18 ފެބުރުއަރީ 2018
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ތިއްބެވީ ބަދަހިކަމާއެކު، ސަރުކާރަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ތިއްބެވީ ބަދަހިކަމާއެކު، ސަރުކާރަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި މާދަމާ އޮންނާނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރާ މެދު ގޮތެއް ނިންމުމެވެ.
ސަރުކާރާ ދެކޮޅު މެމްބަރެއް ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން 50 މެމްބަރުން ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެ ވިދާޅުވާ މިންވަރަށް އިދިކޮޅަށް ވޯޓު ލިބޭނީ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންތަކެއް ވޯޓު ދެއްވައިގެންނެވެ.
މިކަމާ ގުޅޭ ގޮތުން ނިހާން "މިހާރު" އަށް ވިދާޅުވީ މާދަމާގެ ޖަލްސާ އަށް ކޯލިޝަންގެ ހުރިހާ މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގައި މިވަގުތު ވަޑައިގެން ނެތް މެމްބަރުން، މާލެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ މެމްބަރުން މިހާރު ވެސް މާލޭގައި އެބަ ތިއްބެވި. މާލޭގައި ނެތް މެމްބަރުން މިރޭ މާލެ އަންނާނެ. ކޯލިޝަންގެ ހުރިހާ މެމްބަރުން ޖަލްސާއަށް ވަޑައިގަންނަވާނެ،" ވިލިމާލެ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ ކޯލިޝަން މެމްބަރުން ތިއްބެވީ "ޓީމެއް"ގެ ގޮތުގައި ވަރަށް ބަދަހިކަމާ އެކު ކަމަށެވެ. އަދި އެ ހުރިހާ މެމްބަރުން ވެސް ސަރުކާރަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Maadhamaa Majlis ga onna (Dhaurun Beyruge Khaasa) Jalsaa ah PPM MDA membarun thibbevee thayyaarah. Allah Iraadha fulhaa eku Khaainuge Kibain Dhivehi Qaumu Dhifaau kurumah Sarukaarah Furihama ehbaaru lun Dheyne.
— Ahmed Nihan (@ahmed_nihan) February 18, 2018
ނިހާނު ކުރެއްވި ޓުވީޓު.
ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ހާއިނުން"ގެ ކިބައިން ދިވެހި ގައުމު ދިފާއު ކުރުމަށް ޕީޕީއެމް/އެމްޑީއޭ އިން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މަޖިލީހުގެ 50 މެމްބަރުންގެ ވޯޓާއެކު ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ބޭރުކޮށްލާނެ ކަމަށް މަހްލޫފް ވިދާޅުވި ވާހަކަތަކަށް ނިހާން ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެ ސުވާލަށް ޖަވާބު ނުދެއްވައި ނިހާން ހަމައެކަނި ވިދާޅުވީ މާދަމާގެ ޖަލްސާގެ ވޯޓު ގަޑީގައި އެކަން އެނގިގެން ދާނެ ކަމަށެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާއިރު، މަޖިލިހުގެ ދައުރެއް ހިނގަމުން ނުދާ ނަމަ 14 ދުވަހުގެ ތެރޭގައި މަޖިލިސް ބައްދަލުކޮށް، އެ ގަރާރާ މެދު ވަކި ގޮތެއް ނިންމަން ޖެހެ އެވެ. މަޖިލިހުގެ ދައުރެއް ހިނގަމުން ދާ ދުވަސްވަރެއް ނަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ ގަރާރު މަޖިލިހަށް ހުށަހަޅަން ޖެހެނީ ދެ ދުވަހުގެ ތެރޭގަ އެވެ.
މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އަންގާރަ ދުވަހު ހަމަވާނެ އެވެ. އެހެންކަމުން އޭގެ ކުރިން ރައްޔިތުންގެ މަޖިލިހުން އެ ގަރާރާ މެދު ވަކި ގޮތެއް ނިންމުމަކީ ގާނޫނުއަސާސީން ލާޒިމް ކަމެކެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ މި މަހުގެ 5 ގައި ދަރުބާރުގޭގައި ބާއްވަން މީގެ ކުރިން އޮތީ ނިންމާފަ އެވެ. އެކަމަކު ޖަލްސާ ބާއްވަން ތާވަލުކޮށް މެމްބަރުންނަށް އެކަން އެންގުމަށް ފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ ޖަލްސާ ކެންސަލްކުރީ އެވެ. އެ ދުވަހުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމެވެ.
ޖަލްސާތައް ނުބާއްވައި، ދިގުލައިގެން ދާތީ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުން ނަމަ، ޖަލްސާތައް ނުބާއްވައި ލަސްކުރަނީ ސަރުކާރަށް މެޖޯރިޓީ ލިބެންދެނެވެ. އިދިކޮޅު ބައެއް މެމްބަރުން ހައްޔަރުކުރަމުން ދިޔުމަކީ އެ ކަމުގެ އެންމެ ބޮޑު ހެކި ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.
މަޖިލީހުގެ ޖަލްސާތައް މި މަހުގެ 25 ގައި ފަށަނީ
ޕާޓީ ބަދަލުކުރުމުގެ ކުޅިގަނޑު ނިމިއްޖެ: ނިހާން
"މެމްބަރުން ބިލާ ދެކޮޅެއް ނޫން، ވޯޓާ ހަމައަށް ދާނެ"
"މިލިއަނުން ޑޮލަރު ހުށަހެޅިޔަސް ނުގުޑާނެ: އަމީތު
ގަރާރު ފާސްކުރި ކޮމެޓީ ސައްހައެއް ނޫން: އިބޫ
"ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ފާސްކުރާނަން"
ކުއްލި ހާލަތު އުވާލަން 50 ވޯޓު ލިބޭނެ: މަހްލޫފް
މަސީހުގެ އިތުބާރު ނެތް ކަމުުގެ ވޯޓު ކާމިޔާބުވާނެތަ؟
"ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ހިންގަނީ ޖަރީމާ"
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް