08 ފެބުރުއަރީ 2018
މިހާތަނަށް ބޭނުންކޮށްފައި ނުވާ ރިސާޗް ޓެކްނިކެއް ބޭނުންކޮށްގެން އިންޑިއާގެ ޗެންނައިގެ ސައިންސްވެރިންނާއި ޑޮކްޓަރުންގެ ޓީމަކުން ލެބޯޓްރީއެއްގައި ކަންފަތުގެ ކާޓިލެޖް ސެލް ހައްދައިފި އެވެ. އަންގާރަ ދުވަހު މި ކަންފަތް ދައްކާލަމުން މި ޓީމުން ބުނީ މިއީ އެބޭފުޅުން އަމިއްލައަށް ލެބޯޓްރީގައި ހައްދާފައިވާ އެއްޗެއް ކަމަށެވެ.
މިހާތަނަށް ބޭނުންކޮށްފައި ނުވާ ރިސާޗް ޓެކްނިކެއް ބޭނުންކޮށްގެން އިންޑިއާގެ ޗެންނައިގެ ސައިންސްވެރިންނާއި ޑޮކްޓަރުންގެ ޓީމަކުން ލެބޯޓްރީއެއްގައި ކަންފަތުގެ ކާޓިލެޖް ސެލް ހައްދައިފި އެވެ. އަންގާރަ ދުވަހު މި ކަންފަތް ދައްކާލަމުން މި ޓީމުން ބުނީ މިއީ އެބޭފުޅުން އަމިއްލައަށް ލެބޯޓްރީގައި ހައްދާފައިވާ އެއްޗެއް ކަމަށެވެ.
ފާއިތުވި ތިން އަހަރު ތެރޭގައި ޑޮކްޓަރުން ވަނީ ކަލްޗާ ފްލާސްކެއްގައި ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަންފަތުގެ ކާޓިލެޖް ސެލް ހެއްދުމުގެ މަސައްކަތް ކޮށްފަ އެވެ. މިގޮތަށް އުފައްދާފައިވާ ކަންފަތް މުސަޅުގައި އިމްޕްލާންޓް ކޮށްގެން ކުރި ޓެސްޓަކުން ހާމަވެފައިވާ ގޮތުގައި އިމްޕްލާންޓް ކުރުމަށްފަހު ވެސް ކަންފަތް ތަރައްގީވަމުން ދިޔަ އެވެ.
"ކަންފަތް އައިބުވެފައިވާ ކުއްޖަކަށް މި ފަދަ ކަންފަތެއް ޖަހައިދިނުމުގެ ކުރިން ޖަނަވާރުން ބޭނުންކޮށްގެން ވަރަށް ބޮޑު ސްޓަޑީއެއް ހަދާނަން. މިކަމަށް ދޮޅުއަހަރެއްހާ ދުވަސް ނަގާނެ،" ސިމްސް ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަ ޑރ. ކޭ. ސްރީދަރް ވިދާޅުވި އެވެ. ޑރ. ސްރީދަރް އަކީ ވަރަށް ސީނިއާ ޕްލާސްޓިކް ސާޖަން އެކެވެ.
"އެންމެ ފުރަތަމަ މުސަޅުން ކާޓިލެޖް ސެލްތައް ނެގުމަށް ފަހު ޚާއްސަ ސޮލިއުޝަނެއްގައި ތިން ހަފުތާ ވަންދެން ބަހައްޓަނީ. ސެލްތައް އިތުރުވުމުން އެ އެއްޗެތި އިންދަނީ ބައޮޑިގްރޭޑަބަލް އަދި ބައޯކޮމްޕެޓިބަލް ސްކަފޯލްޑްއެއްގައި. އޭތި އިންނާނީ ކަންފަތެއް ގޮތަށް ތްރީޑީ ޕްރިންޓްކޮށްފަ. އެކަށީގެންވާ ވަރަށް ސެލް އުފެއްދުމުން ދެން އެ އިމްޕްލާންޓް ކުރަނީ މުސަޅުގެ ބަނޑުގެ ހަންގަނޑުގެ ދަށުގައި،" ލެބޯޓްރީގައި ކަންފަތް ހެއްދުމަށް ބޭނުންކުރި މެތަަޑް އޮޅުންފިލުވައިދެމުން އޭނާ ވިދާޅުވި އެވެ.
ހަފުތާއެއް ކޮށްފައި ސްކަފޯލްޑް ނެގިއިރު ކާޓިލެޖް ސެލްތައް މުސަޅުގެ ހަށިގަނޑު ތެރޭގައި ވެސް ހެދިފައި ހުރި ކަމަށާއި އަދި ނެގި ސާމްޕަލްތަކުން އެއްވެސް ކަހަލަ އައިބެއް ނުވަތަ މައްސަލައެއް ފެނިފައި ނުވާ ކަމަށް ވެސް ޑރ. ސްރީދަރް ވިދާޅުވި އެވެ.
މި ޓެސްޓުގެ ނަތީޖާ ރަނގަޅުވުމުން އިތުރު 18 މުސަޅެއްގެ މި ޓެސްޓް ހެދުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ދީފަ އެވެ.
އުފެދުމުގައި ކަންފަތް އައިބުވެފައި ހުރި ފަސް ކުއްޖަކަށް އާ ކަންފަތް އުފައްދާފައިވާ ކަމަށް ޗައިނާގެ ސައިންސްވެރިންގެ ގްރޫޕަކުން މިދިޔަ ހަފުތާގައި ވަނީ އިއުލާން ކޮށްފަ އެވެ.
މަންމަގެ ލިވާއާ އެކު އަދްޔާނަށް އާ ދިރިއުޅުމެއް
7 އަހަރުގެ ކުއްޖެއްގެ އަނގައިން 526 ދަތް ނަގައިފި
މަރުވި މީހެއްގެ ގުނަވަންތަކުން 3 ފުރާނަ ސަލާމަތްކޮށްފި
ކެރެލާ މީހެއްގެ ހަށިގަނޑުގައި ދެ ހިތް
ޑުބާއީ ކުއްޖެއްގެ ހަށިގަނޑުގައި އިންޑިއާ މީހެއްގެ ހިތް
ކުއްޖެއްގެ މަރުން ހަ މީހެއްގެ ފުރާނަ ސަލާމަތްވެއްޖެ
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި