25 ޖެނުއަރީ 2018
ގާހިރާ (ޖެނުއަރީ 25) - އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މިސްރުގެ މަޝްހޫރު ގާނޫނީ ވަކީލް ޚާލިދު އަލީ ރިޔާސީ ރޭހުން ވަކިވެއްޖެ އެވެ.
ގާހިރާ (ޖެނުއަރީ 25) - އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މިސްރުގެ މަޝްހޫރު ގާނޫނީ ވަކީލް ޚާލިދު އަލީ ރިޔާސީ ރޭހުން ވަކިވެއްޖެ އެވެ.
އޭނާ ރިޔާސީ ރޭޙުން ވަކިވީ ސަޕޯޓަރުންނަށް ބިރު ދައްކާ އަދި މުޅި އިންތިޚާބީ ނިޒާމް ހަރާބުކޮށްލާފައިވާ ކަމަށް ބުނެ އެވެ. މާޗް 26-28 އަށް ބާއްވާ ރިޔާސީ އިންތިޚާބުން ޚާލިދު ވަކިވުމާ އެކު ރައީސް އަބްދުލް ފައްތާހު ސީސީއާ ވާދުރާނެ ފަރާތްތައް ދަނީ މަދުވަމުންނެވެ.
މިދިޔަ އަންގާރަ ދުވަހު ވަނީ މިސްރުގެ ކުރީގެ ޗީފް ސްޓާފް ސާމީ އަނާން ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކުރިތާ މާގިނައިރެއް ނުވަނީހެވެ. ސާމީގެ ކެމްޕޭން ޓީމުން ބުނެފައި ވަނީ އިންތިޚާބު ކާމިޔާބުކުރަން، ކުރަން ޖެހޭ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ސިފައިންގެ ކޯޑާ ޚިލާފުވުމާއި ސައްހަ ލިޔުންތަކެއް ބަދަލު ކުރުމެވެ.
އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރި ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝަފީގު ވަނީ ދުބާއީގައި އުޅުއްވުމަށް ފަހު މިސްރަށް ވަޑައިގެންނެވި ތަނުން ހައްޔަރުކޮށްފަ އެވެ. އޭނާ ފަހުން ވަނީ އިންތިޚާބުގައި ވާދަނުކުރާނެކަން އިއުލާން ކޮށްފަ އެވެ.
މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ސީސީ ވަނީ 2014 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކޮށްފަ އެވެ. މުރްސީގެ ސަރުކާރު ވައްޓާލުމަށް ސިފައިން ގެނައި ބަޣާވާތުގައި އިސްކޮށް ހުރީ ސީސީ އެވެ.
ހަތަރު އަހަރުގެ ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެކަން ސީސީ އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
މިސްރުގެ ރައީސްއާ ވާދަކުރަން އޭނާގެ ސަޕޯޓަރެއް
މިސްރުގެ އުއްމީދީ ރިޔާސީ ކެންޑިޑޭޓް ހައްޔަރުކޮށްފި
މިސްރުގެ ރިޔާސީ ރޭހުން ޝާފިކް ވަކިވެއްޖެ
މިސްރުގެ ރިޔާސީ ކެންޑިޑޭޓް ޔޫއޭއީ އިން ޑިޕޯޓްކޮށްލައިފި
ވެރިކަމަށް ވާދަކުރާނެ ކަމަށް ބުނުމުން ޔޫއޭއީގައި ބަންދު
މުހިންމު ތިން ކަމެއް ނިންމަން ރައްޔިތުންގެ ވޯޓަކަށް
"ޖަލަށް ނުލައިފި ނަމަ 2028 ގައި ވާދަ ކުރާނަން"
ނޮވެމްބަރު 11 ގައި ދައުރު ފަށަން އިސްލާހު ގެންނަނީ
ޣައްޒާގައި ދެ ދުވަހަށް ހަމަލާތައް މެދުކަނޑާލަން އެދެފި
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