Roadha Mihaaru
ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

04 ޖެނުއަރީ 2024

ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ މުއްދަތު ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ މުއްދަތު ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި ޖެނުއަރީ އިންޓޭކުގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީ، ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް ކޯސްތަކާއި ފަސްޓް ޑިގްރީގެ ކޯސްތައް ހިމެނެ އެވެ.

އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާކޮށް ހިންގާ ކޯސްތަކެއް ކަން އެ ކޮލެޖުން ފާހަގަކުރެ އެވެ.

Villa College Application Form

Villa College Application Form

Basic HTML/Tailwind starter

މި ވެބްސައިޓުން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ.

ޖެނުއަރީ އިންޓޭކަށް ހުޅުލާފައިވާ ކޯސްތަކުގެ ތެރޭގައި ފޭސްޓު ފޭސްކޮށް ކިޔަވާ ކޯސްތަކާއި އޮންލައިންކޮށް ކިޔަވާ ކޯސްތައް ވެސް ހިމެނެ އެވެ.

ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޓީޗިން (އިސްލާމް، ގުރްއާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން، ޝަރީއާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސްގެ ކޯސްތައް ހިމެނެ އެވެ. އަދި މާކެޓިން، ހިއުމަން ރިސޯސް، އިންޖިނިއަރިން (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް) ރިސާޗް، ނާސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާވިސަސް މެނޭޖްމަންޓް، ޕްރޮޖެކް މެނޭޖްމަންޓް، ހޮސްޕިޓަލިޓީ މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާރްޓްސްގެ ކޯސް ވެސް ހިމެނެ އެވެ.

ވިލާ ކޮލެޖުގެ ފޭސްބުކް ޕޯސްޓު.

މި އިންޓޭކްގައި މާސްޓާސް ފެންވަރުގެ 21 ކޯހާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހާއި ޑިގްރީ ފެންވަރުގެ 45 ކޯހާއި، ޑިޕްލޮމާ ފެންވަރުގެ 50 ކޯހާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހާއި ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ އެއް ކޯސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިންޓޭކުގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ގައުމީ ސެޓްފިކެޓް 4ގެކޯހަކާއި ސެޓްފިކެޓް 3ގެ 10 ކޯހަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ނޭޝަނަލް ސެޓްފިކެޓް ތިން ކޯހުގެ ތެރޭގައި ހައުސްކީޕިން، ރިޒަވޭޝަން އެންޑް ޓިކެޓިން، ވޯޓާ ސްޕޯޓްސް، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، ލައިފްގާޑިން، މެނޭޖްމަންޓް، އެއާޕޯޓް ރެޕްރެޒެންޓޭޓިވް ސާވިސަސް، ކެޝިއަރިން، ޓުއާ ގައިޑިން، އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ކޯސް ހިމެނެ އެވެ. އަދި ގައުމީ ސެޓްފިކެޓް 4ގެ އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ކޯސް ވެސް ހިމެނެ އެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ނައިފަރު ކެމްޕަސް، ގަން ކެމްޕަސް، ވިލާ މަހިބަދޫ ކެމްޕަސް، ހިތަދޫ ކެމްޕަސް އަދި ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.