14 ޖެނުއަރީ 2018
ލަންޑަން (ޖެނުއަރީ 14) – އެވަޓަން އަތުން 4-0 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގައި ހެރީ ކޭން ޖެހި ދެ ގޯލާ އެކު، ޕްރިމިއާ ލީގުގައި ޓޮޓެންހަަމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް ކޭން ހަދައިފި އެވެ.
ލަންޑަން (ޖެނުއަރީ 14) – އެވަޓަން އަތުން 4-0 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގައި ހެރީ ކޭން ޖެހި ދެ ގޯލާ އެކު، ޕްރިމިއާ ލީގުގައި ޓޮޓެންހަަމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް ކޭން ހަދައިފި އެވެ.
ރޭގެ ދެ ލަނޑާ އެކު ޕްރިމިއާ ލީގުގައި އޭނާ ޓޮޓެންހަމަށް ޖަހައިދިން ލަނޑުގެ އަދަދު 98 އަށް އެރިއިރު ކުރިން މި ރެކޯޑް އޮތީ 97 ލަނޑު ޖެހި ޓެޑީ ޝެރިންހަމް އަތުގަ އެވެ.
ބަލިނުވެ ހަ މެޗު ފުރިހަމަކޮށްފައިވާ ޓޮޓެންހަމް އޮތީ ރޭގެ މޮޅާ އެކު 44 ޕޮއިންޓް ހަމަކޮށް ފަސް ވަނައިގަ އެވެ. އެއް ވަނައިގައި 62 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެ ވަނައިގައި 47 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. މި ދެ ޓީމު ވެސް ކުޅެފައިވަނީ އެއް މެޗު މަދުންނެވެ.
ރޭ ލެސްޓާ ސިޓީއާ 0-0 އިން އެއްވަރުވި ޗެލްސީ އޮތީ 47 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ. ރޭ އެ ޓީމު މޮޅުވި ނަމަ ދެ ވަނަ އަށް އެރުނީހެވެ. އަނެއްކޮޅުން މާދަމާރޭ ސްޓޯކް ސިޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެ ވަނައިގައި ލީޑު ފުޅާކުރެވޭނެ އެވެ.
އަމިއްލަ ދަނޑުގައި އެވަޓަން އަތުން 4-0 އިން ޓޮޓެންހަމް މޮޅުވި މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ 26 ވަނަ މިނެޓުގައި ސޮން ހެއުން-މިން އެވެ. ދެ ވަނަ ލަނޑު 47 ވަނަ މިނެޓުގައި ކޭން ޖެހިއިރު އޭނާ ދެ ވަނަ ލަނޑު ޖެހީ 59 ވަނަ މިނެޓުގަ އެވެ. ޓޮޓެންހަމްގެ ފަހު ލަނޑު 81 ވަނަ މިނެޓުގައި ޖެހީ ކްރިސްޓިއަން އެރިކްސެން އެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މި މެޗުގައި ފެނިގެންދިޔައީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ. އަދި އޭނާ ހުރީ ވަރަށް އުފާވެފައި ކަމަށާއި ކުޅުންތެރިން ކުރި މަސައްކަތް ބަރާބަރު ކަމަށާއި ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށް ވެސް އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.
ޕޮޗެޓީނޯ ބުނީ ކޭން އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި އަދި އޭނާ އަކީ ވަރަށް ޕްރޮފެޝަނަލް ވެސް ކުޅުންތެރިޔެއް ކަމަށެވެ. އެހެންވެ އޭނާއާ މެދު ވަރަށް އުފާވާ ކަމަށް ޕޮޗެޓީނޯ ބުންޏެވެ.
"ހުރިހާ ކްރެޑިޓެއް އަދި އެންމެހާ ގިނަ ތައުރީފް އޭނާ އަށް ހައްގުވޭ. މިގޮތަށް ދަންޏާ އޭނާ ޕްރިމިއާ ލީގުގެ ހުރިހާ ރެކޯޑެއް މުގުރާލާނެ،" ޕޮޗެޓީނޯ ބުންޏެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ސްޕެއިނުގެ ރެއާލް މެޑްރިޑުން އަންނަނީ އޭނާ ގެންދަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އަދި އެކަމަށް ދެ ކްލަބުން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ނިއުކާސަލް އަށް ހުއްޓުމެއް ނައި، ޓޮޓެންހަމް އެއްވަރު
ކޭންގެ ދެ ލަނޑާ އެކު ޓޮޓެންހަމް ކުރިއަށް
ޕްރިމިއާ ލީގުގައި 270 މެޗުން، ކޭން 176 ލަނޑު
ކޭން އަށް އަނިޔާގެ މައްސަލައެއް
ކޭން ނެތި ޔުނައިޓެޑް ބަލިކުރެވިދާނެ: ޕޮޗެޓީނޯ
ކޭންގެ މޮޅު ވާހަކަ ނުދައްކަނީ ތަށި ނުހޯދާތީ: ޕޮޗެޓީނޯ
ކޭން އަކީ ވިއްކާ ކުޅުންތެރިއެއް ނޫން: ޕޮޗެޓީނޯ
ޓޮޓެންހަމް އަށް ލީގު ހޯދޭނެ: ކޭން
8 އަހަރުވަންދެން މޮޅުވެފަ އަދި ހާސްކަމެއް ނެތް: ޕެޕް