Roadha Mihaaru
ވެއްޓުނު ބޯޓުން ސަލާމަތްވިގޮތް ބައެއް މީހުން ކިޔައިދީފި

ވެއްޓުނު ބޯޓުން ސަލާމަތްވި ގޮތް ބައެއް މީހުން ކިޔައިދީފި

13 މާޗް 2018

ކަތުމަންޑޫ (މާޗް 13) - ނޭޕާލުގެ ކަތުމަންޑޫގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ޖައްސަން ދަނިކޮށް އިއްޔެ ވެއްޓުނު ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޯޓުން ސަލާމަތްވި ބައެއް މީހުން އެ ހާދިސާ ކިޔައިދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކަތުމަންޑޫ (މާޗް 13) - ނޭޕާލުގެ ކަތުމަންޑޫގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ޖައްސަން ދަނިކޮށް އިއްޔެ ވެއްޓުނު ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޯޓުން ސަލާމަތްވި ބައެއް މީހުން އެ ހާދިސާ ކިޔައިދީފި އެވެ.

ނޭޕާލުގެ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓަށް ވެއްޓުނު ބޯޓުން 71 މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭން ސަލާމަތްވި 22 މީހުންގެ ތެރޭގައި ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދިވެހި ދަރިވަރަކު ވެސް ހިމެނެ އެވެ. ޔޫއެސް-ބަންގްލާ އެއާލައިނުގެ ޖެނެރަލް މެނޭޖަރު ކަމަރުލް ހަސަން ވިދާޅުވީ ނޭޕާލުގެ 33 މީހުން ބޯޓުން ދަތުރުކުރި ކަމަށެވެ. އަދި ބަންގްލަދޭޝްގެ 32 މީހުންނާއި ޗައިނާ މީހަކު ވެސް ދަތުރު ކުރި އެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ނޭޕާލުގެ 11 މީހުންނާއި ބަންގްލަދޭޝްގެ 10 މީހުންނާއި ދިވެހި ޑޮކްޓަރު ހިމެނެ އެވެ. ބޯޓުގައި ތިބި ނޭޕާލުގެ ގިނަ މީހުންނަކީ ބަންގްލަދޭޝްގައި ކިޔަވަން ތިބެފައި ޗުއްޓީގައި ގައުމަށް ދަތުރުކުރި މީހުންނެވެ.

ނޭޕާލުގައި ބޯޓު އެކްސިޑެންޓްވި ތަނުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ނޭޕާލުގައި ބޯޓު އެކްސިޑެންޓްވި ތަނުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ބައެއް މީހުން ބުނި ގޮތުގައި ބޯޓު ޖައްސަން ދިޔަ އިރު ގަދަފަދަ އަޑެއް އިވުމަށް ފަހު ބޯޓު ވަރަށް ބާރަށް ތެޅެން ފެށި އެވެ. އަދި އެ ވަގުތު ބޯޓުގައި ތިބި މީހުން ބިރުން ރޯން ފެށި ކަމަށް ވެސް އެ މީހުން ބުންޏެވެ.

ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. އެ ހާދިސާގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ. ބޯޓުގެ ފްލައިޓް ޑޭޓާ ރެކޯޑަރު ވެސް ވަނީ ހޯދައިފަ އެވެ.

ބޯޓުން ސަލާމަތްވި އެކަކު ވަނީ ބޯޓުގައި އަލިފާން ރޯވި ކަމަށް ބުނެފަ އެވެ. އެކަމަކު އެކަމަކު ބޯޓުން އޭނާ އަށް ނުކުމެވުނު ގޮތް ހަނދާން ނެތް ކަމަށް ބުންޏެވެ.

"ބޯޓު ޖައްސަނިކޮށް ވެއްޓި ރަންވޭ އިން ކަހާލުމުން އަހަރެން މަސައްކަތް ކުރީ ބޯޓުން ނުކުމެވޭތޯ. އޭރު އަލިފާން ރޯވެއްޖެ. އަހަރެންގެ އަތާއި ފައި ވަނީ ތާށިވެފައި. އެކަމަކު އަހަރެން އިނީ އިމަޖެންސީ ދޮރާއި ކައިރީގައި. އެހެންވެ ހީވަނީ އިމަޖެންސީ ދޮރު ހުޅުވާލުމުން އަހަރެން ބޭރަށް ވެއްޓުނީހެން،" ހޮސްޕިޓަލުން މިހާރު ފަރުވާ ހޯދަމުން އަންނަ ކެޝާވް ޕާންޑޭ ބުންޏެވެ. "އޭގެ ފަހުން އަހަރެން އޮތީ ހޭނެތިފައި."

ނޭޕާލުގައި ބޯޓު އެކްސިޑެންޓްވި ތަނުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ނޭޕާލުގައި ބޯޓު އެކްސިޑެންޓްވި ތަނުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ސަލާމަތްވި އެހެން މީހެއް ކަމަށްވާ ޝަރިން އަހުމަދު، 29، ބުނީ ރޯވި އަލިފާނުގެ ދުމުގެ އަސަރު ކެބިން ތެރެއަށް ވެސް ވަރަށް ބޮޑަށް ކުރި ކަމަށެވެ.

