19 މެއި 2017
ލަންޑަން (މެއި 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 6-1 އިން ޓޮޓެންހަމް މޮޅުވި މެޗުގައި އެ ޓީމަށް ހަތަރު ލަނޑު ޖަހައިދިން ހެރީ ކޭން އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ލަންޑަން (މެއި 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 6-1 އިން ޓޮޓެންހަމް މޮޅުވި މެޗުގައި އެ ޓީމަށް ހަތަރު ލަނޑު ޖަހައިދިން ހެރީ ކޭން އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
މި މެޗަކީ މި ފަހަރު ލީގުގައި ޓޮޓެންހަމް ހޯދި 25 ވަނަ މޮޅެވެ. އަދި އެ ޓީމު އޮތީ 37 މެޗުން 83 ޕޮއިންޓާ އެކު ލީގުގެ ދެ ވަނައިގަ އެވެ. ރޭގެ މެޗުގައި ޖެހި ލަނޑުތަކާ އެކު ކޭން ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ 26 ލަނޑު ހަމަކޮށްގެންނެވެ.
ކޭންގެ އިތުރުން ޓޮޓެންހަމްގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. ލެސްޓާގެ ލަނޑު ޖެހީ ބެން ޗިލްވެލް އެވެ.
ރޭގެ މެޗަށް ފަހު ޕޮޗެޓީނޯ ބުނީ ކޭން އަށް ބޮޑެތި ހުށަހެޅުންތައް އަންނާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށާއި އެހެން ނަމަވެސް އޭނާ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"ކްލަބެއް ކުރިއަށްދާނީ ޓީމުގެ ތަރިން ބައިތިއްބައިގެން. ތަރިން ވިއްކައިގެން ކްލަބް ކުރިއަކަށް ނުދާނެ. ކޭން އަކީ ދުނިޔެއަށް ބެލިޔަސް ތަފާތު މޮޅު ކުޅުންތެރިއެއް. އޭނާ އަށް ބޮޑެތި ހުށަހެޅުންތައް އަންނާނެ އެކަމަކު އޭނާ ވިއްކާލުމުގެ ވިސްނުމެއް ނެތް،" ޕޮޗެޓީނޯ ބުންޏެެވެ.
"މި ޓީމުގައި މި ތިބި ކުޅުންތެރިންނާ އެކު އަހަރެން މި ދަނީ ވަރަށް މުހިއްމު މަސައްކަތެއް ކުރަމުން. އެ މަސައްކަތުގެ ތެރެއިން ބައެއް ކުޅުންތެރިން ކްލަބް ދޫކޮށް ދިޔަސް މުހިއްމު ކުޅުންތެރިން ކްލަބްގައި މަޑުކުރާނެ،" އޭނާ ބުންޏެވެ.
ކޭން އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ޖެހިޖެހިގެން ދެ ސީޒަނުގައި 25 ލަނޑު ހަމަކުރި ފަސް ވަނަ ކުޅުންތެރިއާ އެވެ. އަދި އޭނާ ވަނީ ފާއިތުވި ދެ ސީޒަނުގައި ޕްރިމިއާ ލީގުގައި 51 ލަނޑު ޖަހައިފަ އެވެ.
ފާއިތުވި ދެ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ކޭން ހޯދުމަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ކޭން ހޯދުމަށް ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ނިއުކާސަލް އަށް ހުއްޓުމެއް ނައި، ޓޮޓެންހަމް އެއްވަރު
ކޭންގެ ދެ ލަނޑާ އެކު ޓޮޓެންހަމް ކުރިއަށް
ގަދަ ހަތަރެއްގެ ރޭހުގައި އާސެނަލް ފިޔަވަޅެއް ކުރިއަށް
ޕްރިމިއާ ލީގުގައި 270 މެޗުން، ކޭން 176 ލަނޑު
ފަހު ވަގުތު ބާގްވެއިން ޓޮޓެންހަމް މޮޅު ކޮށްދީފި
ކޭން އަށް އަނިޔާގެ މައްސަލައެއް
އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި، ޔުނައިޓެޑަށް މޮޅެއް
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
މެންޗެސްޓާ ސިޓީ ފަސް ބެލުމެއް ނެތި ކުރިއަށް