28 މެއި 2016
ފާއިތުވި އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗުގެ މަގާމު ހޯދި މާޒިޔާގެ އަލީ ސުޒޭން އެ ޓީމާ އެކު މި ސީޒަނަށް ކުރިމަތިލީ ހާއްސަ ޓާގެޓަކާ އެކު އެވެ. އެއީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށެވެ. މީގެ ކުރިން ވާދަވެރި ނިއު ރޭޑިއަންޓުން ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފައިވާ ކާމިޔާބީ މާޒިޔާ އަށް ހޯދައިދިނުމުގެ އަޒުމެވެ.
ފާއިތުވި އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗުގެ މަގާމު ހޯދި މާޒިޔާގެ އަލީ ސުޒޭން އެ ޓީމާ އެކު މި ސީޒަނަށް ކުރިމަތިލީ ހާއްސަ ޓާގެޓަކާ އެކު އެވެ. އެއީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށެވެ. މީގެ ކުރިން ވާދަވެރި ނިއު ރޭޑިއަންޓުން ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފައިވާ ކާމިޔާބީ މާޒިޔާ އަށް ހޯދައިދިނުމުގެ އަޒުމެވެ.
ނިއު އިން 1997 ވަނަ އަހަރުގެ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރީ ތިން ކޯޗުންނާ އެކު އެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ހުރިހާ މުބާރާތެއް ކާމިޔާބުކުރީ ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފްގެ އިރުޝާދުގެ ދަށުންނެވެ. އެ ފަހަރު ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ އަދި ސަރަހައްދީ މުބާރާތް އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކުރި އެވެ.
އެ އަހަރު ނިއުގައި އޮތް ވަރުގެ ސްކޮޑެއް މާޒިޔާގައި މި އަހަރު އެބައޮތެވެ. އެކަމަކު ތަފާތަކީ 2013 ވަނަ އަހަރު ނިއުއާ ވާދަކުރާނެ އޮތީ މަދު ޓީމެއް ކަމެވެ. މި އަހަރު ޖުމްލަކޮށް ހުރިހާ ޓީމެއް ވެސް ވަރަށް ވާދަވެރި އެވެ.
ސީޒަން ފެށުމުގެ ކުރިން ސުޒޭން ބުނީ މި ސީޒަނުގެ ހުރިހާ މުބާރާތެއް މާޒިޔާ އަށް ކާމިޔާބު ނުކުރެވިއްޖެނަމަ އޭނާ އެ ޓީމުން އިސްތިއުފާދޭނެ ކަމަށެވެ. އަދި މާޒިޔާގައި އޮތް ވަރުގަދަ ސްކޮޑު ހިފަހައްޓާލެވޭނެ ދިވެހި ކޯޗެއް ހުރިނަމަ އެއީ އޭނާ ކަމަށް ވެސް ބުންޏެވެ.
ސުޒޭނަކީ ބިދޭސީ ކޯޗުންނާ ވާދަކޮށް އެންމެ ގިނަ ކާމިޔާބީ ހޯދި ދިވެހި ކޯޗެވެ. ބިދޭސީ ގިނަ ކޯޗުންނާ ވާދަކޮށް ވިކްޓަރީއަށް އޭނާ ގިނަ ކާމިޔާބީތައް ހޯދައިދިނެވެ. އެކަމަކު ލީގު ހޯދުނީ އެންމެ ފަހަރަކު އެވެ. އެއީ 2007 ވަނަ އަހަރު ވިކްޓަރީގެ އެސިސްޓެންޓް ކޯޗުކަމުގައި ހުރެ އެވެ. ދިވެހި ކޯޗުންނާ މިހާތަނަށް އެންމެ ދުރު އެއްް މުބާރާތަކީ ވެސް ލީގެވެ.
މާޒިޔާގެ ކޯޗު އަލީ ސުޒޭން މިއަދުގެ މެޗުގެ ތެރެއިން ޓީމަށް އިރުޝާދު ދެނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ
ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ ވަނީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް އަދި 2015 އާއި 2016 ވަނަ އަހަރުގެ ޝީލްޑް އުފުލާލައިފަ އެވެ. އެ ކްލަބުގެ ތާރީހުގައި ކާމިޔާބު ނުކުރެވޭ ހަމައެކަނި ބޮޑު މުބާރާތަކީ އުރީދޫ ދިވެހި ޕްރިމިއާ ލީގެވެ. މި ފަހަރުގެ ސީޒަނަށް އެ ޓީމުގެ މެނޭޖްމަންޓުން ކަނޑައެޅި އެންމެ ބޮޑު އެއް ޓާގެޓަކީ ވެސް ލީގެވެ.
މުޅި ސީޒަނުގައި ޓީމު އެއް ފެންވަރެއްގައި ހިފެހެއްޓުމުގައި ކޯޗުގެ ދައުރު ވަރަށް ބޮޑެވެ. ހާއްސަކޮށް ކުޅުންތެރިން މެނޭޖްކުރުމުގަ އެވެ. މޮޅެތި ގިނަ ކުޅުންތެރިން ތިބޭ ނަމަ ކޯޗަށް ޗެލެންޖް ބޮޑުވާނެ އެވެ. ނިއުގައި 2013 ވަނަ އަހަރު ޕޮޕޯފްގެ ކޮންޓްރޯލް ވަރަށް ބޮޑަށް އޮތެވެ. ސުޒޭން ބުނެފައިވަނީ މިވަރުގެ ސްކޮޑެއް ހިފަހައްޓާލެވޭނެ ދިވެހި ކޯޗެއް ހުރި ނަމަ އެ ކޯޗަކީ އޭނާ ކަމަށެވެ.
