Roadha Mihaaru
ފުލުހުން ދެކެނީ މިއީ ދުޝްމަނުން ކަމަށް: އެމްޑީޕީ

ފުލުހުން ދެކެނީ އެމްޑީޕީ އަކީ ދުޝްމަނުންގެ ގޮތުގައި: އެމްޑީޕީ

12 ޖުލައި 2016

އެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުމުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ގެއިން ނުކުންނެވި ވަގުތު ފުލުހުން ގޮސް އޭނާ ފުލުސް އޮފީހަށް ގެންދިއުމަކީ "ވަގަށް ނެގުން" ކަމަށާއި އެމްޑީޕީއަކީ ދުޝްމަނުންގެ ގޮތުގައި ފުލުހުން ދެކޭ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުމުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ގެއިން ނުކުންނެވި ވަގުތު ފުލުހުން ގޮސް އޭނާ ފުލުސް އޮފީހަށް ގެންދިއުމަކީ "ވަގަށް ނެގުން" ކަމަށާއި އެމްޑީޕީއަކީ ދުޝްމަނުންގެ ގޮތުގައި ފުލުހުން ދެކޭ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޝިފާޒާ މެދު އަމަލުކުރި ގޮތަކީ ގާނޫނުތަކަށް ކަމޭނުހިތާކަން އަންގައިދިން ރަނގަޅު މިސާލެއް ކަމަށެވެ. އެހެންވެ މިކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އޭނާ ގޮވާލެއްވި އެވެ.

ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައިދޭ މުއައްސަސާއަކުން، އިމްތިޔާޒު ތުހުމަތުކުރެއްވި ގޮތުގައ ސިޔާސީ ނުފޫޒުގެ ތެރެއިން ހިންގި ކަމެކެވެ. ޝިފާޒު ޕޮލިހަށް ހާޒިރު ކުރީ ކޯޓު އަމުރަކަށް ނުވަތަ ޗިޓެއް ފޮނުވައިގެން ނޫން ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ.

އިމްތިޔާޒު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ކުށްކުރާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އޮންނަ ތަނަކަށް ވާއިރު، ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ވެސް ތިބީ އެ މުއައްސަސާގައި ކަމަށެވެ.

"ތަހުގީގު ކުރާ މީހުންނާއި ކުށްކުރާ މީހުން އެކައްޗަކަށްވީމަ ވަރަށް ނުރައްކާތެރި ހާލަތަކަށް ގައުމު ގޮސްފައި މިވަނީ. ވަރަށް ސީރިއަސް ހާލަތަކަށް ރާއްޖެ ވެއްޓިފައި މިވަނީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ބޭއްވި ހިނގާލުން ފަށަން އުޅުނިއިރު ފުލުހުން ހުރަސް އަޅަނީ. -- ފޮޓޯ: އަލީ ނާފިޒް/ މިހާރު

އެމްޑީޕީން ރޭ ބޭއްވި ހިނގާލުން ފަށަން އުޅުނިއިރު ފުލުހުން ހުރަސް އަޅަނީ. -- ފޮޓޯ: އަލީ ނާފިޒް/ މިހާރު

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝިފާޒު މިއަދު ވިދާޅުވީ އޭނާ އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި ފުލުހުން އަންގާ ކޮންމެ އެންގުމަކަށް ކިޔަމަންވެ ވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕޮލިހަށް ހާޒިރުކޮށް ސުވާލުކުރީ އެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުން ނުބޭއްވުމަށް ފުލުހުން އަންގާފައިވަނިކޮށް އެކަން ރޭވި މައްސަލަ އާއި ޓީވީ ސްޓޭޝަނެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ކަމަށެވެ.

އެގޮތުން ގާނޫނާ ހިލާފަށް އަމުރު ކުރަނީ ފުލުހުންގެ ކޮން ބައެއްތޯ އާއި ފުލުހުންގެ ތެރޭގައި ކޮރަޕްޓުވެފައި ތިބީ ކޮން ބައެއްތޯ ފުލުހުން ސުވާލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދެއްވައި ބަޔާނެއްގައި ސޮއިކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އަބްދުﷲ ޔާމީން، ފުލުހުންނަށް ނިސްބަތްކޮށް އެ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ކޮރަޕްޓްވެފައިވާ މުއައްސަސާއެއް ކަމާއި ސިޔާސީ ވެރިންގެ ނުފޫޒު އޮތް ކަމަށް، އެހެންވީމަ އެކަން ތަހުގީގު ކުރަން ފެއްޓެވި ކަމުގެ ސިގްނަލެއް ލިބުނީ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެންނަށް ލިބުނު،" ޝިފާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީއަށް 11 އަހަރުވުމާ ގުޅިގެން ބޭއްވި ހިނގާލުމުގެ މައުލޫމާތު ފުލުހުންނަށް ދީފައިވާނެ ކަމަށެވެ. އަދި އެމްޑީޕީ ހިނގާލުން ހުއްޓުވީ ފުލުހުންގެ އިދާރާ ސިޔާސީ ނުފޫޒަށް ދީއްލާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ ހިނގާލުން ބާއްވާނެ ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު އިންތިޒާމުކުރާ ފަރާތަށް ގާނޫނުން ލިބިދީފައިވާއިރު، ހިނގާލުން ކުރިއަށް ދާނެ މަގުތައް ވެސް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ. އެހެންވެ ގާނޫނާ ހިލާފަށް ހިނގާލުން ހުއްޓުވަން އަމުރުކުރި ފުލުހުން ޒިންމާވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން ރޭ ބާއްވަން އުޅުނު ހިނގާލުން ފެށުމާ އެކު ފުލުހުން ހުރަސް އަޅައި ހުއްޓުވުމުން އެއްވުމެއްގެ ގޮތުގައި ވަނީ އެ ހަރަކާތް ކުރި އަށް ގެންގޮސްފަ އެވެ. ނަމަވެސް އެއްވުމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އެއްވެ އުޅުމަކީ ގާނޫނުއަސާސީ އަދި އެއްވެ އުޅުމުގެ ގާނޫނުން ލިބިދޭ ހައްގަކަށް ވިޔަސް ފުލުހުން ފަހަކަށް އައިސް އެ ފުރުސަތެއް ނުދެ އެވެ. މީގެ އިތުރުން، ޕާޓީތަކުގެ ޖަލްސާ ބާއްވަން އެއްވެސް ތަނެއް ދޫ ނުކުރާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.