Roadha Mihaaru
ފެޑެރާ އަށް ގްރޭންޑް ސްލޭމް ރެކޯޑެއް

307 ވަނަ މޮޅާ އެކު ފެޑެރާ އަށް ގްރޭންޑް ސްލޭމް ރެކޯޑެއް

07 ޖުލައި 2016

ލަންޑަން (ޖުލައި 7) - ވިމްބަލްޑަން ކުއާޓާ ފައިނަލުގައި މާރިން ސިލިޗް ބަލިކޮށް ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ހޯދި 307 ވަނަ ރެކޯޑް މޮޅާ އެކު މަޝްހޫރު ޓެނިސް ކުޅުންތެރިއާ ރޮޖާ ފެޑެރާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި މޮޅާ އެކު ފެޑެރާ ވެފައިވަނީ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި އެންމެ ގިނަ ސިންގަލްސް މެޗުން މޮޅުވި ކުޅުންތެރިއާ އަށެވެ. ކުރިން އެ ރެކޯޑް އޮތީ މާޓީނާ ނަވްރަޓިލޯވާ އަތުގަ އެވެ.

ސިލިޗްގެ މައްޗަށް އުމުރުން 34 އަހަރުގެ ފެޑެރާ ފަހަތުން އަރައި ކުރި ހޯދީ 6-7 4-6 6-3 7-6 6-3 އިން ސެޓުތައް ގެންގޮސްގެންނެވެ.

ފެޑެރާ ބުނީ މިއީ ހާއްސަ ކާމިޔާބެއް ކަމަށާއި ބޭނުންވަނީ ކެރިއަރުގައި ކުރިއަށް އޮތް ތަނުގައި ފިޓްކޮށް ހުރެ ގިނަ މެޗުތަކުން މޮޅުވާން ކަމަށެވެ.

"ބޭނުމީ އަދިވެސް ކުރިއަށް އޮތް އަހަރުތަކުގައި އެންމެ މަތީ ފެންވަރުގައި ޓެނިސް ކުޅެން. ފިޓްނަސް ހިފަހައްޓައިފިނަމަ އަދި ކުރިއަށްދެވޭނެ. މި މެޗުގައި ސިލިޗް ވަރަށް މޮޅަށް ކުޅުނު. އަހަރެންނަށް ކާމިޔާބީ ހޯދުނީ އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރު ކުރުމުން،" ހަތް ފަހަރު ވިމްބަލްޑަން މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރާ ބުންޏެވެ.

ފެޑެރާ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނީ މިލޮސް ރައޮނިޗާ ދެކޮޅަށެވެ.