Roadha Mihaaru
ހޮޅި ނާޅައި ފެން ހިންދޭނެ ނިޒާމެއް ގާއިމްކުރަނީ

ޕޭވްމަންޓް މަތީގައި ހޮޅި ނާޅައި ފެން ހިންދޭނެ ނިޒާމެއް ގާއިމްކުރަނީ

07 މާޗް 2018

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ތަންތަނުން ފެން ހިންދުމަށްޓަކައި މަގުމަތީގައި ނުވަތަ ޕޭވްމަންޓް މަތީގައި ހޮޅި ނާޅައި އެކަން ކުރެވޭނެ ނިޒާމެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގައި އިމާރާތް ކުރާ ތަންތަނުން ފެން ހިންދުމަށްޓަކައި މަގުމަތީގައި އަޅާ ހޮޅިތައް ގިނަވެ، އާންމުންނަށް ނުހަނު އުނދަގޫތަކާއި ގެއްލުން ވަމުންދާ ކަމަށެވެ. އެހެންވެ އެކަމަށް ހައްލެއް ގެނައުމަށްޓަކައި އިމާރާތް ކުރާ ތަންތަނުން ފެން ހިންދުމުގެ ނިޒާމެއްގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ގުޅިގެން ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒުގެ ޓުވީޓް

މާލޭގައި އުސްކޮށް އިމާރާތް ކުރާ ތަންތަނުގެ ފައުންޑޭޝަން އެޅުމަށްޓަކައި ކޮނުމަށް ފަހު، ބިމުން ނަގާ ފެން މިހާރު މޫދަށް ބޭރު ކުރަނީ މަގުމަތީގައި އަޅާފައި ހުންނަ ފަލަ ހޮޅިތަކުންނެވެ. އޭގެ ގިނަ ހޮޅިތަކެއް މާލޭގެ ބައެއް މަގުތަކުގެ ޕޭވްމަންޓު މަތީގައި ވަރަށް ގިނައިން އަޅާފައިވާއިރު ހިނގައި އުޅުން ވަނީ ވަރަށް ބޮޑު ތަކުލީފަކަށް ވެފަ އެވެ. އަދި އެ މަސައްކަތް ނިމުމުން ހޮޅިތައް ނުނަގައި ގިނަ ދުވަސް މައްސަލަ ވެސް ވަރަށް ބޮޑެވެ.