"ދެން އިވުނީ ބާރު އަޑެއް. އެކަމަކު ރެސްކިއު ޓީމުން އަހަރެން ސަލާމަތް ކުރި،" ބަންގްލަދޭޝްގެ ޓީޗަރެއް ކަމަށްވާ ޝަރިން ބުންޏެވެ.

ހޮސްޕިޓަލުގައި އޮތް ބަސަންތާ ބޮހޯރާ،27، ބުނީ އޭނާ އިނީ ކުޑަ ދޮރާ ކައިރީގައި އިން ސީޓެއްގައި ކަމަށާއި ބޯޓު ވެއްޓި ގަދަ އަޑު ފައްގަނޑެއް އިވުމާ އެކު އޭނާ ވަނީ ކުޑަ ދޮރު ތަޅާލާފައި ކަމަށެވެ. އަދި ދޮރުން ބޭރަށް ނުކުތް ކަމަށް ބުންޏެވެ.

"ބޯޓު ތިރި ކުރިއިރު ދިޔައީ ކަނާތަށް ވާތަށް، މައްޗަށް ތިރިއަށް ޖެހެމުން. އަހަރެން ހީކުރީ އެއީ ޓްރެފިކުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް،" ބޯޓުގެ ކުޑަ ދޮރަކުން ސަލާމަތްވި އެހެން މީހެއް ކަމަށްވާ ސަނަމް ޝަކިޔާ،33، އޭއެފްޕީ އަށް ބުންޏެވެ. "ބޯޓު ޖެއްސުމާ ހަމައަށް އެއްވެސް މައްސަލަ އަށް ދިމާވި ކަމަކަށް ފާހަގައެއް ނުކުރެވޭ."

އެކްސިޑެންްޓްވި ބޯޓުން ސަލާމަތްވި ސަނަމް ޝަކީޔާ (މ) ހޮސްޕިޓަލުން ފަރުވާ ހޯދަނީ. --ފޮޓޯ:އޭއެފްޕީ

އެކްސިޑެންްޓްވި ބޯޓުން ސަލާމަތްވި ސަނަމް ޝަކީޔާ (މ) ހޮސްޕިޓަލުން ފަރުވާ ހޯދަނީ. --ފޮޓޯ:އޭއެފްޕީ

ރަންވޭގައި އޮތް އެހެން ބޯޓެއްގައި އިން ޝްރާދާ ގިރީ ބުނީ ބޯޓު ވެއްޓުނު ތަނަށް ސެކިއުރިޓީ އޮފިސަރުންނާއި އެމްބިއުލެންސްތައް ދާ މަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ.

ވެއްޓުނު ކެނެޑާގެ ބޮމްބާޑިއާ ކުންފުނީގެ ޑޭޝް 8 ކިޔޫ400 ބޯޓަށް ވަނީ 17 އަހަރުވެފަ އެވެ. އެއާލައިނުން ބުނީ ވެއްޓުނު ބޯޓުގެ ޕައިލެޓަކީ ބޮންޑިއާ ބޯޓުތަކުގެ އިންސްޓްރަކްޓަރެއް ކަމަށެވެ. އެއީ 5،000 އަށް ވުރެ ގިނަ ފްލައިޓް އަވާސްގެ ތަޖްރިބާކާރު ޕައިލެޓެއް ކަމަށް ވެސް އެއާލައިނުން ބުންޏެވެ.

ބޯޓު ވެއްޓުނީ ޕައިލެޓުގެ މައްސަލައަކުން ކަމަށް އެއާޕޯޓުގެ މެނޭޖަރު ވަނީ ވިދާޅުވެފަ އެވެ.

"ކޮންޓްރޯލްރޫމުން އިރުޝާދު ދިނީ ދެކުނުން ބޯޓު ޖެއްސުމަށް. އެކަމަކު މަތީގައި ބުރު ޖެހުމަށް ފަހު ބޯޓު ޖެއްސީ އުތުރު ކޮޅުން،" އެއާޕޯޓުގެ މެނޭޖަރު ވިދާޅުވި އެވެ.

ޔޫއެސް-ބަންގްލާ އެއާލައިންސްގެ ސީއީއޯ އިމްރާން އާސިފް ވިދާޅުވީ އެކްސިޑެންޓުގައި ބޯޓުގެ ޕައިލެޓް އާބިދު ސުލްތާން ވެސް ޒަޚަމްވި ކަމަށާއި އޭނާ އަށް މިހާރު ދަނީ ފަރުވާ ދެމުން ކަމަށެވެ. އާސިފް ވިދާޅުވީ އެކްސިޑެންޓްވި ކަމަށް ބެލެވެނީ ބޯޓުގެ ޕައިލެޓާއި ކޮންޓްރޯލް ޓަވަރާ ދެމެދު އެރި ކޮމިއުނިކޭޝަން އޮޅުންތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ޔޫއެސް-ބަންގްލާ އެއާލައިނުގެ ސީއީއޯ އިމްރާން އާސިފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ޔޫއެސް-ބަންގްލާ އެއާލައިނުގެ ސީއީއޯ އިމްރާން އާސިފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