Roadha Mihaaru
ސަފާރީއަކުން ބަނގުރާތަކެއް އަތުލައިގެންފި

ސަފާރީއަކުން ބަނގުރާތަކެއް އަތުލައިގަނެ، ބަޔަކު ހައްޔަރުކޮށްފި

25 ޑިސެމްބަރ 2017

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސަފާރީއަކުން އަތުލައިގެންފައިވަނީ 87 ކޭސް ބަނގު ރާގެ އިތުރުން 47 ކޭސް ބިޔަރާއި 20 ފުޅި ބިޔަރާއި 46 ދަޅު ބިޔަރާއި 25 ފުޅި ބަނގުރަލެވެ. އެ ތަކެއްޗަކީ ގަވާއިދާ ޚިލާފަށް ގެންގުޅުނު ތަކެތި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ތިން ބިދޭސީއަކާއި ދިވެއްސެކެވެ. އޭގެ ތެރެއިން އެއް ބިދޭސީއަކު މާލޭން ހައްޔަރު ކުރި އިރު އޭނާ ގެންގުޅުނު ދަބަހަކުން ވެސް ބަނގުރާ ފުޅިތަކެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް އިތުރުކޮށްފަ އެވެ.

އާ އަހަރާ ދިމާކޮށްގެެން ފުލުހުން މިހާރު ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އެ އޮޕަރޭޝަންގައި މާލެތެރެ ޕެޓްރޯލް ކުރުން އިތުރުކޮށް، ކަނޑު އުޅަނދުތައް ވެސް ބަލައި ފާސްކުރާނެ އެވެ. އެ އޮޕަރޭޝަންގައި ކުއްތާ ބޭނުން ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.