Roadha Mihaaru
ނޭޕާލްގައި ވެއްޓުނު ބޯޓުން ދިރިހުރި މީހަކު ނުފެނުނު

ނޭޕާލުގައި ވެއްޓުނު ބޯޓުން މީހަކު ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތް

16 ޖެނުއަރީ 2023

ކަތަމަންޑޫ (ޖެނުއަރީ 16) - ނޭޕާލްގައި އިއްޔެ ވެއްޓުނު މަތިންދާބޯޓުން ދިރިހުރި މީހަކު ފެންނާނެ ކަމުގެ އުންމީދު ކަނޑާލައިފި އެވެ.

ކަތަމަންޑޫ (ޖެނުއަރީ 16) - ނޭޕާލްގައި އިއްޔެ ވެއްޓުނު މަތިންދާބޯޓުން ދިރިހުރި މީހަކު ފެންނާނެ ކަމުގެ އުންމީދު ކަނޑާލައިފި އެވެ.

ނޭޕާލްގެ "ޔެތީ" އެއާލައިނުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފެނުނު 68 މީހުން ވެސް ވަނީ މަރުވެފަ އެވެ. ބޯޓުން 72 މީހުން ދަތުރުކުރި އެވެ.

ބޯޓު ވެއްޓުނު ސަރަހައްދާ އެންމެ ކައިރީގައިވާ ޑިސްޓްރިކްޓްގެ ވެރިޔާ ޓެކް ބަހާދުރު ވިދާޅުވީ ފުރާނަ ހުރިި މީހަކު ފެންނާނެ ކަމާ މެދު އެއްޗެއް ބުނަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކަތަމަންޑޫއިން ނޭޕާލްގެ ޓޫރިސްޓު ސިޓީ، ޕޮކްހަރާ އަށް ދަތުރު ކުރި ބޯޓުގެ ކަޅު ފޮއްޓާއި ވޮއިސް ރެކޯޑާ ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޯރެއްގެ ކައިރި އަށް ބޯޓު ވެއްޓުނީ ޖައްސަން ތައްޔާރު ވަމުން ދަނިކޮށެވެ. އޭރު ރަންވޭ އާއި ބޯޓާ ދެމެދު ހުރީ ކިލޯމީޓަރެއްގެ ދުރުމިނެވެ. އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޯޓު ވެއްޓުމުގެ ކުރިން އެންމެ ފަހުން އެއާޓްރެފިކް ކޮންޓްރޯލާ ވާހަކަ ދެއްކީ ޖައްސަން އޮތް ރަންވޭ ނޫން އެހެން ރަންވޭއެއްގައި ޖެއްސުމުގެ ހުއްދައަށް އެދި އެވެ.