"ވަރަށް ގިނަ މީހުން ސުވާލު އުފައްދާ މިވަރުގެ ސްކޮޑެއް އަޅުގަނޑަށް މެނޭޖްކުރެވޭނެތޯ. ދިވެހި ކޯޗަކަށް މިކަން ވަންޏާ އެކަން ވާނެ އެކެއް އަޅުގަނޑަކީ. އެކަން ކުރިން ވެސް ވިކްޓަރީއާ އެކު އަޅުގަނޑު އޮންނާނީ ސާބިތު ކޮށްދީފައި،" ސުޒޭން ބުންޏެވެ.
ސުޒޭނުގެ ކާމިޔާބީ:
ވިކްޓަރީ: ކަޕް ވިނާސް ކަޕް (2007)، ދިރާގު ދިވެހި ލީގު (2007)، އެފްއޭ ކަޕް (2009، 2010)، ގައުމީ މުބާރާތް (2011).
މާޒިޔާ: އެފްއޭ ކަޕް (2014)، ގައުމީ މުބާރާތް (2015).
މާޒިޔާ އަށް މިހާރު ވަނީ ސީޒަންގެ ފުރަތަމަ މުބާރާތް ނިމިފަ އެވެ. އޭއެފްސީ ކަޕްގައި އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވުނުއިރު، މުބާރާތް ނިންމާލީ ގްރޫޕްގެ އެންމެ ފުލުގައި އޮވެގެންނެވެ. ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ތިން މެޗުން ބަލިވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ ޓީމު މޮޅުވީ މާލޭގައި ސައުތު ޗައިނާ އަތުން އެކަންޏެވެ
މޯހަން ބާގަން ކުޅުންތެރިއަކު ކައިރިން މާޒިޔާގެ ބޮކުރީ (ވ) ބޯޅަ ހިފައިގެންދަނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ
ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ލީގުގެ ކުޅުން ފެށިގެން ކޮންމެ ޓީމެއް ތިން މެޗު ކުޅެފައިވާއިރު އެންމެ ރަނގަޅު ފޯމެއްގައި އޮތީ މާޒިޔާ އެވެ. ލީގު ބްރޭކަކަށް ދިޔައިރު މާޒިޔާ އެއް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން 100 އިންސައްތަ ރެކޯޑަކާ އެކު އެވެ. ކުޅުނު ތިން މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ވެސް މާޒިޔާ އެވެ.
ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު އަތުން 3-2 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ބީޖީ ސްޕޯޓްސް އަތުން 1-0 އިން އުނދަގޫ މޮޅެއް ހޯދި އެވެ. ތިން ވަނަ މެޗުން މި ސީޒަނުގައި މާޒިޔާއާ ވާދަކުރާނެ ކަމަށް ބެލެވިފައިވާ ވެލެންސިއާ އަތުން ވަނީ 2-1 އިން މޮޅުވެފަ އެވެ.
މިފަހަރުގެ ސީޒަންގައި މާޒިޔާއާ ދެކޮޅަށް ކުޅޭ ކޮންމެ ޓީމެއް ވެސް ދައްކަމުން އަންނަނީ އެއް ވާހަކަ އެކެވެ. މާޒިޔާގައި އޮތް ސްކޮޑަށް ބަލާއިރު އެއީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކަމަށެވެ. އެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނެވެ. މި ފަހަރުގެ ސީޒަނަށް އެ ޓީމު ވަރުގަދަ ކުރިއިރު އެޓީމާ ގުޅުނު ގިނަ ކުޅުންތެރިންނަކީ ވެސް އެންމެ ފަހުން ރާއްޖެ ކުޅުނު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ.
"ކޮންމެ ޓީމެއް ވެސް މާޒިޔާއާ ކުޅެން ޖެހުނީމަ މި ބުނަނީ ގައުމީ ޓީމާ ދެކޮޅަށޭ ކުޅެން މި ޖެހެނީ. މާޒިޔާގައި ތިބި ގިނަ ކުޅުންތެރިންނަށް ބަލާއިރު މުހައްމަދު އިރުފާން (އިރޭ) އަމްދަން އަލީ (އެންޑީ) މި ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ މާޒިޔާއާ ގުޅުނު ފަހުން. ކޮންމެ ޓީމެއް ވެސް ވަރުގަދަ ކުރާނީ މޮޅުވާން ކާމިޔާބު ހޯދަން،" ސުޒޭން ބުންޏެވެ.
މާޒިޔާ ދަސްވެފައިވުމުގެ ފައިދާ ސުޒޭނަށް ނެގިދާނެތަ؟
"މިއީ އެންމެން އެކުވެގެން ކުރި މަސައްކަތުގެ ނަތީޖާ"
ހަނި މޮޅެއް، އެކަމަކު މާޒިޔާ އަށް ބޮޑު ލީޑެއް
ލީގުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ރަނގަޅުވުމަކީ ބޮޑު ހިތްހަަމަ ޖެހުމެއް: ސުޒޭން
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ނިއު އާއި މާޒިޔާ މެޗު: ދެ ކޯޗުންނަށް ޗެލެންޖެއް!
ފޯމު ރަނގަޅުކޮށްގެން އެންޑީ އަދި އެނބުރި އަންނާނެ
ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ނާންނާނެ: ސުޒޭން