Roadha Mihaaru
މަހްލޫފް ރާއްޖެ ވަޑައިގެންފި

މަހްލޫފް ރާއްޖެ ވަޑައިގެންފި

31 ޖެނުއަރީ 2018

ރާއްޖޭގައި ސިޔާސީ ހަމަނުޖެހުންތައް ބޮޑުވުމާ ގުޅިގެން ސްރީ ލަންކާ އަށް ވަޑައިގެންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރާއްޖޭގައި ސިޔާސީ ހަމަނުޖެހުންތައް ބޮޑުވުމާ ގުޅިގެން ސްރީ ލަންކާ އަށް ވަޑައިގެންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މީގެކުޑައިރުކޮޅެއް އޭނާ ވަނީ ވެލާނާ އެއާޕޯޓުން މާލެ ވަޑައިގަންނަވާ ފޮޓޯއެއް ޓުވީޓް ކުރައްވައިފަ އެވެ.

މަހްލޫފް، މީގެ ހަތަރު މަސް ކުރިން ލަންކާ އަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ވެންނެވުމަށް ސިފައިން ހުރަސްއެޅި މައްސަލާގައި އުފެދުނު ހަމަނުޖެހުމާގުޅިގެން، ބައެއް މެމްބަރުންގެ މައްޗަށް ތަހުގީގު ހިންގަން ފެށުމުންނެވެ.

މިދިޔަ އަހަރުގެ ޖުލައި 31، ގައި މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މެމްބަރުންތަކެއް ސިފައިންނާ މާރާމާރީ ހިންގި ކަމަށް މަހްލޫފާއި އިތުރު މެމްބަރުންތަކެއްގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ސްރީ ލަންކާގައި ހުންނެވިއިރު މަހްލޫފް ވަނީ ބައިނަލްއަގުވާމީ އެކި ފަރާތްތަކާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ ހާލަތު ވިދާޅުވެދެއްވައިފަ އެވެ.