މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ އަށް ހުށަހެޅި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ސަރުކާރުން ބޭނުންވާ ގޮތަށް، މަޖިލީހުގެ ތަޅުމުން ފާސްކުރާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.
19 ފެބުރުއަރީ 2018
މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ އަށް ހުށަހެޅި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ސަރުކާރުން ބޭނުންވާ ގޮތަށް، މަޖިލީހުގެ ތަޅުމުން ފާސްކުރާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅައި، އަދި ގައުމީ ސަލާމަތުގެ ކޮމެޓީން އެ ގަރާރު ދިރާސާކޮށް މިހާރު ވަނީ ފާސްކޮށްފަ އެވެ.
ގާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ރައީސް ނެރުއްވާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭނެ އެވެ.
މިކަމާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނިހާން ވިދާޅުވީ މަޖިލީހުގެ އުސޫލުތަކުގެ ތެރެއިން ގަރާރުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ. އެ ގަރާރު ފާސްކުރަން ނަގާ ވޯޓު ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައ ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރަން ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާ އަށް ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މަޖިލީހުގެ މިހާރުގެ ޖުމްލަ މެމްބަރުންގެ އަދަދުން ބަލާއިރު 43 މެމްބަރުންނެވެ.
ސަރުކާރު ކޯލިޝަނުން މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގަތީ 39 މެމްބަރެކެވެ. މެމްބަރުން ބެހިފައިވާ ގޮތުން ސަރުކާރު ކޯލިޝަނަށް 43 މެމްބަރުން ހަމައެއްނުވެ އެވެ. އިދިކޮޅު ފަރާތްތަކުން އެ ޖަލްސާގައި ބައިވެރިއެއް ނުވެ އެވެ.
މަޖިލީހަށް ރައްޔިތުންނާ ގުޅޭ ކަމެއް ކަނޑައަޅަން ހުށަހެޅި މި ހާލަތުގައި ވެސް، އިދިކޮޅު އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް ތްރީލައިން ވިޕެއް ނެރުނު ކަމަށް ވިދާޅުވެ ނިހާން ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ކޯލިޝަން މެމްބަރުންގެ މެދުގައި ބައިބައިވުން ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގައި ތިބީ 21 މެމްބަރުން. ޖޭޕީގައި ހަތެއް. ވަކިން އެންމެ މެމްބަރެއް. ދެން ތިބި މެމްބަރުން ތިއްބެވީ ދެ ފެން ދޭތެރޭގައި. މައްޗަށް ތޯ ދާނީ ތިރިއަށް ތޯ ދާނީ ނޭންގެ." ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަތީ، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ފާސްކުރަން ވޯޓަށް އަހައިފިނަމަ އެ ފަރާތްތައް ބަލިވާނެކަން ޔަގީން ވާތީ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރުމަކުން ނުވަތަ ނުކުރުމަކުން ކުއްލި ނުރައްކަލުގެ ހާލަތައް ބަދަލެއް ނާންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ގަރާރު ފާސްނުވެގެން މާދަމާ މުއްދަތު ހަމަވެއްޖިއްޔާ، ގާނޫނުއަސާސީގައި އެބައޮތޭ މިހާރު އޮތް ހާލަތުން އަނެއް 15 ދުވަސް އިއުލާން ކުރުމުގެ ނުވަތަ 30 ދުވަސް އިއުލާނު ކުރުމުގެ އިހުތިޔާރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަދި ގައުމީ ސަލާމަތުގެ ކޮމެޓީގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، އެ ގަރާރާ ގުޅޭ ކަންކަން އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކޮށްފައިވާ ކަމަށް ވިދާޅުވި ނަމަވެސް ކޮމެޓީގެ މަސައްކަތްތަކުގައި އެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. އެގޮތުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީގެ އިތުރުން ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ކޮމެޓީ އަށް ވަޑައިގެންނެވިކަން މޫސަ ފާހަގަކުރެއްވި އެވެ.
ރިޔާސީ ބަޔާން: މިހާރުގެ ހާލަތާ ބެހޭ ވާހަކައެއް ނެތް!
ސަރުކާރު މެމްބަރުން ތިއްބެވީ ބަދަހިކޮށް: ނިހާން
ޔާމީން ދިން އަނިޔާ އަށް މާފެއް ނެތް: ޖާބިރު
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
ބިން މިލްކުކުރެވޭ އުސޫލު ބާތިލްކުރަން ހުށަހަޅައިފި
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން
ރައީސް ޔާމީން މަގާމަށް ފިޓުކަން ދައްކައިދީފި: ނިހާން