ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ކަންކަން ހައްލު ކުރުމަށް އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
13 ފެބުރުއަރީ 2018
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ކަންކަން ހައްލު ކުރުމަށް އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިންޑިއާ މެދުވެރިކޮށް، ރާއްޖެ އަށް އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ނުވަތަ އެ ގައުމުގެ ސިފައިން ރާއްޖެ ގެނައުމަށް ބާރުއަޅައި ރާއްޖޭގެ އިދިކޮޅު ސިޔާސީ ބައެއް މީހުންގެ އިތުރުން އިންޑިއާގެ ސިޔާސީ ބައެއް މީހުން ދައްކާ ވާހަކަތަކާ ގުޅިގެން، ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެގޮތަށް ވާހަކަ ދައްކަނީ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އޮތް ގުޅުމާ މެދު ސުވާލު އުފައްދުމުގެ ނިޔަތުގައި ކަމަށެވެ. އެހެންވެ، އެފަދަ ވާހަކަތައް ނުދެއްކުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، އެއްވެސް ގައުމެއްގެ އަސްކަރީ އެހީތެރި ކަމަކަށް އެއްވެސް އިރެއްގައި ދިވެހި ސަރުކާރަކުން އެދިފައެއް ނުވާނެ އެވެ.
"އެހެން ކަމާއެކު، ދިވެހިރާއްޖެއާ ދެކޮޅަށް ބޭރު ގައުމެއްގެ ސިފައިން އަތުވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމުގައި ދަންނަވަމެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުން ވެދާނެ ކުޑަވެސް ކަމަކަށް ދިވެހި ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައި ވެ އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން، ޗައިނާގެ އަސްކަރިއްޔާގެ އެހީތެރިކަމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ކަމަށް ބުނެ، އިންޑިއާގެ ބައެއް ނޫސްތަކުން ކުރި ރިޕޯޓު ވެސް މީގެ ކުރިން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.
އިންޑިޔާގެ ވެރިކަން ކުރާ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ޔަޝްވަންތު ސިންހަ މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، އިންޑިއާ ސިފައިން ރާއްޖެ އަށް ފޮނުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
އިންޑިއާގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ޔަޝްވަންތު ވިދާޅުވީ އެ ފުރުސަތު އޮތް ނަމަވެސް، ރާއްޖޭއާ މެދު އަމަލުކުރެވިދާނެ ގޮތްތަކުގެ ތެރެއިން ގޮތެއް ސަރުކާރުން އިޚްތިޔާރު ކުރަންވާނީ ވަރަށް ވިސްނުންތެރިކަމާ އެކުގައި ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އިންޑިޔާ އިން ހަރަކާތްތެރިވާން ފަށާ އިރު ވަގުތު ފާއިތުވެދާނެތީ އެވެ.
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
ރާއްޖެއަށް ސިފައިން ފޮނުވުމުގެ ފުރުސަތު އެބައޮތް:ބީޖޭޕީ
ޑޯނިއާ ދުއްވޭނެ ސިފައިންގެ ޕައިލެޓެއް ނެތް: ޑިފެންސް
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
މަސްދޯންޏަކަށް އަނެއްކާ އިންޑިއާ ސިފައިން އެރި މައްސަލަ