16 ޑިސެމްބަރ 2017
ރާއްޖެއިން ދުބާއީގައި ބާއްވާ މި އަހަރުގެ އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) އިފުތިތާހު ކޮށްދެއްވުމަށްޓަކައި ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ފުރާވަޑައިގެންފި އެވެ.
ރާއްޖެއިން ދުބާއީގައި ބާއްވާ މި އަހަރުގެ އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) އިފުތިތާހު ކޮށްދެއްވުމަށްޓަކައި ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ފުރާވަޑައިގެންފި އެވެ.
ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި އަންނަ ހޯމަ ދުވަހު ބާއްވާ މި އަހަރުގެ އިންވެސްޓްމެންޓް ފޯރަމްގައި ނައިބު ރައީސް ޖިހާދު ތަގުރީރު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބާއްވާ ހަތަރުވަނަ އިންވެސްޓްމެންޓް ފޯރަމްގައި ރާއްޖޭގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ވެސް ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު ކަމާއި ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރައްވާފައިވާ ޖިހާދެވެ.
އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބު ރައީސް ޖިހާދުގެ އަރިހުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް މިއަދު ފުރާވަޑައިގެންނެވި އެވެ.
ނައިބު ރައީސް ޖިހާދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ސައީދާއި ޔޫއޭއީގެ މިނިސްޓަ އޮފް އިކޮނޮމީ ސުލްތާން ބިން ސައީދު އަލް މަންސޫރާއި ދުބާއީގެ ޗެމްބަ އޮފް ކޮމާސްގެ ވައިސް ޗެއާމަން މާޖިދު އަލް ޝަމްސްގެ އިތުރުން އެނބޫދޫ ފަޅު ތަރައްގީ ކުރާ ތައިލެންޑްގެ ސިންގަ އެސްޓޭޓްގެ ޗެއާމަން ޗުތްނަން ހިރޮމްހާޑި ވެސް އިންވެސްޓްމެންޓް ފޯރަމްގައި ބައިވެވަޑައިގަންނަވަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވި 350 މީހުންގެ ތެރޭގައި ރާއްޖޭގެ 80 މީހަކު ވެސް ހިމެނެ އެވެ.
އެ މިނިސްޓްރީން ބުނީ ހުޅުމާލޭގެ ޔޫތު ސިޓީގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމާއި ރީޖަނަލް އެއާޕޯޓްތައް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާއި އިންވެސްޓްމަންޓް ބޭންކުތަކަށް ހުރި ފުރުސަތުތަަކާ ބެހޭ މައުލޫމާތު ދިނުން ވެސް މި އަހަރުގެ ފޯރަމްގައި އޮންނާނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގައި ޓްރާންޝިޕްމެންޓް ޕޯޓެއް ހެދުމަށް އޮތް ފުރުސަތާ ބެހޭ މައުލޫމާތު ވެސް ދޭނެ ކަމަށް ވެސް ބުންޏެވެ.
މީގެ ކުރިން ރާއްޖެއިން ތިން އިންވެސްޓްމެންޓް ފޯރަމް ބާއްވައިފަ އެވެ. އެއީ މިިދިޔަ އަހަރު އިންޑިއާގެ ދިއްލީގައި، 2015 ވަނަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި 2014 ވަނަ އަހަރު ސިންގަޕޫރުގަ އެވެ.
ތަރައްގީގެ ރާސްތާ ވަރަށް އުޖާލާ: ނައިބު ރައީސް
އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ފަށައިފި
އެމްއައިއެފްގައި 350 މީހުން ބައިވެރިވެއްޖެ
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
ދުބާއީ ފޯރަމް: ރާއްޖޭގެ ކުރިމަގާ ގުޅިފައި
"އަމާޒަކީ އީޖާދީ ވިސްނުންތަކުން ރާއްޖެ ބަދަލުކޮށްލުން"
ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް
އިތުރު އިންވެސްޓްމެންޓުތައް ބޭނުން، ފައިދާވާނެ: ސައީދު
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ
ވެންޓިލޭޓަރުގެ ފައިސާ ދައްކަން އާބިޓްރޭޝަނުން އަންގައިފި