04 ނޮވެމްބަރ 2016
ޕީއޭ ކިޔާ ބަޔަކު އައިސް ޕީޕީއެމް ހަލާލުކޮށްލީ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވިޔަސް، އަސްލު ޕީޕީއެމަކީ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެއް ކަމަށް ވިދާޅުވެ، މައުމޫނަށް އަބްދުއްރަހީމް އަބްދުﷲ މިރޭ ބަހުގެ ހަމަލާތަކެއް ފޮނުއްވާލައްވައިފި އެވެ.
ޕީއޭ ކިޔާ ބަޔަކު އައިސް ޕީޕީއެމް ހަލާލުކޮށްލީ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވިޔަސް، އަސްލު ޕީޕީއެމަކީ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެއް ކަމަށް ވިދާޅުވެ، މައުމޫނަށް އަބްދުއްރަހީމް އަބްދުﷲ މިރޭ ބަހުގެ ހަމަލާތަކެއް ފޮނުއްވާލައްވައިފި އެވެ.
"އަސްލު" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައި އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމް އުފެއްދުމުގެ ބާނީއަކީ ރައީސް ޔާމީން ކަމަށެވެ.
"އެކަން ކުރެއްވި ހަގީގީ ބޭފުޅަކީ އަޅުގަނޑުމެންގެ މުޝްތަޝާރު ރައީސް ޔާމީން. މި ޕާޓީ އުފައްދަން އެންމެ އިސްކޮށް މަސައްކަތް ކުރީ އަޅުގަނޑުމެންނޭ. އަޅުގަނޑުމެންނަކީ ޕީއޭގެ މީހުންނޭ. އެންމެ ފުރަތަމަ ޕީޕީއެމް އުފައްދަން ފެއްޓި މަސައްކަތުގައި މިއަދާ ހަމައަށް ދެ ގޮތެއް ނުވެ ތިބީ ޕީއޭގެ މެމްބަރުންނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ހަގީގަތުގައި ރައީސް މައުމޫނަށް އޮޅުވާލައިގެން ނުބައި މަގެއް ދައްކައިގެން އުޅެނީ ދުރުން އައި ބައެކޭ. އަދިވެސް ރައީސް މައުމޫނަށް އެންމެ ހެޔޮއެދޭ ބަޔަކީ އަޅުގަނޑުމެންނޭ."
"އަސްލު" ޖަލްސާގެ ބައެއް ބައިވެރިންނާ ރައީސް ސަލާމް ކުރައްވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
އޭނާ ވިދާޅުވީ ރައީސް މައުމޫނަށް އަބަދުވެސް އިހުތިރާމް ކުރައްވާ ކަމަށާއި އެގޮތުގައި ޕީޕީއެމް ދެމި އޮންނާނެ ކަމަށެވެ. އަބްދުއް ރަހީމް އަދި ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގައި މައުމޫނަށް ވާދަ ކުރެއްވުނީ ވެސް އޭރު މަޖިލީހުގައި ތިއްބެވި ޕީއޭގެ 14 މެމްބަރުން ކުރެއްވި މަސައްކަތުން ކަމަށެވެ.
"އެހެންވެ މި ދަންނަވަނީ ޕީއޭ އޭ ރައީސް މައުމޫން ދެކެ ލޯބި ވަނީ. އަދި އެ މަނިކުފާނަށް ވަފާތެރި ވާނީ ވެސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އޭރު ޕީޕީއެމް އުފައްދަން ރައީސް ޔާމީން ހުށަހެޅުއްވުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެއް ބޭފުޅަކީ މިހާރު ރައީސް މައުމޫންގެ ފަޅީގައި ހުންނެވި، މި ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށެވެ.
"އެހެންވީމާ ޕާޓީ ހަދަން އުޅުނު މީހުން މިހާރު ވެސް މިރޭހެ ޖަލްސާގެ އެންމެ އިސް ސަފުން ވެސް މި ފެންނަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ޕާޓީ އަށް މެމްބަރުން އިތުރު ކުރަން އަޅުގަނޑުމެން ވާނީ ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކޮށްފައި. ނާރާ އެންމެ ފަސްގަނޑެއް ވެސް މި ރާއްޖެ އަކު ނޯންނާނެ. މިހާ ހިސާބަށް މިއައީ މާލޭގެ ފިނި ކޮޓަރީގައި ތިބެގެނެއް ނޫން."
"މައްސަލަ އުފެދުނީ ޕީއޭ މެމްބަރުންތަކަކާ ހެދި"
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ކޮންގްރެސްއަކުން ޕީއެންސީގެ އިސް މަގާމުތައް ހޮވަނީ
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް
ފައިސާ ދޫކުރުމުން ޕީޕީއެމްގެ ދަރަނި ދައްކާނެ:އަދުރޭ
ޔާމީނަށް ޕީޕީއެމް ވެސް ދޫކޮށްލެވޭކަށް ނެތް!؟
ޝަރުއީ ގޮތުން މައުމޫނާ ޕީޕީއެމް ހަވާލެއް ނުކުރެވޭނެ