Roadha Mihaaru
ފުރަތަމަ ދިވެހި އޮންކޯސާޖަން އައިޖީއެމްއެޗުގައި

ކެންސަރު އޮޕަރޭޝަންގެ ފުރަތަމަ ދިވެހި ޑޮކްޓަރު ހިދުމަތް ދެއްވަން ފައްޓަވައިފި

11 ޖެނުއަރީ 2018

ފުރަތަމަ ދިވެހި އޮންކޯސާޖަން ނުވަތަ ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރު މުހައްމަދު ޝިފާން އައިޖީއެމްއެޗުގައި ޚިދުމަތް ދެއްވަން ފައްޓަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުރަތަމަ ދިވެހި އޮންކޯސާޖަން ނުވަތަ ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރު މުހައްމަދު ޝިފާން އައިޖީއެމްއެޗުގައި ޚިދުމަތް ދެއްވަން ފައްޓަވައިފި އެވެ.

ކުރިން ވެސް އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވި ޝިފާން، 43، އޮންކޮލޮޖޮލީ ޑިޕާޓްމެންޓާ މި ގުޅިވަޑައިގަތީ ސްރީ ލަންކާ އިން ކިޔަވާ ވިދާޅުވެ، އެކަމަށް ޚާއްސަވެގެންނެވެ. އޭނާގެ އެއްބާރުލެއްވުމާ އެކު، އެ ހޮސްޕިޓަލުން މިހާރު ދެމުން އަންނަ ކެންސަރުގެ ޚިދުމަތް ކުރިއަރައި، އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ފުރަތަމަ ދިވެހި އޮންކޯސާޖަން ޝިފާން މިއަދު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފުރަތަމަ ދިވެހި އޮންކޯސާޖަން ޝިފާން މިއަދު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ކެންސަރާ ގުޅޭ އޮޕަރޭޝަންތައް އައިޖީއެމްއެޗުން ކުރެވިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް. އަންނަ ހަފުތާ އިން ފެށިގެން ޑރ. ޝިފާން އޯޕީޑީގައި ޚިދުމަތް ދެއްވަން ފައްޓަވާނެ. އޭނާއަކީ އެކަމަށް ވަރަށް ގާބިލް ޑޮކްޓަރެއް،" އައިޖީއެމްއެޗުގެ ޑިރެކްޓަރު ޕަބްލިކް ރިލޭޝަންސް އަހްމަދު މައުސޫމް ވިދާޅުވި އެވެ.

ކެންސަރު ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ގިނަވެ، ތަކުލީފުތަކެއް އުފުލަން ޖެހިފައިވާއިރު، އައިޖީއެމްއެޗުގައި އޮންކޮލޮޖިސްޓެއް ނެތުންވީ އެތައް ބަޔަކަށް ކުރިމަތިވި ވަރަށް ބޮޑު ދައްޗަކަށެވެ. އެކަމަކު، އެ ހޮސްޕިޓަލުގައި ކެންސަރުގެ ފަރުވާގެ ފެންވަރު ރަނގަޅުކޮށް، މިހާރު އިންޑިއާގެ އޮންކޮލޮޖިސްޓެއް ޚިދުމަތް ދެއްވަމުން ގެންދަވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒު މިހިރީ އައިޖީއެމްއެޗުގެ އާ އިމާރާތުގައި ރޭޑިއޭޝަން ވެސް ދެވޭނެ އިންތިޒާމް ހަމަޖައްސަން. މިހާރު ވެސް ކީމޯތެރަޕީ އެބަދޭ،" މައުސޫމް ވިދާޅުވި އެވެ.