13 އެޕްރީލް 2024
ރާއްޖޭގެ އެކި ހިސާބުތަކަށް އަދި ވަކިން ހާއްސަކޮށް މާލެއަށް އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްތަކެއް ތަޖުރިބާކުރަން ޖެހުމަށް ފަހު މިއަދު ކުރަން ފެށި ވިއްސާރާގައި މާލޭގައި ފެން ބޮޑުވެ ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް އަދި ވަކިން ހާއްސަކޮށް މާލެއަށް އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްތަކެއް ތަޖުރިބާކުރަން ޖެހުމަށް ފަހު މިއަދު ކުރަން ފެށި ވިއްސާރާގައި މާލޭގައި ފެން ބޮޑުވެ ހުއްޓުމަކަށް އަތުވެއްޖެ އެވެ.
މާޗް އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ދުވަސްވަރަށް ވާއިރު މިދިޔަ ބުދަ ދުވަހަކީ މާލެ ސަރަހައްދަށް، އިހްސާސްވާ ހޫނުކަން މިހާތަނަށް އެންމެ މަތިވި ދުވަހެވެ. އެ ދުވަހު ހުޅުލޭގެ ހޫނުމިން 33.6 ޑީގްރީ ސެލްސިއަސްގައި ހުރި އިރު އިހުސާސް ކުރެވޭ މިންވަރު 48.4 ޑިގްރީ އަށް އެރި ކަމަށް މެޓް އޮފީހުން ބުންޏެވެ.
ރެކޯޑް މިންވަރަކަށް ހޫނު ދުވަސްތަކެއް ދިއުމަށް ފަހު މިއަދު މެންދުރު ފަހު މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަން ފެށި ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ހިނދުކޮޅެއްގެ ތެރޭގައި ފެން ބޮޑުވި އެވެ. އާންމުކޮށް ވެސް ފެން ބޮޑުވާ މަގުތަކުގައި ދަތުރުކޮށް ނޫޅެވޭ ވަރު ވެފައި ވާއިރު ސިފައިން ގެންދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ވަގުތު މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލް ނުދުއްވަން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ވަނީ މާލޭގައި މި ވަގުތު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. ފުލުހުން "އެކްސް"ގައި ކުރި ޕޯސްޓުގައި ބުނީ ފެންބޮޑުވެފައިވާތީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ފެންބޮޑުވެ، އެކި ގެއްލުންތައް ލިބިގެން މިހާތަނަށް 57 ތަނަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އެ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
މޫސުން ލަފާކުރާ ގައުމީ އިދާރާއިން ވަނީ، ތ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް މިރޭގެ 8:30 އާ ހަމައަށް ހުދު އެލާޓް ނެރެފަ އެވެ.
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ނައިފަރުގެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ
މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
ވިއްސާރާގައި ނުވަ ރަށެއްގައި ފެން ބޮޑުވެއްޖެ
ދަތުރުކުރުމުގައި ގިނަ ކަންކަމަށް ސަމާލުކަންދޭން އެދިއްޖެ
މާލެއަށް އިއްޔެ 100 މިލިމީޓަރުގެ ވާރޭ ވެހުނު
ވިއްސާރައިގައި ފީވަކުގެ 20 ގެއަކަށް ގެއްލުން
މާލެއަށްކުރި ވިއްސާރަ: ގެއްލުން މިލިއަނަކަށް ވުރެ މަތި
ގެއްލުން ލިބުނު ގޭގޭގެ ހާލަތު ރައީސް ބައްލަވާލައްވައިފި