25 ޖެނުއަރީ 2018
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލާގައި ސުޕްރީމް ކޯޓުގެ ޖަވާބެއް ލިބެން ދެން އެ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލާގައި ސުޕްރީމް ކޯޓުގެ ޖަވާބެއް ލިބެން ދެން އެ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އެދިގެން، މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ބުނިތާ އެތައް ދުވަހެއްވީއިރު ވެސް ސުޕްރީމް ކޯޓަށް މެމްބަރުން ހުށަހެޅުއްވި މައްސަލައިގައި ގޮތެއް ނުނިމި ލަސްވާތީ ގިނަ އަދަދެއްގެ މެމްބަރުން ކޮންމެ ދުވަހަކުހެން އެ ކޯޓަށް ވަޑައިގަންނަވަ އެވެ.
ސުޕްރީމް ކޯޓަށް މިއަދު ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވީ ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ބަޔަކު މަޖިލީހަށް ފޮނުވުމުން އެ މެމްބަރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ހުރަސް އެޅުން އެއީ ރާއްޖޭގެ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ.
"މި މަސައްކަތުގައި ސާބިތުކަމާ އެކު ތިބޭނަން. ޖަވާބު ލިބޭތޯ އިތުރަށް ވެސް ކޯޓަށް އަންނާނަން. އިލެކްޝަނަށް ވެސް ދާނަން. އެއީ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް،" ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ އިދިކޮޅު 12 މެމްބަރަކު މަޖިލީހަށް ވަނަ ނުދީ ހިފެހެއްޓުމަކީ ޝާހިދު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހިންގަވާ ޖަރީމާއެކެވެ. އަދި 12 މެމްބަރެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމަކީ 60،000 ރައްޔިތުންގެ ހައްގު ނިގުޅައިގަތުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މެމްބަރު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީތަކަށާއި، ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެންފައިވާ އެޕޮއިންޓްމަންޓްތަކުގެ ޖަވާބެއް ލިބޭތޯ ކޯޓަށް ވަޑައިގަންނަވާތާ މިއަދަށް 10 ދުވަސް ވީއިރު ވެސް އެކަމުގައި އަދި ކާމިޔާބީއެއް ލިބިވަޑައެއް ނުގަންނަވަ އެވެ.
ޝާހިދު ވިދާޅުވީ، މިއަދުވެސް ބައްދަލުވީ ސުޕްރީމް ކޯޓުގެ ރިސެޕްޝަނުގައި ތިބޭ މުވައްޒަފުންނާ އެކަނި ކަމަށެވެ. އަދި އެ މުވައްޒަފުން ދެއްވި ޖަވާބަކީ ފަނޑިޔާރުންނަށް އެޕޮއިންޓްމެންޓް ހަމަޖެހުނީމާ އަންގާނެ ވާހަކަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެ ގޮނޑި ގެއްލުނު ކަމެވެ.
މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު އަދިވެސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައި ނުވާތީ ވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި
ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމަކާ ހިސާބަށް
"ނިންމުން ބާތިލްކުރުމުން ބަލަނީ ގޮނޑި ގެއްލުނުކަމަށް"
12 މެމްބަރުންނާ ބެހޭ އީސީގެ ނިންމުން ބާތިލު ކޮށްފި
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމައިފި
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟
12 މެމްބަރުން މަޖިލީހަށް ވަނަކަ ނުދިން