Roadha Mihaaru
ހެކި ހުށަހަޅަން އަދީބާއި ބޮޑީގާޑުންނަށް ފަހު ފުރުސަތު ދީފި

އަދީބާއި ދެ ބޮޑީގާޑުން ދިފާއުގައި ހެކި ހުށަހަޅަން ފަހު ފުރުސަތު ދީފި

23 މެއި 2016

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީގާޑުންގެ މައްޗަށް ކުރާ ދައުވާގައި ދިފާއުގައި ހެކި ހުށަހެޅުމަށް ފަހު އެ ތިިން މީހުން ކްރިމިނަލް ކޯޓުން މިއަދު ފަހު ފުރުސަތު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީގާޑުންގެ މައްޗަށް ކުރާ ދައުވާގައި ދިފާއުގައި ހެކި ހުށަހެޅުމަށް ފަހު އެ ތިިން މީހުން ކްރިމިނަލް ކޯޓުން މިއަދު ފަހު ފުރުސަތު ދީފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރު ކުރައްވަނިކޮށް ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅިގެން ދައުވާ ކުރަނީ އަދީބާއި އޭނާގެ ދެ ބޮޑީގާޑުން ކަމަށްވާ ހުސައިން ރިކާޒާއި އަހުމަދު އާމިރުގެ މައްޗަށެވެ.

އެ މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ހެކި ހުށަހަޅަން އަދީބާއި ރިކާޒާއި އާމިރުގެ ވަކީލުންނަށް ފުރުސަތު ދިނުމުން ދިފާއީ ވަކީލުން ބުނީ ހެކި ހުށަހަޅަން ތައްޔާރު ނުވެވޭ ކަމަށާއި އިތުރު ފުރުސަތު ބޭނުންވާ ކަމަށެވެ. އެހެންވެ ފަނޑިޔާރުންގެ ބެންޗުން ބުނީ އަންނަ ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމުގައި ހެކި ހުށަހަޅަން ފުރުސަތު ދޭ ކަމަށާއި އެއީ ހެކި ހުށަހަޅަން ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ.

ކުރިން ވެސް ތާވަލުކޮށްފައި އޮތީ މި މަހުގެ 26 ގައި ހެކި ހުށަހަޅާ ގޮތަށް ނަމަވެސް ކުއްލި ގޮތަކަށް މިއަދު އަޑުއެހުމެއް ބޭއްވީ އެވެ.

އެ މައްސަލާގައި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކުރީގެ ވެރިޔާ ކެޕްޓަން އަހުމަދު ފަޔާޒާއި ސިފައިންގެ އިތުރު ދެ މީހަކަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެކަމަކު އެ މައްސަލަ ހިންގަނީ ވަކިންނެވެ.