ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރު ތަންފީޒު ކުރުމުގެ ކުރިން އެއީ، ސައްހަ އަމުރެއްތޯ ބަލަން ޖެހޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
02 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރު ތަންފީޒު ކުރުމުގެ ކުރިން އެއީ، ސައްހަ އަމުރެއްތޯ ބަލަން ޖެހޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުން ވަނީ ތިން މައްސަލައެއްގައި މުހިންމު ތިން ނިންމުމެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ސިޔާސީ އެކި ކުށްތަކުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރެވެ. އަނެއް އަމުރަކީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 13 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމެވެ. އަދި އަނެއް ނިންމުމަކީ ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ނިންމި ނިންމުމެވެ.
މި އަމުރުތަކާ ގުޅިގެން، ދައުލަތުގެ މީޑިއާ، ޕީއެސްއެމް މެދުވެރިކޮށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި ހޯމް މިނިސްޓަރު އަހްމަދު އަޒްލީން އާއި ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ވަނީ ރައްޔިތުންނަށް، ސަރުކާރުގެ މެސެޖް ފޯރުކޮށްދެއްވައިފަ އެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން، ސަރުކާރުން ވިސްނަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ. އެކަންކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ސައްހަ އަމުރެއްތޯ މިހާރު އަންނަނީ ބަލަމުންނެވެ.
"އަމުރުގައި ހިމެނޭ ގިނަ ކަންތައް އެއީ ދައުލަތުގެ ބަންޑާރަ ނައިބަށް ރައްދުވާ ކަންކަން. އެކަމަކު މިހާތަނަށް އަޅުގަނޑުމެންނަކަށް އެ ހުކުމާ ބެހޭ ސައްހަ ކަމެއް ނޭނގޭ،" އަނިލް ވިދާޅުވި އެވެ.
މި ހުކުމާއެކު އިދިކޮޅު ފަރާތްތަކުން އުފާފާޅުކުރަމުން އަންނާތީ އެކަމަށް އިޝާރާތް ކުރައްވައި ޑިފެންސް މިނިސްޓަރު ވަނީ، ގާނޫނީ އިމުގެ ތެރޭގައި އެންމެން ތިބުމަށް ގޮވާލައްވައިފަ އެވެ. އަދި ގައުމު ސުލްހަމަސަލަސްކަން ނަގާނުލުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން އަރީފް މަގާމުން ވަކިކުރިކަން އިއުލާންކުރީ ވެސް މި ޕްރެސް ކޮންފަރެންސްގަ އެވެ.
އަނިލް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރުތަކާ ގުޅިގެން، އަރީފަށް ގުޅުއްވޭތޯ ރައީސް އަބްދުﷲ ޔާމީން ވަރަށް މަސައްކަތްޕުޅު ކުރެއްވި އެވެ. އެކަމަކު އަރީފް ފޯނަށް ޖަވާބު ނުދެއްވުމުން، މަގާމުން ވަކިކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާ މިހާރު ހިންގެވުން ހަވާލުކޮށްފައި ވަނީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އެވެ.
އޭޖީ އާއި ސިފައިންގެ ޗީފަކީ ސިޔާސީ ވިޕެއް ނޫން:ޖަަމީލް
ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުދޭން އޭޖީ އަންގަވައިފި
ގޮނޑި ނުގެއްލޭ ބަޔަށް އަމަލުކުރުން ފަސްކޮށްފި
ދުސްތޫރީ މައްސަލައަކަށް ނުވާ ދުސްތޫރީ މައްސަލަ ހުރޭތަ؟
ދައުލަތުން އެދެނީ ބަދަލު ނަގައިދޭވަރު ލިމިޓްކުރަން
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ
ދީބާޖާގެ ބަދަލާ މެދު ޔައުގޫބުގެ ތުހުމަތު!
ސަރުކާރުން ދީބާޖާއާ އެކު މަޝްވަރާ ފަށައިފި
އޭޖީ ދެއްކެވީ ގޯސްތަކެއް، 348 މިލިއަން ދޭން ދެކޮޅު