިހާ ހައްގުތަކެއް އަލުން ރުޖޫއަ ކޮށްދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނެރުނު ބަޔާނެއްގައި މިއަދު ވަނީ ގޮވާލައިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ އެކު، ގާނޫނުއަސާސީގައި ބުނާ ހުރިހާ ހައްގުތަކެއް މިހާރު ރުޖޫއަ ކޮށްފައިވާ ކަމަށާއި ކަންކަން އާންމު ހާލަތަކަށް ބަދަލުވެފައިވާ ކަމަށެވެ.
"ދިވެހިންގެ މަސްލަހަތާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށާއި ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހި ސަރުކާރުގެ ފަރާތުން ދެން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
ދިވެހި ސަރުކާރުން މިއަދު ވެސް ބުނީ އިދިކޮޅު ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު ދޫކުރުމަށް އަންގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ދައުލަތް ހިންގުމުގެ ނިޒާމް އޮޅުންބޮޅުވެ، އެކަމުން ބޮޑު ގެއްލުމެއް ކުރިމަތިވެދާނެތީ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ނުވަ ގައިދީ އަކު ދޫކުރުމަށް އަންގައި ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރުގެ އެ ބައި މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލް ކުރުމުން، ކުރީގެ އަމުރު ތަންފީޒު ކުރުމުގެ ގާނޫނީ އެއްވެސް ބާރެއް ނެތެވެ.
އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު ދޫކުރުމަށް ސުޕްރީމް ކޯޓުން ފުރަތަމަ ނެރުނު އަމުރުގެ އެ ބައި ބާތިލްކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަންދު ކުރުމަށް ފަހު އެވެ.
އޮޅުންބޮޅުން: ތަޙްލީލީ ނަޒަރަކުން
މައުމޫނަށް ހުކުމްކުރީ ގާނޫނުތަކާ އެއްގޮތަށް: ސަރުކާރު
ސަރުކާރާ ދެކޮޅު ކަމެއް ނުކުރަން އިންޒާރު ކުރިން:ލުތުފީ
އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ފެނުނު
ވެރިކަން ވައްޓާލަން އުޅުނީ ނައިބަކަށް އަދީބު ލުމުން
ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި
ކުއްލި ހާލަތަށް ފަހު ވެސް ލީޑަރުން މިނިވަނެއް ނުވާނެ
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
އުއްތަމަ ފަނޑިޔާރަށް އާ ތުހުމަތެއް، ތަހުގީގު ފަށައިފި
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި