22 މާޗް 2018
ޕްރިންސް ހެރީ އާއި ބަތަލާ މޭގަންގެ ޝާހީ ކައިވެންޏަށް، މޭގަންގެ އަގު ބޮޑު ވެޑިން ޑްރެސް ފަރުމާކުރާނެ ޑިޒައިނަރަކު ރަސްމީކޮށް އަދި އިއުލާން ނުކުރިޔަސް، ދެ ބޭފުޅުންގެ ކައިވެނީގެ ކޭކް އަޅާނެ ޑިިޒައިނަރުގެ ނަން އިއުލާންކޮށްފި އެވެ.
ޕްރިންސް ހެރީ އާއި ބަތަލާ މޭގަންގެ ޝާހީ ކައިވެންޏަށް، މޭގަންގެ އަގު ބޮޑު ވެޑިން ޑްރެސް ފަރުމާކުރާނެ ޑިޒައިނަރަކު ރަސްމީކޮށް އަދި އިއުލާން ނުކުރިޔަސް، ދެ ބޭފުޅުންގެ ކައިވެނީގެ ކޭކް އަޅާނެ ޑިިޒައިނަރުގެ ނަން އިއުލާންކޮށްފި އެވެ.
ކެންސިންޓަން ޕެލަސް އިން ކުރި ޓްވީޓެއްގައި ބުނީ ޝާހީ ވެޑިން ކޭކް ތައްޔާރުކޮށް ދޭނީ ލަންޑަންގެ ވައިލެޓް ބޭކަރީ ހިންގާ ޕޭސްޓްރީ ޝެފް ކްލެއާ ޕީޓަކް ކަމަށެވެ. އޭނާއަކީ ތަފާތު ވައްތަރުގެ މަލުގެ ޑިޒައިންތަކުން ކޭކްތައް ފަރުމާ ކުރަން މަޝްހޫރު ޝެފެކެވެ.
އެގޮތުން ޕްރިންސް ހެރީ އާއި މޭގަން ބޭނުންވަނީ އެ ބޭފުޅުންގެ ކައިވެނީގެ ކޭކް ލުނބޯ މަލުން ޒީނަތްތެރިކޮށްފައިވާ ކޭކެއްގެ ގޮތުގައި ފަރުމާ ކުރައްވަން ކަމަށް ކްލެއާ އަރިހުގައި ދެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
For their wedding cake Prince Harry and Ms. Meghan Markle have chosen pastry chef Claire Ptak, owner of the London-based bakery @violetcakes. pic.twitter.com/Rx36WBt7kC
— Kensington Palace (@KensingtonRoyal) March 20, 2018
ކެންސިންޓަން ޕެލަސްގެ ޓްވީޓް.
އެހެންވެ މި ކޭކަކީ ރީނދުލާއި ހުދު ކުލައިގެ ބަޓަކްރީމާއި ތާޒާ މަލުން ފަރުމާ ކުރެވޭނެ ކޭކެވެ. ހަމަމިއާ އެކު ކޭކުގެ އަގަކީ ވެސް ޝައުވެރި ކަމަކަށް ވާނެ އެވެ.
ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ކޭކް ހަދަން ލިބުމުން އުފަލުން ހުރި ކްލެއާ ބުނީ "ޝާހީ ގޮތްގަނޑު ދައްކުވައިދޭ ރަހަމީރު ކޭކެއް އަޅައިިލެވޭނެ ކަމުގެ ޔަގީންކަން ބޮޑު" ކަމަށެވެ.
"މި ފުރުސަތު ލިބުނީމަ އަހަރެން މި ހުންނަނީ އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގިފައި،" އޯގަނިކް ބޭކަރީއެއްގެ ގޮތުގައި މަޝްހޫރު ވައިލެޓް ބޭކަރީގެ ވެރިޔާ ބުންޏެވެ.
ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ހަފުލާ އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ. ކައިވެނީގެ ހަފުލާގެ ދައުވަތު މިހާރު ވެސް ގިނަ ބަޔަކަށް ފޮނުވަމުން އަންނަ އިރު، މި ކައިވެނި ވެގެން ދާނީ މި އަހަރު ފެނިގެން ދާނެ އެންމެ ބޮޑު އަދި ކުލަގަދަ ކައިވެނި ހަފުލާއަށެވެ.
ކައިވެނީގެ ހަރަދުތައް ބޮޑުކަމުގެ ވާހަކަ ވެސް ދެކެމުން އަންނައިރު، މި ކައިވެންޏަށް ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދު ނުކުރަން އެދި "ރިޕަބްލިކް" ކިޔާ ގްރޫޕަކުން އަންނަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ. ޕެޓިޝަނުގައި މިހާތަނަށް 30،000 އާ ގާތް ކުރާ އަދަދަކަށް މީހުން ސޮއިކޮށްފައިވެ އެވެ.
މޭގަން ކައިވެނިކުރާ އިރު ބައްޕަ ހޮސްޕިޓަލްގައި
ޝާހީ ކައިވެންޏާ ގުޅުވައިގެން ހާއްސަ ބިސްކޯދެއް
މޭގަންގެ ކައިވެންޏަށް ދައުވަތު ދޭން އާދޭސްކުރަނީ
މޭގަންއާ ކައިވެނިކުރުމަކީ ގޯހެއް: މޭގަންގެ ބޭބެ
ޕްރިންސް ހެރީ އަށް ފޮނުވާ ހަދިޔާ ޗެރިޓީތަކަށް
ޝާހީ ކައިވެނި ޒީނަތްތެރިކުރާނީ ހުދާއި ފިޔާތޮށި މަލުން
މެޑަމް ޓްސޯޑްސް މިއުޒިއަމަށް މޭގަން މާކަލްގެ ސްޓެޗޫ
ހެރީގެ ކައިވެންޏަށް ޓެކްސް ފައިސާ ހަރަދުނުކުރަން އެދެނީ
މޭގަން މާކަލްގެ ވެޑިން ޑްރެސްގެ އަގަކީ 8 މިލިއަން
ހެރީގެ ކައިވެނީގައި "ސްޕައިސް ގާލްސް" ނުކުޅޭނެ