Roadha Mihaaru

އިލްހާމް އާއި ސިނާންގެ މުއްދަތާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންނަނީ

ފުލުސް އޮފީސް ހިންގުމާ މިދިޔަ ހުކުރު ވިލޭރޭ ހަވާލުކުރި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެ މަގާމުން ދުރުކޮށް، ފުލުސް އޮފީސް ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއާ މިއަދު ރައީސް އަބްދުﷲ ޔާމީން ހަވާލުކުރައްވައިފި އެވެ.

އިލްހާމާއި ސިނާން ކްރިމިނަލް ކޯޓަށް ގެންނަނީ

ފުލުސް އޮފީސް ހިންގުމާ މިދިޔަ ހުކުރު ވިލޭރޭ ހަވާލުކުރި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެ މަގާމުން ދުރުކޮށް، ފުލުސް އޮފީސް ހިންގުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއާ މިއަދު ރައީސް އަބްދުﷲ ޔާމީން ހަވާލުކުރައްވައިފި އެވެ.

އަބްދުﷲ ނަވާޒް އަށް މި މަސްއޫލިއްޔަތު ހަވާލު ކުރެއްވީ، އޭނާ ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނާގެ މަގާމުން ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް ޕްރޮމޯޓް ކުރުމަށް ފަހު އެވެ.

އޭގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ވެރިއަކަށް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ވަނީ މިއަދު އައްޔަން ކުރައްވައިފަ އެވެ.

ފުލުހުންގެ އިދާރާ އަށް ބޮޑެތި ބަދަލުތަކެއް މި އައީ، ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއްގައި ތިބި ސިޔާސީ ބޭފުޅުންތަކެއް ޖަލުން މިނިވަންކުރުމަށް މިދިޔަ ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރަން ފަށާފައިވާ ކަމަށް އެރޭ ފުލުހުން އިއުލާންކުރި ފަހުންނެވެ. އެ ގޮތުން ދޫނިދޫ ޖަލުގައި މި ވަގުތު ހުންނެވި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިނިވަންކޮށް، މާލެ ގެނައުމަށް ލޯންޗަށް އެރުވި ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ވަނީ ވިދާޅުވެފަ އެވެ.

އެރޭ ސަރުކާރުގެ ފަރާތުން ދައުލަތުގެ ބަންޑާރަ ނައިބު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ ގޮތުން، އޭރު ޕޮލިސް ކޮމިޝަނާގެ މަގާމުގައި ހުންނެވި އަހްމަދު އަރީފްއާ ގުޅުއްވަން ރައީސް ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވުމާ ގުޅިގެން އެ މަގާމުން އަރީފް ވަކިކުރެއްވީ އެވެ. އޭގެ ބަދަލުގައި އެ ރެއިން ފެށިގެން ފުލުހުންގެ އިދާރާ ހިންގަމުން އައީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އެވެ.

ސައުދީ އެ މަގާމުން މިއަދު ވަކި ކުރެއްވި އިރު، އެކަމުގެ ސަބަބެއް ރައީސް އޮފީހުން ނުބުނެ އެވެ.

ފުލުހުންގެ ހެޑް އޮފް އިންޓެލިޖެންސްގެ މަގާމަށް މިއަދު އައްޔަން ކުރެއްވި މުހައްމަދު ޖަމްޝީދަކީ ކުރިން އެސިސްޓެންޓް ކޮމިޝަނަރެއްގެ ރޭންކުގައި ހުންނަވަނިކޮށް، މީގެ ދުވަސްކޮޅެއް ކުރިން ދެ މަގާމު ދަށް ކޮށް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ބަދަލުކޮށްފައި ހުންނެވި އޮފިސަރެކެވެ.

މިދިޔަ ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ވަނީ ތިން މައްސަލައެއްގައި މުހިންމު ތިން ނިންމުމެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ނިންމުމަކީ ސިޔާސީ އެކި ކުށްތަކުގައި ޖަލަށް ހުކުމްކޮށްފައި ތިބި ސިޔާސީ ލީޑަރުން ވަގުތުން މިނިވަންކުރުމަށް ކުރި އަމުރެވެ. ނަމަވެސް، މިހާތަނަށް ވެސް ސަރުކާރުން އެ އަމުރު ތަންފީޒެއް ނުކުރެ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 ބޭފުޅުންނަކީ މަޖިލީހުގެ ސައްހަ މެމްބަރުން ކަމުގައި ވެސް އެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވެ އެވެ.