Roadha Mihaaru
"ނަޝީދާއި ޝާހިދު އިންސާނުންތެރޭ ގެންގުޅޭކަށް ނުވާނެ"

ނަޝީދު އާއި ޝާހިދު އިންސާނުންގެ ތެރޭގައި ގެންގުޅެން ހެޔޮނުވާނެ: އަބްދުއްރަހީމް

10 ފެބުރުއަރީ 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު، އިންސާނުންގެ ތެރޭގައި ގެންގުޅެން ހެޔޮ ނުވާނެ ކަމަށް ވިދާޅުވެ އެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމާ ބެހޭ ފަރާތްތަކަށް މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު، އިންސާނުންގެ ތެރޭގައި ގެންގުޅެން ހެޔޮ ނުވާނެ ކަމަށް ވިދާޅުވެ އެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމާ ބެހޭ ފަރާތްތަކަށް މިއަދު ގޮވާލައްވައިފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ރާއްޖެއަށް ބޭރުގެ ސިފައިން އެރުމަށް ނަޝީދާއި ޝާހިދު ގޮވާލެއްވި ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ ދެބޭފުޅުން ވަނީ ގައުމަށް "ޣައްދާރުވެފަ" އެވެ. ގައުމު މި ހާލަތަށް ދިޔައީ، މި ބޭފުޅުންނާ ދޭތެރޭގައި އިންސާނިއްޔަތަށް ލޯބިކޮށްގެން އަމަލުކުރުމުން ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، ނިހާނު އަޑު އައްސަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަބްދުއްރަހީމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، ނިހާނު އަޑު އައްސަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އިންސާނީ މުޖުތަމައުއެއްގެ ތެރޭގައި މި މީހުން ގެންގުޅެން ނުވާނެ. ގެންގުޅެން ނުވާނެއޭ މި ދަންނަވާ ގޮތަކީ އެބޭފުޅުންގެ އަމިއްލަ އެދުން ހާސިލް ކުރުމަށް މުޅި މުޖުތަމައު ހަލާކުކޮށްލަން ޖެހުނަސް، އެމީހުން އެކަމަކަށް ޖެހިލުމެއް ނުވާނެ. އެހާ ހިސާބަށް އެމީހުންގެ އަމަލުތަކާއި ހިސާބަށް ބަސް މަގު ދިޔައީމަ، މި ޣައްދާރުންގެ ކިބައިން މި ގައުމު ސަލާމަތްވާން ޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންނާއި އިމިގްރޭޝަންގައި މަސައްކަތް ކުރާ ދިވެހިންގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުން ތިބި ކަމަށް ނަޝީދު ވިދާޅުވީ ގައުމުގައި ފިތުނަ ފަސާދަ އުފައްދަން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންނަށް އޮޅުވާލައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރައްވާ ނަޝީދުގެ އަމަލުތަކުގެ ސަބަބުން ދިވެއްސަކަށްވެ، ހުރެ، ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"(ނަޝީދު) ހައްޔަރު ކުރެވުނު ގޮތަކަށް ހައްޔަރުކޮށްގެން، އަންނި އެބަޖެހޭ މާލެ ގެނެސް ޖަލުގައި ބާއްވަން. މިއީ އެއްގޮތަކަށް ވެސް ފަރުވާ ކުޑަކޮށްލެވިގެން ވާނެ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ބަޣާވާތް ކުރުމަކީ ހަމައެކަނި ކަނޑި އާއި ބަޑި ހިފައިގެން ނިކުމެ ބަޔަކު މަރާލުމެއް ނޫނެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ވާހަކަ ދައްކަވާ ބޭފުޅުން ވީހާވެސް އަވަހަކަށް ހައްޔަރު ކުރަން ޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ހުސެއިން ވަހީދު/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ހުސެއިން ވަހީދު/ މިހާރު

"މިހާރު ވެގެން އުޅޭ ގޮތަކީ އެމީހުން ރޭވި ރޭވުން ނާކާމިޔާބުވެގެން އިތުރު ގޮތެއް ނެތިގެން (އުޅެނީ)، ބޮލަށް ފިތާފައި ހުރި ތާވަޅެކޭ މި މީހުންނެކޭ އެއްވެސް ތަފާތެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ފިކުރެއްގައި ހުއްޓަސް، ގައުމު ދެކެ ލޯބިވާން ޖެހޭ ކަމަށާއި މިނިވަންކަމާ ދޭތެރޭގައި ފިކުރު ނުކޮށް، ގައުމު ބައިބައިކުރާނަމަ، ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެހެންވެ، އަބްދުއްރަހީމް ވަނީ ތަކުރާރުކޮށް، ދެ ބޭފުޅުން ހައްޔަރުކޮށް، "ބަލާވެރިކަމުން" ސަލާމަތް ކުރުމަށް ގޮވާލައްވައިފަ އެވެ.

އަދުއްވުންގެ ކިބައިން ގައުމު ސަލާމަތް ކުރުމުގެ ހިތްވަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވީ ސަރުކާރުން ގައުމީ ސަލާމަތާ ބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިިލީހަށް ފޮނުވައިފިނަމަ، އެ ފާސްކޮށްދޭން ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ތައްޔާރަށް ތިއްބެވި ކަމަށެވެ. ނަޝީދުގެ ވާހަކަތައް ހުރީ ގައުމުގެ ކަރާމާތް ގެއްލޭ ފަދަ ގޮތަކަށް ކަމަށާއި އެއީ ގައުމަށް ވެވޭނެ އެންމެ ބޮޑު ހަރާންކޯރުވުން ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ސިފައިން ރާއްޖެ އެރުމަށް ޝާހިދު ތާއިދު ކުރެއްވި ވަގުތުން ފެށިގެން "ދިވެއްސެއްގެ ކުލުނާއި ރަހުމަތްތެރިކަމުގެ ގުޅުން" ކެނޑިފައިވާ ކަމަށް ނިހާނު ވިދާޅުވި އެވެ. ނަޝީދެކޭ އެއްގޮތަށް ޝާހިދު ވަނީ ގައުމަށް ވަރަށް ބޮޑަށް ޣައްދާރުވެފައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.