Roadha Mihaaru
ހަފުތާއަކަށް އެލައިޑް ބަންދު، ހިދުމަތްދޭނީ އޮންލައިކޮށް

ކޮވިޑް-19: ހަފުތާ އަކަށް އެލައިޑް ބަންދު، ޚިދުމަތް ދޭނީ އޮންލައިންކޮށް

19 މާޗް 2020

ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުން، ހަފުތާއަކަށް އެލައިޑް އިންޝުއަރަންސްގެ އޮފީސްތައް ވެސް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްތައް ދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮރޯނާވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުން، ހަފުތާއަކަށް އެލައިޑް އިންޝުއަރަންސްގެ އޮފީސްތައް ވެސް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްތައް ދޭން ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް، އިންޝުއަރެންސްގެ ޚިދުމަތް ދޭ ކުންފުނީގެ އޮފީސް ބަންދުކުރިއިރު، ސަރުކާރުގެ އޮފީސްތައް ވެސް މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފައްޗާ ހަމައަށް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެއީ ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވުން ކަމަށް ވާއިރު، އެ ކަމަށް މަގުފަހި ކުރުމަށް އެޅި ފިޔަވަޅެކެވެ.

އެލައިޑުން ބުނީ، އެ ކުންފުނީގެ އޮފީސް ބަންދު ވިޔަސް މޯބައިލް އެޕާއި myallied.mv އާއި އީ-މެއިލް މެދުވެރިކޮށް، ޚިދުމަތަށް އެދެވޭނެ ކަމަށެވެ. އެގޮތުން، އިންޝުއަރަންސް ޕްލޭންތަކަށް އެޕްލައި ކުރުމާއި ކްލެއިމް ސަބްމިޝަނާއި މޮޓޯ އިންޝުއަރެންސާއި ބިިދޭސީންގެ އިންޝުއަރެންސާއި އެލައިޑުން ފޯރުކޮށްދޭ އިސްލާމިކް އިންޝުއަރެންސް ކަމުގައިވާ ތަކާފުލް ހިދުމަތްތައް ވެސް އޮންލައިންކޮށް ލިބޭނެ ކަމަށެވެ. އެގޮތުން، ފައިސާ ބަލައިގަތުމާއި ފައިސާ ދޫކުރުމުގެ ޚިދުމަތްތައް ވެސް އޮންލައިންކޮށް ލިބޭނެ ކަމަށް އެލައިޑުން ބުނެ އެވެ.

އެލައިޑް އިންޝުއަރެންސްގެ ޓުވީޓް

އެލައިޑުން ހިދުމަތްތައް ދިނުމުގައި މިފަދަ ފިޔަވަޅެއް އެޅީ ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުންނާއި ކަސްޓަމަރުންނާއި މުޅި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބޭނުމުގަ އެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވް ވެފައިވާ އިރު ހިދުމަތްތައް ދިނުމުގައި ކުންފުނިތަކުން ވީހާ ވެސް ބޮޑަކަށް އެކަކު އަނެކަކު ކޮންޓެކްޓް ނުވާނެ ގޮތްތައް އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް އަންނަނީ ތައާރަފް ކުރަމުންނެވެ.

ރާއްޖެ އިން ކޮވިޑް ބަލީގެ އެއްވެސް ދިވެއްސަކު އަދިއެއް ނުފެނެ އެވެ މިހާތަނަށް ރާއްޖެ އިން އެ ބަލި ޖެހިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފަކަށާއި 11 ޓޫރިސްޓަކަށެވެ. އެ މީހުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.