24 ޖެނުއަރީ 2018
ދ. ކުޑަހުވަދޫގައި ވިލާ ކޮލެޖުގެ ކޯސްތައް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ދ. ކުޑަހުވަދޫގައި ވިލާ ކޮލެޖުގެ ކޯސްތައް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ކޯސް ހިންގުމުގެ އެއްބަސްވުމުގައި ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާމް އަދި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވަނީ ސޮއިކުރައްވައިފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ރެެކްޓާ ޑރ. އަންވަރު ވިދާޅުވީ، ކުޑަހުވަދޫ އަކީ ތައުލީމަށް ލޯބިކުރާ ގިނަ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށެެވެ. އެހެންވެ އެ ރަށުގައި ވިލާގެ ކޯސްތައް ފެށުމުގެ ފައިދާ ގިނަ ބަޔަކަށް ކުރާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޝާމް ފާހަގަކުރެއްވި ގޮތުގައި އެ ރަށަކީ ޒަމާނުއްސުރެ ވެސް ކައިރި އެކި ރަށްރަށުން ކިޔެވުމަށް މީހުން ބަދަލުވާ ރަށެކެވެ. އެހެންވެ ކުޑަހުވަދޫގައި ކޯސްތައް ފެށިގެން ދިޔަ ކަމުގައި ވިއަސް، އެ ފުރުސަތު ފަހިކޮށްދެވެނީ އެ ރަށާއި ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ކަމަށް ވިދާޅުވި އެވެ.
އެ ރަށުގައި ވިލާގެ ކެމްޕަހެއް ގާއިމްކުރެވިގެން ދިއުމަަކީ ވެސް، ވަރަށް ބޮޑު އުއްމީދެއްކަން ފާހަގަކުރެއްވި އެވެ.
އަންނަ ހަފުތާގައި ވިލާގެ ކިޔެވުން ފަށާއިރު، ކުޑަހުވަދޫގައި ވެސް 23 ދަރިވަރުންނާ އެކު ޓީޗިންގެ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފަށަން ވަނީ ނިންމައިފަ އެވެ.
ވިލާ ކޮލެޖުގައި މާސްޓާސް ފެންވަރުގެ ހަތް ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާގެ ހަތަރު ކޯހަކާއި ޑިގްރީ ފެންވަރުގެ 20 ކޯހެއް ހިމެނެ އެވެ. އެޑްވާންސްޑް ސެޓްފިކެޓުގެ ދެ ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ އަށް ކޯހެއްގެ އިތުރުން ފައުންޑޭޝަންގެ 11 ކޯހަކާއި ސެޓްފިކެޓް ތިނެއްގެ ނުވަ ކޯހެއް ވެސް ހިންގަ އެވެ.
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީ ރީބްރޭންޑް ކޮށްފި
އިންޓީރިއާ އާކިޓެކްޗާ އެގްޒިބިޝަން ބާއްވައިފި
"ކެމްޕަސްޓް ކުއެސްޓް" ފެއާ އާދިއްތަ ދުވަހު
ކެމެރާތައް ހިފައިގެން ނުކުމެ މިފަހަރު މިތިބީ ދަރިވަރުން
ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
ވިލާގެ ކުދިންނަށް ރަނގަޅުގޮތެއް ވޭތޯ ސަރުކާރުން ބަލަނީ
ކުޑަހުވަދޫން ބަލި މީހުން އުފުލައިދޭން މަންޓާއިން އެއްބަސްވެއްޖެ
މުޒާހަރާ: ބޭނުންވަނީ އެއާޕޯޓުގެ ވެރިންނާ ބައްދަލުކުރަން