25 ޑިސެމްބަރ 2017
ދަރިން ގައިގައި ތެޅުމުން ބަސްއަހާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟ ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުން އެއީ ބަސް އެހުމުގެ ބަދަލުގައި އެކުދިންގެ މިޒާޖު ގޯސްވެ ބަސް ނޭހުމަށް މެދުވެރިވާނެ ކަމެކެވެ.
ދަރިން ގައިގައި ތެޅުމުން ބަސްއަހާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟ ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުން އެއީ ބަސް އެހުމުގެ ބަދަލުގައި އެކުދިންގެ މިޒާޖު ގޯސްވެ ބަސް ނޭހުމަށް މެދުވެރިވާނެ ކަމެކެވެ.
ޖާނަލް އޮފް ޕީޑިއެޓްރިކްސްގައި ވަރަށް ފަހުން ޝާއިއުކުރި ހޯދުމެއްގައިވާ ގޮތުން ކުދިންގެ ގައިގައި ތަޅާ އަނިޔާ ކުރުމަކީ އެކުދިން ބޮޑުވެގެން އެކުދިންގެ ހަޔާތުގެ ބައިވެރިންނަށް އަނިޔާކުރަން މަގުފަހިވާ ކަމެކެވެ.
ޔުނިވަސިޓީ އޮފް ޓެކްސަސް މެޑިކަލް ބްރާންޗްގެ ސައިކޭޓްރީ ޕްރޮފެސަރު އަދި މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޖެފް ޓެމްޕަލް ސީއެންއެންއަށް ވިދާޅުވީ ކުޑައިރު ބޮޑެތި އަދަބުތައް ލިބިފައިވާ ކުދިން ބޮޑެތި ވެގެން އެކުދިންގެ ބައިވެރިންނަށް އަނިޔާކުރުން ވަރަށް އެކަށީގެންވާ ކަމަށެވެ.
މި ނަތީޖާ ނެރުމުގައި ކުދިންގެ ޖިންސާއި އުމުރު، މައިންބަފައިންގެ ތައުލީމީ ފެންވަރު އަދި ނަސްލާއި ކުޑައިރު އަނިޔާ ލިބިފައިވާ މިންވަރަށް ރިއާޔަތްކުރި އެވެ.
"ކުޑައިރު އަނިޔާ ލިބުނަސް އަދި ނުލިބުނަސް ހަމައެކަނި ރުޅިއަންނަ ފަހަރަކު ބޮނޑިއެއް އަޅާލުމަކީ ވެސް އެފަދަ ކުދިން ކުރިމަގުގައި އެކުދިން ރައްޓެހިވާ މީހުންނަށް ނުވަތަ ހަޔާތުގެ ބައިވެރިޔަކަށް ވާ މީހަކަށް އަނިޔާ ކުރާ ސަބަބަކަށް ވޭ،" ޓެމްޕަލް ވިދާޅުވި އެވެ.
މި ހޯދުމުގެ ކުރިން ކޮށްފައިވާ މިފަދަ ބައެއް ދިރާސާތަކުން އެކަމަށް ބާރު ލިބެ އެވެ. ކުރީގެ ބައެއް ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި ކުދިން ތަރުބިއްޔަތުކޮށް އެކުދިންނަށް ރަނގަޅު ގޮތްތައް އެދިގެން ނަމަވެސް ގައިގައި ޖެހުމަކީ އެކުދިން ބޮޑުވެ އަމިއްލަ ދިރިއުޅުމެއް ފަށާއިރު އަނިޔާވެރިޔަކަށް ވުމަށް މެދުވެރިވާ ސަބަބެކެވެ.
"ކުދިންނަށް އެކުދިންގެ މައިންބަފައިންނަކީ މުޅި ދުނިޔެއިން ވެސް އެންމެ މުހިއްމު މީހުން. އިޖްތިމާއީ އަދަބުތައް އެކުދިން ދަސްކުރާނެ އެކުދިންގެ މައިންބަފައިންގެ ކިބައިން. އެކަކު އަނެކަކާ ދޭތެރޭ ކަންތައް ކުރާ ގޮތް ވެސް ކުދިން ދަސްކުރަނީ މައިންބަފައިން ކައިރިން. ޖެހުން، ވިކުން ފަދަ ކުދި އަނިޔާތަކުން ކުދިން އެހެން މީހުންނާ ދޭތެރޭ ކަންތައްތައް ކުރާއިރު ލޯތްބާއި އަނިޔާވެރިކަން އޮޅޭ ގޮތްވޭ،" ޓެމްޕަލް ވިދާޅުވި އެވެ.
