14 ޖުލައި 2016
މާލެ ސަރަހައްދަށް މޫސުމް ގޯސްވެ، މި ވަގުތު ހުޅުމާލެ އާއި ވިލިމާލެއަށް ފެރީ ދަތުރުތައް ކުރުން ރައްކާތެރި ނޫން ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
މާލެ ސަރަހައްދަށް މޫސުމް ގޯސްވެ، މި ވަގުތު ހުޅުމާލެ އާއި ވިލިމާލެއަށް ފެރީ ދަތުރުތައް ކުރުން ރައްކާތެރި ނޫން ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި މޫސުމް ގޯސްވުމުގެ ސަބަބުން ހުޅުމާލެ އާއި ވިލިމާލެއަށް ކުރާ ފެރީ ދަތުރުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ދަތުރު ކުރާ ފެރީތަކުގެ އަދަދު ވަނީ މި ވަގުތަށް މަދުކޮށްފަ އެވެ.
ފުލުހުން ބުނީ މެރިން ޕޮލިސް އިން ފެރީ ދަތުރުތައް މޮނީޓާ ކުރަމުންދާ ކަމަށާއި ހުޅުމާލެއަށް ދާ މީހުން، ސައިކަލް ގެންދިޔުން ރައްކާތެރި ނޫން ކަމަށެވެ.
ފެރީއެއް ދަތުރު ކުރަނީ: މި ވަގުތު މޫސުން ވަރަށް ގޯސް -- ފޮޓޯ: މިހާރު
"ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުުކުރުމަށް އިލްތިމާސް ކުރަމެވެ." ފުލުސް އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައި ވެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޓު އެލާޓް ނެރެފަ އެވެ.
ރާއްޖެއަށް މިހާރު މިކުރަނީ ހުޅަނގު މޫސުމްގެ ވިއްސާރަ އެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެ އެވެ.
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ދަތުރުކުރުމުގައި ގިނަ ކަންކަމަށް ސަމާލުކަންދޭން އެދިއްޖެ
ގަދަ ހޫނަށް ފަހު ކުރި ވިއްސާރާގައި މާލެ ހުއްޓުމަކަށް
ވިއްސާރައިގައި ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް
ނައިފަރުގެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ
ހޮނިހިރާ ހަމަ އަށް މޫސުން ގޯސްވާނެ! ރައްކާތެރިވޭ!
"ވިއްސާރައިގެ ސަބަބުން ފެރީ ދަތުރު ލަސްވެދާނެ"
މޫސުން ގޯސްވެ، ގިނަ އަތޮޅު ފެރީތައް ކެންސަލްކޮށްފި
ގަހެއް ވެއްޓި ސައިކަލުތަކެއް ހަލާކުވެއްޖެ
ފިހާޅޮހި ރިސޯޓު ކައިރިއަށް ދޯންޏެއް އަޑިއަށް ހިނގައްޖެ