04 ފެބުރުއަރީ 2018
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި އަސްކަރީ ވެރިކަމެއް ރާއްޖޭގައި ހިންގަމުން ގެންދާ ކަމަށް ބުނެ، އިދިކޮޅު މެމްބަރުން ސަރުކާރުން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި އަސްކަރީ ވެރިކަމެއް ރާއްޖޭގައި ހިންގަމުން ގެންދާ ކަމަށް ބުނެ، އިދިކޮޅު މެމްބަރުން ސަރުކާރުން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އަޒުލު ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުނަސް، އެ އަމުރަށް ތަބާނުވާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) މުހައްމަދު އަނިލް ވަނީ މިއަދު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެފަދަ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. ފުލުހުންނާއި ސިފައިން ބުނި ގޮތުގައި ސަލާމަތީ ބާރުތަކުން އަމަލު ކުރާނީ އޭޖީގެ ލަފާގެ މަތިންނެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވާނެ ކަމަށް އޭޖީ ވިދާޅުވީ ސަރުކާރުން ގާނޫނުއަސާސީ އުވާލައި އެންމެ ފަހު ބަސް ބުނާ ސުޕްރީމް ކޯޓަށް ބިރު ދައްކައިގެން ވެސް އެ ކޯޓު ގުޑުވައިނުލެވުމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް މިއަދު ވާހަކަދައްކަވަނީ. - ފޮޓޯ: މިހާރު
"މިލިޓިރީ ވެރިކަމެއް ނުހިިންގޭނެ. ނުހިިފެހެއްޓޭނެ. މިއަދު ނުކުމެ ބަޑީގެ ބޭނުންކޮށްގެން އެއެއް ނުހިފިހެއްޓޭނެ. މިލިޓަރީގައި އަޒުމް ކިޔައިގެން ގާނޫނުއަސާސީއާ ދެކޮޅަށް ނުކުންނަ ކޮންމެ މީހަކު އެ ކުރަނީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް. އޭގެ އަދަބު ކޮންމެވެސް ދުވަހަކުން ލިބޭނެ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިލިޓަރީ ވެރިކަމެއް ހިންގާކަށް ގާނޫނުއަސާސީ ތަނެއް ނުދެ އެވެ. އަދި ރައްޔިތުން ނުކުމެ ގާނޫނުއަސާސީ އާއި ގައުމު ހިމާޔަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނާ ހިލާފުވާ ކޮންމެ ބޭފުޅަކާ ގާނޫނު އަރައި ހަމަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވަނީ ޗީފް އޮފް ޑިފެންސް ފޯސް، އަހްމަދު ޝިޔާމާއި އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް ތަބާވާކަށް ނުޖެހެ އެވެ. އެ ގޮތުން ބާތިލް އަމުރަކަށް ތަބާވުމަކީ ކަނޑައެޅިގެން ކުށެއް ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
މީގެ އިތުރުން ޝިޔާމްގެ ޒިންމާއަކީ އަނިލްގެ އަމުރުތައް ތަންފީޒު ކުރުން ނޫން ކަމަށާއި ސިފައިންނަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ހޯދައިދޭން ޖެހޭ މުހިންމު މުއައްސަސާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަސްކަރިއްޔާ ޝިޔާމްގެ "މުށު ތެރެ އަށް" ލުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަނިލް މި ކުރައްވާ ކަމަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތް. ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަކީ އެއީ ކުރެވޭ ބަޣާވާތެއް،" އަމީތު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު މިއަދު ވާހަކަދައްކަވަނީ. - ފޮޓޯ: މިހާރު
އެހެންވެ، އަމީތު ވަނީ ފުލުހުންނާއި ސިފައިން ގާނޫނީ އިމުގެ ތެރޭގައި ތިބުމަށް ގޮވާލައްވައިފަ އެވެ. އަނިލްއަކީ ބޮޑެތި ޖަރީމާތަކެއް ހިންގަވާފައި ހުރި ބޭފުޅެއް ކަމަށް ވެސް އަމީތު ތުހުމަތު ކުރެއްވި އެވެ.
މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ކޮންމެ ގައުމެއްގައި ގާނޫނުއަސާސީ އާއި ގާނޫނުތައް އޮންނަނީ ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށާއި މަގާމުތަކުގައި ތިއްބެވި ވެރިން ވެސް ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ވާހަކަތައް ބައްޓަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގެއްލުން ލިބޭނީ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ. އަދި ވަކި މީހެއްގެ ހިމާޔަތުގައި ތިބުމުން ރާއްޖެ އަށް އެތައް ގޮތަކުން ގެއްލުން ލިބިގެންދާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"ޖަރީމާތަކަށް" ރައީސްގެ އިއުތިރާފް ތަހުގީގުކުރަން ޖެހޭ
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
12 މެމްބަރުން ރައީސަށް:ތިއޮތީ ކުޑަކަކޫ ޖަހަންޖެހިފައި
އިދިކޮޅުން މަސީހަށް: ތިކުރަނީ ބަޣާވާތް، ތިއީ ބޮޑުވަރު
ރައީސް ޔާމީނާއި އިބޫ: އެންމެ ބުރެއް، ތަފާތު ރޭހެއް!
އިބޫ އިންތިޚާބު ކާމިޔާބު ކުރާނީ 70 ޕަސެންޓުން: އަލީ
12 މެމްބަރުންގެ ގޮނޑިއަށް ދާއިމީ ހައްލެއް ނާންނާނެ
އިބޫ ހޮވިއްޖެނަމަ ނަޝީދު ވެރިކަމަށް ގެންނާނެ: އަޒްލީން
ރައީސް ޔާމީން ހޮވާނީ ސަރުކާރު ވަސީލަތް ބޭނުންކޮށްގެން