ޖާނަލް ސައިކޮލޮޖިކަލް ސައިންސްގައި ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން ކުދިންގެ އުފެދުމުގައި ހުންނަ ގޮތާއި މައިންބަފައިންގެ އުޅުން ހުންނަ ގޮތް ނުވަތަ ގޭތެރޭގެ މާހައުލާއި ކުދިންގެ އަޚްލާގާ ނުގުޅުވޭނެ އެވެ. އޭގެ ބަދަލުގައި ކުދިންގެ އަނިޔާވެރިކަން ގުޅެނީ ކުދިންނަށް ކުޑައިރު ކުރާ އަނިޔާތަކާ އެވެ.
"އަހަރެމެންގެ ހޯދުންތަކުން ހާމަވެފައިވަނީ ކުދިންގެ ގައިގައި ޖަހާ ހެދުމަކީ އެކުދިން ބަސްއަހާތޯ ބަލަން ކުރަންވާ ވަރުގެ ކަމެއް ނޫން. ސަބަބަކީ އެގޮތަށް ކަންތައް ކުރުމުން ކުދިންގެ އުޅުން އިތުރަށް ގޯސްވާކަން ފާހަގަކުރެވޭ."
ސައިންސްވެރިންގެ ހޯދުންތަކުގެ ނަތީޖާއިން ދައްކާ ގޮތުން އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ ގައިގައި ޖަހާ ހަދާ ނަމަ ހަ އަހަރު ވާއިރު އެކުދިންގެ ބަސް ނޭހުން ބޮޑުވެ އެވެ. އަދި އަށް އަހަރު ފުރޭއިރު އެއްގޮތަކަށް ވެސް ނުޖަހާ ގެންގުޅުނު މި އުމުރުގެ ކުދިންނާ ބަލާއިރު އެ ކުދިންގެ މިޒާޖު ވަރަށް ބޮޑަށް ގޯހެވެ. އަދި މި ކުދިން ބޮޑުވާއިރު ކުދިންގެ މިޒާޖަށް އަންނަ ނޭދެވޭ ބޮޑު ބަދަލުގެ ސަބަބުން ކުރިމަގުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެ އެވެ.
"އެންމެ ހައިރާންވާ ކަމަކީ ވިޔާނުދާކޮށް އުޅޭ، އަނިޔާވެރި ކަންތައްތައް ކުރާ ކުދިންގެ ކުޑައިރުގެ ހާލަތަށް ބަލައިލާއިރު އެއީ ކުޑައިރު ތަޅާ އަނިޔާ ކޮށްފައިވާ ކުދިންނަށް ވާކަން،" ޓެމްޕަލް ވިދާޅުވި އެވެ.
ސްޓަން ގަން އިން ދަރިންނަށް ބިރުދައްކާތީ ހައްޔަރުކޮށްފި
ބައްޕައަކާއި ދަރިންގެ ވާހަކަ އިންސްޓަގްރާމުން
އެންމެ މަޖަލީ އެންމެ ހަގު ދަރިފުޅުތަ؟
އެކަނިވެރި މައިންގެ ދަރިން ރަނގަޅުކަން ފާހަގަވޭ
އަނިޔާ ލިބޭ ކުދިން ދިރިއުޅުމާ މެދު އުންމީދު ކަނޑާލާ
އަނިޔާކޮށްގެން ދަރިފުޅު ބަހެއް ނާހާނެ
ދަރިންނާ ބައްދަލުކުރަން އެޕޮއިންޓްމަންޓް: އަނިޔާއެއް!
ކުއްޖަކާ 12 އަހަރު ވަންދެން ބެހުނު މީހަކު ޖަލަށް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކުޑަކުއްޖަކާ ބެހުނު މީހަކު 12 އަހަރަށް ޖަލަށް ލައިފި