12 ޖެނުއަރީ 2018
މާލެ-ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އަޅަން ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީއީސީ)އާ ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެންގުމާ ގުޅިގެން ސްޓެލްކޯއިން އެކަން ހުއްޓާލައިފި އެވެ.
މާލެ-ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އަޅަން ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީއީސީ)އާ ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެންގުމާ ގުޅިގެން ސްޓެލްކޯއިން އެކަން ހުއްޓާލައިފި އެވެ.
އެ ޕްރޮޖެކްޓް ޓެންޑާ ކުރުމެއް ނެތި އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެހެން ފަރާތަކަށް ހަވާލުކޮށްފައިވާ ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލަ ބެލުމަށް އެ މަޝްރޫއުގެ މަސައްކަތް މަޑުޖައްސާލުމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް މިދިޔަ އާދީއްތަ ދުވަހު ވަނީ އެ ކޮމިޝަނުން އަންގައިފަ އެވެ.
އޭސީސީގެ އެންގުމާ އެއްގޮތަށް އާދީއްތަ ދުވަހުން ފެށިގެން އެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް ސްޓެލްކޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނި ނަމަވެސް މިއަދު ހެނދުނު އެ ކުންފުނިން "މިހާރު" އަށް ބުނެފައި ވަނީ އެ ޕްރޮޖެކްޓް ހަވާލުކުރުން މަޑުޖައްސާލަން އެއްވެސް ފަރާތަކުން އެ ކުންފުންޏަށް އަންގާފައި ނެތް ކަމަށެވެ. އެހެންވެ އެ ޕްރޮޖެކްޓް ޑޮންފެންއާ ހަވާލުކުރުން ހުއްޓާނުލާ ކަމަށް ސްޓެލްކޯގެ އިސް އޮފިޝަލަކު ކުރިން "މިހާރު" އަށް ވިދާޅުވެފައިވެ އެވެ.
ކުރިން އެނާޖީ މިނިސްޓްރީން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޯ (ސީއެންއީއީސީ)އާ އެވެ. އަދި މަސައްކަތުގެ ބިޑު ކާމިޔާބުކުރި ކަމަށް އެނާޖީ މިނިސްޓްރީ އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ ސިޓީއަކުން އަންގައިފަ އެވެ.
އެކަމަކު އެ މަސައްކަތް އެވޯޑް ކުރިތާ 17 ދުވަސް ފަހުން، ކޮންޓްރެކްޓް އެވޯޑްކުރި ސިޓީ އަނބުރާ ގެންގޮސް، މަޝްރޫއުގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމަށްޓަކައި ސްޓެލްކޯއާ ވަނީ ހަވާލުކޮށްފަ އެވެ.
އޭސީސީން މި މައްސަލަ ބަލަން ފެށީ އެ ޕްރޮޖެކްޓް ޓެންޑާ ކުރުމެއް ނެތި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެހެން ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އެކަމަކު އެއީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ސްޓެލްކޯއިން މިރޭ ނެރުނު ނޫސްބަޔާނުގައި ވެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި ކޭބަލް އެޅުމުގެ މަސައްކަތަށް ބަޔަކު ހޯދަން އިއުލާން ކުރުމުން ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރިމަތިލީ ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޯ (ސީއެންއީއީސީ) އާއި ޗައިނާގެ ޑޮންފަން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ)ންނެވެ.
މަސައްކަތުގެ އަގެއްގެ ގޮތުގައި ޑީއީސީން 44.46 މިލިއަން ޑޮލަރު (685.5 މިލިއަން ރުފިޔާ) ހުށަހެޅި އިރު ސީއެންއީއީސީގެ އަގަކީ 56.6 މިލިއަން ޑޮލަރު ކަމަށް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯއިން އެހެން ބުނި ނަމަވެސް އެނާޖީ މިނިސްޓްރީން ސީއެންއީސީއަށް މިދިޔަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު ފޮނުވި ސިޓީގައިވާ ގޮތުން އެ ކުންފުނިން އެ މަސައްކަތްކޮށްދޭން އެއްބަސްވެފައި ވަނީ ބޭންކް އިންޓަރެސްޓާއެކު 44.43 މިލިއަން ޑޮލަރު (684.6 މިލިއަން ރުފިޔާ) އަށެވެ.
އޭސީސީގެ ސިޓީގެ ވާހަކަތައް މީޑިއާގައި ތިލަވުމާ ގުޅިގެން، ސްޓެލްކޯއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ޑީއީއީސީއާ ހަވާލުކުރަން ނިންމީ އެއީ ފަންނީ ގޮތުންނާއި މާލީ ގޮތުން ދައުލަތަށާއި ސްޓެލްކޯއަށް ވެސް ފައިދާވާނެތީ ކަމަށެވެ.
އަދި އެ ކުންފުނިން ބުނިގޮތުގައި އެ ބިޑް އިވެލުއޭޓް ކުރުމުގައި ސްޓެލްކޯގެ އެންމެ މަތީ ފެންވަރުގެ އިންޖިނިއަރުން ވެސް ބައިވެރިވި އެވެ. މިއީ މާލެ-ހުޅުލެ ބްރިޖާއެކު ނޫނީ ނިންމޭނެ މަސައްކަތަކަށް ވުމުން ދައުލަތަށާއި ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތަކީ އެގޮތަށް މަސައްކަތް ހަވާލުކޮށް އަވަހަށް ނިންމުން ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މި މައްސަލަ ބެލުމަށް މިދިޔަ އާދިއްތަ ދުވަހު އޭސީސީން ސްޓެލްކޯއަށް ދިއުމުން، އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ހަވާލުކޮށް، މައްސަލަ ނިމެންދެން މަޝްރޫއާ ގުޅޭ ހުރިހާ މަސައްކަތެއް ހުއްޓާލާފައިވާނެ ކަމަށް ވެސް ސްޓެލްކޯގެ ބަޔާނުގައި ފަހުން ބުނެފައި ވެ އެވެ.
އެ ކުންފުނިން ކުރިން ބުނެފައި ވަނީ ޑޮންފެންއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދާ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޕަވާ ޕްލާންޓުން މާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައި ވަނީ 132 ކިލޯވޮޓްގެ ހައި ވޮލްޓޭޖް ކޭބަލެކެވެ. އަދި އެއީ ކުއްލި ހާލަތްތަކުގައި މާލޭގެ އިތުރުން ހުޅުލެއަށް ކަރަންޓް ދޭން ބޭނުންކުރަން އަޅާ ކޭބަލެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.
ކޭބަލް އެޅުން ހަވާލުކުރުން މަޑުޖައްސާލަން އަންގައިފި
ކޭބަލް ޕްރޮޖެކްޓް ކުރިޔަށް ގެންދަން އޭސީސީން ހުއްދަދީފި
މާލެ/ހުޅުމާލެއިން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ
މާލެއިން މާދަމާ ހެނދުނު 6-7އަށް ކަރަންޓު ކަނޑަނީ
ޒިފްލީނާއަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
ސްޓެލްކޯގެ ޓްރާސްފޯމަރުތަކަކަށް ގެއްލުން ދީފި
ބިންތަކެއް ދިނުމުގެ ތަހުގީގަށް އޭސީސީން އާބަންކޯއަށް
ކަރަންޓު ކަނޑާލަން ކަމަށް ފަތުރަނީ ދޮގެއް: ސްޓެލްކޯ
ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