31 ޖެނުއަރީ 2018
ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެލައިޑް އިންޝުއަރެންސްގެ ވިޔަފާރި 112 ޕަސެންޓް ކުރިއަރާފައިވާ ކަމަށާ، މިހާރު އެ ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 120 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް ބުނެފި އެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެލައިޑް އިންޝުއަރެންސްގެ ވިޔަފާރި 112 ޕަސެންޓް ކުރިއަރާފައިވާ ކަމަށާ، މިހާރު އެ ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 120 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް ބުނެފި އެވެ.
އެ ކުންފުނީގެ 33 ވަނަ އަހަރީ ދުވަހާ ދިމާކޮށް، ދަރުބާރުގޭގައި ބޭއްވި "އެލައިޑް ސްޕެޝަލް އިވެންޓް"ގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ އިންޝުއަރެންސް ކެޕޭސިޓީގެ ގޮތުގައި 120 މިލިޔަން ޑޮލަރު ހުރި އިރު، ރިޒާވުގައި އިތުރު 100 މިލިޔަން ޑޮލަރު އެބަހުރި ކަމަށެވެ.
"[އެލައިޑުން ގުޅިގެން މަސައްކަތް ކުރާ] ކޮންމެ ރީއިންޝުއަރާއަކީ ވެސް ދުނިޔޭގެ ޓޮޕް ދިހައެއް ގައި ހިމެނޭ [ކުންފުނިތައް]. މި ކުންފުނިތަކުގެ އެހީގައި އެލައިޑުގެ އިންޝުއަރެންސް ކެޕޭސިޓީ އަކީ މިހާރު 120 މިލިއަން ޑޮލަރު. މިފުރުސަތުގައި ފާހަގަ ކޮށްލަން އިތުރުން 100 މިލިއަން ޑޮލަރު އަޅުގަނޑުމެންގެ ރިޒާވްގައި ހުރިކަން،" އަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން އިންޝުއަރެންސް ބަދަލުގެ ގޮތުގައި، ފާއިތުވި ފަސް އަހަރުގެ ތެރޭގައި 797 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި އެއާއެކު އެ ކުންފުންޏަކީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ، ގެއްލުމުގެ ބަދަލުތައް ދެވޭ ފެންވަރުގެ ގާބިލު ކުންފުންޏެއްކަން ހާމަވެފައިވާ ކަމަށް ވެސް އަމީލް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވާހަކަދައްކަވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެލައިޑުގެ މައި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އިންޝުއަރެންސް މާކެޓުގެ 60 ޕަސެންޓް ހިއްސާކުރަނީ މިހާރު އެލައިޑުން ކަމަށެވެ.
ރާއްޖޭގެ އިންޑަސްޓްރީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްކާތެރި ކޮށްދިނުމަށް އެލައިޑުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ. އަދި އެސްޓީއޯގެ ހުރިހާ ކުންފުންޏަކުން ވެސް ބަލަނީ ބޮޑު ފައިދާއެއް ހޯދުމުގެ ބަދަލުގައި ވީހާ ވެސް ހެޔޮ އަގުގައި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެލައިޑް އުފެއްދީ އެސްޓީއޯ އިން ބޭރުން ގެންނަ މުދާ އިންޝުއާ ކުރާނެ ފަރާތެއް އޭރު ނެތުމުން ކަމަށާ އަދި މިހާރު އެ ކުންފުންޏާއެކު އިންޝުއަރެންސް ހިދުމަތްތައް ހޯދަން ބޭރު ކުންފުނިތަކަށް ބަރޯސާވާން ޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެން ގޮސްފައިވާ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި އެލައިޑުން ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ޓޮޕް އެޖެންޓުގެ ގޮތުގައި ބީއެމްއެލް، ޕްރިމިއާ ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑުގެ އިތުރުން ރާމިޒް އަބޫބަކުރަށް އެވޯޑް ދީފަ އެވެ. އަދި ބްރޯކާ އޮފް ދަ އިޔާގެ އެވޯޑް އިންސުލާ އިންޝުއަރެންސް ބްރޯކާސް އާއި އެސޯސިއޭޓެޑް ބިޒްނަސް އެޖެންޓްސް (އޭބީއެސް) މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އިތުރުން އެސްއެސްއެސް އިންޝުއަރެންސް ސާވިސް އަށް ދީފަ އެވެ.
އެލައިޑްގެ އެމްޑީއަކަށް ލުވައިޒް ހަމަޖައްސައިފި
އެލައިޑް މޮޓޯ ކެމްޕެއިން ފަށައިފި
ތާޑްޕާޓީ މޮޓޯ އިންޝުއަރަންސްގެ ބަދަލު ހޯދާނީ ކިހިނެއް؟
ބިދޭސީންގެ އިންޝުއަރެންސް ހިދުމަތް އެލައިޑުގެ ޕޯޓަލުން
ހަފުތާއަކަށް އެލައިޑް ބަންދު، ހިދުމަތްދޭނީ އޮންލައިކޮށް
އެލައިޑްގެ ޕޮލިސީތައް ދިރާގު ޕޭއިން މިހާރު ނެގޭނެ
އަލިފާނުގެ ހާދިސާ: ތާޑް ޕާޓީ އިންޝުއަރެންސްގެ ބަހުސް!
އެންމެ ކާމިޔާބު ކުންފުންޏަކަށް އެލައިޑް
އާ ހިދުމަތްތަކާ އެކު އެލައިޑަށް ބޮޑު ބަދަލެއް
އިންޝުއަރެންސްގެ ޚިދުމަތް މޮނޮޕޮލީއާ ދިމާލަށް!