16 ޑިސެމްބަރ 2017
މި މަހު ބާއްވާ އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި ފާތުމަތު ނަހުލާގެ "4426" އިން ބަތަލާ މަރިޔަމް އައްޒަ، އެންމެ މޮޅު ބަތަލާ އަށް ނޮމިނޭޓް ނުވުމުން އުދާސްގަނޑުގެ ތެރޭގައި ނަހުލާގެ އާ ފިލްމެއް އަނެއްކާވެސް އައްޒަ އަށް ހުށަހަޅައިފި އެވެ.
މި މަހު ބާއްވާ އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި ފާތުމަތު ނަހުލާގެ "4426" އިން ބަތަލާ މަރިޔަމް އައްޒަ، އެންމެ މޮޅު ބަތަލާ އަށް ނޮމިނޭޓް ނުވުމުން އުދާސްގަނޑުގެ ތެރޭގައި ނަހުލާގެ އާ ފިލްމެއް އަނެއްކާވެސް އައްޒަ އަށް ހުށަހަޅައިފި އެވެ.
ނަހުލާގެ ފޭސްބުކްގައި އައްޒައާ ބެހޭ ގޮތުން ޕޯސްޓް ކުރި ސްޓޭޓަސްއެއްގައި ބުނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ކްރިސްޓަލް އެންޓަޓައިންމަންޓުން ދެން ހަދާ ފިލްމުގެ ލީޑް ބަތަލާގެ ރޯލް އަައްޒަ އަށް ހުށަހަޅާ ކަމަށެވެ.
އެހެންވެ މި ފިލްމު ވެގެން ދާނީ "4426" އާއި "ބޮސް" އަށް ފަހު އައްޒަ ކުޅޭ ނަހުލާގެ ތިން ވަނަ ފިލްމަށެވެ. ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ނަހުލާ ހާމައެއް ނުކުރެ އެވެ.
ނަހުލާގެ ސްޓޭޓަސް.
ދާދި ފަހުން ދިން އިންޓަވިއުއްގައި 2019 ގައި އޭނާ ޑައިރެކްޓް ކުރާ ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނެ ކަމަށް ނަހުލާ ވަނީ ބުނެ އެވެ. އަދި އެ ފިލްމު އަންނަ އަހަރު ފަށާނެ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އައްޒައަށް ފުރުސަތު ދިނީ އެ ފިލްމުން ކަމެއް އަދި ނޭނގެ އެވެ.
އައްޒަ ބުނާ ގޮތުގައި ކުރިން ވެސް އެއްވެސް އިޝާރާތެއް ނުލިބި ނަހުލާ ވަނީ ފޭސްބުކުން އޭނާއަށް ސަޕްރައިޒް ދީފަ އެވެ. އަދި އެއްވެސް ފިލްމެއްގެ ވާހަކަ ދެއްކުމުގެ ކުރިން، ފިލްމަކުން ފުރުސަތު ދިނުމުން ވަރަށް ބޮޑަށް އުފާ ވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.
"ހާއްސަކޮށް މި ދަނޑިވަޅުގައި ނަހޫގެ އޮފާއެއް އަނެއްކާވެސް ލިބުނީ. ވަރަށް ސަޕްރައިޒިން. އަނެއްކާ އެހާ ބޮޑަށް އެކްޒައިޓްވެފައި މިހުރީ،" އައްޒަ ބުންޏެވެ.
ނަހުލާގެ ފަރާތުން ލިބުނު އާ އޮފާއަށް އައްޒަ ރިއެކްޓްކޮށްފައި.
ފިލްމީ ދާއިރާގެ މިހާރުގެ އެންމެ އުންމީދީ އަދި އެންމެ ޑިމާންޑު ބޮޑު ބަތަލާއިންގެ ތެރޭހައި ހިމެނޭ އައްޒަ، ފޭސްބުކްގައި ބުނެފައިވާ ގޮތުގައި މިހާ ހިސާބަށް އާދެވުނީ ނަހުލާގެ ވަރަށް ބޮޑު ހިއްސާއަކާ އެކުގަ އެވެ. އެހެންވެ ނަހުލާގެ ތިން ވަނަ ފިލްމަކުން ފުރުސަތެއް ލިބުމަނީ އޭނާގެ ހުނަރާ ދޭތެރޭ ނަހުލާ ޝައްކު ނުކުރާ ކަމުގެ ހެއްކެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.
