30 ޖެނުއަރީ 2018
ޕީޕީއެމާ ގުޅޭ ގޮތުން ބަސް ވިދާޅުވުމުގެ އެއްވެސް ހައްގެއް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މިހާރު ނޯންނާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާ ގުޅޭ ގޮތުން ބަސް ވިދާޅުވުމުގެ އެއްވެސް ހައްގެއް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މިހާރު ނޯންނާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ މިގޮތަށް ވިދާޅުވީ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އިންތިޚާބީ މަގާމުތަކުގެ މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައި އިލެކްޝަންސް ކޮމިޝަނަށް މައުމޫން ފޮނުއްވި ސިޓީފުޅާ ގުޅޭގޮތުންނެވެ.
އެ ސިޓީފުޅާ ގުޅޭގޮތުން، "މިހާރު" ން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމާ ގުޅުމެއް ނެތް ބޭފުޅަކަށް ޕާޓީގެ ކަންކަން ހިނގަމުންދާ ގޮތް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. މައުމޫނަކީ ޕީޕީއެމާ މިހާރު އެއްވެސް ގުޅުމެއް ނެތް ބޭފުޅަކަށް ވާތީވެ، އެ ޕާޓީގެ ކަންކަން އެމަނިކުފާނަށް އަންގަން ވެސް ނުޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ވަކިކުރީ، އެ ޕާޓީގެ އެތެރޭގައި އުފެދުނު މައްސަލަތަކުގައި ރައީސް އަބްދުﷲ ޔާމީނާ ދެމެދު ހިޔާލު ތަފާތުވެ، ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވެމުންނެވެ. ޕާޓީގެ ކައުންސިލުން މައުމޫން ވަކިކުރި ނަމަވެސް އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ޕާޓީގެ ކައުންސިލަށް މައުމޫން ވަކި ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އެއީ، ޕާޓީގެ އާއްމު މެމްބަރުންގެ ވޯޓުން އިންތިޚާބު ކޮށްފައިވާ މަގާމަކަށް ވާތީ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ރައީސް އަބްދުﷲ ޔާމީން ޕާޓީ ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޕާޓީގެ އެންމެހައި ކަންކަން ވެސް ދަނީ އަސާސީ ގަވާއިދާ އެއްގޮތަށް. ޕާޓީގެ ކަންކަމަށް، ޕާޓީއާ ގުޅުމެއް ނެތް ބޭފުޅުކަށް ބަސް ވިދާޅުވުމުގެ ހައްގެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އިންތިޚާބީ މަގާމުތަކުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.
އިދިކޮޅު ހަރަކާތުން ދާދި ފަހުން ބޭއްވި ޖަލްސާއެއްގައި މައުމޫނާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ސަމާމް ކުރައްވަނީ.---ފޮޓޯ: މިހާރު
އިލެކްޝަންސް ކޮމިޝަނަށް މިދިޔަ ހަފުތާގައި މައުމޫން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، 2013 ވަނަ އަހަރުގެ ޖެނުއަރީ 17 ން 19 އަށް ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި ފާސްކުރި އަސާސީ ގަވައިދުގައި، އެ ޕާޓީގެ ހުރިހާ މެމްބަރުން ތަމްސީލް ކުރެވޭ ގޮތަށް ބާއްވާ ގައުމީ ޖަލްސާއެއް ކޮންމެ ދޭއްބައި އަހަރަކުން އެއް ފަހަރު ބާއްވަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެހެން ގޮތަކަށް އެ ގަވާއިދުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަސާސީ ގަވައިދުގެ ދަށުން އިންތިޚާބު ކުރާ މަގާމުތަކުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެ ތާރީޚުތަކަށް ރިއާޔަތް ކުރައްވަމުން، މައުމޫން ވިދާޅުވީ އަސާސީ ގަވައިދާ އެއްގޮތަށް ޕީޕީއެމް ހިންގުމަށް އިންތިޚާބު ކުރި ކައުންސިލާއި ހުރިހާ ކޮމެޓީތަކާއި ގުނަވަންތަކުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
"އެހެންކަމުން، ޕާޓީގެ ކައުންސިލާއި ކޮމިޓީތަކާއި ގުނަވަންތަކުގެ ގާނޫނީ މުއްދަތު މާދަމާ ހަމަވާނެތީ، އެ ހިސާބުން ޕާޓީ ހިންގުން ހުއްޓޭނެ ކަމަށް ގަބޫލުކުރެވެ އެވެ. މިކަމުގައި ޕާޓީގެ އާއްމު މެމްބަރުންގެ ކަންބޮޑުވުންތަކެއް ހުރުމާއެކު، ޕާޓީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން، ތިޔަ ކޮމިޝަންގެ ސަމާލުކަމަށް މިކަން ގެންނަމެވެ،" މައުމޫން ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ ބާނީއަކީ ރައީސް ޔާމީން: އަބްދުއްރަހީމް
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ޕީއެންސީ އުވާލުމާ މެދު އަދި ގޮތެއް ނުނިންމާ: އަދުރޭ
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ކޮންގްރެސްއަކުން ޕީއެންސީގެ އިސް މަގާމުތައް ހޮވަނީ
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް
ފައިސާ ދޫކުރުމުން ޕީޕީއެމްގެ ދަރަނި ދައްކާނެ:އަދުރޭ
ޔާމީނަށް ޕީޕީއެމް ވެސް ދޫކޮށްލެވޭކަށް ނެތް!؟