Roadha Mihaaru
އެންމެ މަޖަލީ އެންމެ ހަގު ދަރިފުޅުތަ؟

އެންމެ މަޖަލީ އެންމެ ހަގު ދަރިފުޅުތަ؟

09 މެއި 2017

ކޮންމެ އާއިލާއެއްގައި ވެސް އެންމެ ހަގު މީހާ، އޭނާ އަކީ ދޮއްޓަށް ތިބި މީހުންނަށް ވުރެ މަޖާ މީހެއް ކަމަށް ގަބޫލުކުރާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކޮންމެ އާއިލާއެއްގައި ވެސް އެންމެ ހަގު މީހާ، އޭނާ އަކީ ދޮއްޓަށް ތިބި މީހުންނަށް ވުރެ މަޖާ މީހެއް ކަމަށް ގަބޫލުކުރާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

"ޔޫގަވް" އިން އިނގިރޭސި ވިލާތުގެ 1783 މީހެއްގެ މިޒާޖު ދިރާސާކުރުމަށް ފަހު ބުނީ މި ދިރާސާގައި ބައިވެރިކުރި، އާއިލާގެ އެންމެ ހަގު މެންބަރުންގެ ގޮތުގައި ހިމެނުނު މީހުންގެ 46 ޕަސެންޓް މީހުން އެ މީހުންނަކީ އެ އާއިލާތަކުގެ އެންމެ މަޖާ މެންބަރު ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު އާއިލާގެ އެންމެ ދޮށީ މެންބަރުންގެ ތެރޭގައި މި ގޮތަށް ގަބޫލުކުރާ ނިސްބަތަކީ 36 ޕަސެންޓެވެ.

މި ދިރާސާކުރި ޓީމުން ބުނީ އެންމެ ހަގު މެންބަރު އޭނާ އަކީ އެންމެ މަޖާ މީހާ ކަމަށް ގަބޫލުކުރަނީ، ދޮށީ މެންބަރުންނަށް އޮންނަ އާއިލީ ޒިންމާތައް ބޮޑުވެފައި އެ މީހުން މާ ސީރިއަސްކޮށް އުޅޭ ކަމަށް ދެކޭތީ ކަމަށް ވެދާނެ ކަމަށެވެ. އާއިލާގެ ޒިންމާތައް އަދާކޮށްދޭންޖެހޭ ކަމަށް، އާއިލާގެ ދޮށީ މެންބަރުންގެ ތެރެއިން 54 މީހުން ބުނެފައި ވާއިރު އެންމެ ހަގު މެންބަރުންގެ ތެރޭގައި މިގޮތަށް ގަބޫލުކުރާ ނިސްބަތަކީ އެންމެ 31 ޕަސެންޓެވެ.

އެންމެ ހަގު މެންބަރަކީ، އެހެން މެންބަރުންނަށް ވުރެ މީހުންނާ ގުޅިގެން އުޅެން ދަންނަ މީހެއް ކަމަށް ގަބޫލުކުރާ ނިސްބަތް ހުރީ 47 ޕަސެންޓުގަ އެވެ. އަދި 38 ޕަސެންޓަކީ އެ މީހުންނަކީ ދޮށީ މެންބަރުންނަށް ވުރެ ކާމިޔާބު ކަމަށް ގަބޫލުކުރާ މީހުންނެވެ.

ދިރާސާ ޓީމުން ބުނީ އާއިލާގެ ޒިންމާ އާއި މަގާމުގެ އިތުރުން، އެ މީހެއްގެ އުމުރަކީ ވެސް މިކަމުގައި ނުފޫޒު ފޯރުވާ ކަމަކަށް ވެދާނެ ކަމަށެވެ. އެގޮތުން އެ މީހަކީ ފުރާވަރުގެ މީހެއް ނަމަ މަޖާކުރުމާއި އެހެން މީހުންނާ އެކު އުޅުމުގައި ހޭދަކުރާ ވަގުތު ގިނަވުމުގެ ފުރުސަތު ބޮޑުވާނެކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.