"އަސްލު 4426 އިން ލިބުނު ފުރުސަތާ އެކު މި ހިސާބަށް މި އާދެވުނީ. އެކަން އަބަދުވެސް ހަނދާން ކުރާނަން. އަދި ނަހުލާ އަހަންނަށް ކުރާ އިތުބާރަށާއި ދޭ ފުރުސަތަކުގެ ބޭނުން އޭގެ އެންމެ މަތީ ލެވެލްގައި ބޭނުން ހިފަން މަސައްކަތް ކުރާނަން،" 4426 ގެ ކުރިން ނަހުލާގެ ޑްރާމާތަކެއް ވެސް ކުޅުނު ބަތަލާ ބުންޏެވެ.
އައްޒަ ބުނީ މި ފަހަރު އެވޯޑްގެ އެންމެ މޮޅު ބަތަލާގެ މަގާމަށް ވަރަށް ބޮޑަށް އުންމީދު ކުރި ކަމަށެވެ.
އައްޒަ ނޮމިނޭޓް ނުވުމުން އޭނާގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު ޖުމާ ޝޫރު ފާޅުކޮށްފައި.
"ވަރަށް ބޮޑަށް ޔަގީންކޮށްގެން ހުރީ ނޮމިނޭޓް ވާނެ ކަމަށް. އެކަމަކު ދެން ނުވީމަ އަސްލު ވަރަށް ދެރަވި. އެކަމަކު ފޭނުންގެ ލޯތްބާއި ލިބުނު ހިތްވަރުގެ ބަސްތަކުން މާ ބޮޑަށް އެކަމާ ފިކުރުކޮށް މާޔޫސް ވާނެ ފުރުސަތެއް ނުލިބުނު،" އޭނާ ބުންޏެވެ.
"އައްޒަ ދެކެ ލޯބިވާ ބައިވަރު ފޭނުން މިހާރު އެބަ ތިބި. އަދި މި އިންޑަސްޓްރީ ތެރޭގައި ވެސް އެބަ ތިބި. އެހެންވީމަ އެވޯޑަކާ ހަމަ އެއްފަދަ ކަމެއް."
ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކޮށް މިދިޔަ އަހަރު ނެރުނު "4426" އަކީ ފީޗާ ފިލްމެއްގެ ލީޑް ރޯލް އައްޒަ ކުޅުނު ފުރަތަމަ ފިލްމެވެ. އަދި އައްޒަ މުހިއްމު ރޯލްތަކެއް ކުޅުނު ހަތަރު ފިލްމެއް މި އަހަރު ރިލީޒްވި އެވެ.
އެއީ "މީ ލޯތްބަކީ" އާއި "ނޯޓީ 40" ގެ އިތުރުން "ހައްދު" އާއި "ބޮސް" އެވެ.
ނަހުލާގެ "ސޮރީ" ގެ ލަވަތައް ނިންމާލައިފި
ސޮރީ، އަންނަ އަހަރަށް ފަސްކޮށްފި
ނަހުލާގެ ފޭނުންނަށް "ސޮރީ"
ނަހުލާގެ "ބީ" އަންނަ އަހަރު ފެންނާނެ
"ހުވާ" ގެ ކާސްޓާ ރަވީ ވެސް ގުޅިއްޖެ
"ހުވާ" ގެ ކާސްޓަށް ޔޫއްޕެ އާއި އައްޒަ
"ބޮސް"ގެ ތީމް ލަވަތައް ރިލީޒްކޮށްފި
"ބޮސް"ގެ ޓްރެއިލާ: ރޮވޭ ގޮތްވޭތަ؟
"ބޮސް" ބެލުންތެރިން ރޮއްވާލާނެ: ނަހުލާ
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